Roadha Mihaaru

ކަންބޮޑުވުމާއެކު މިނިސްޓަރު ދެއްކެވީ ކުދިންގެ ނަތީޖާ ދަށަށް ދާ މަންޒަރުތައް!

ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ތައުލީމީ ދާއިރާ އަށް ހޭދަކުރަމުން އަންނައިރު އެ ދާއިރާ އިން އެންމެ އެދެވޭ ހިސާބަށް އަދިވެސް ނުދެވޭ ކަމަށާއި އެއީ އެންމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

ކަންބޮޑުވުމާއެކު މިނިސްޓަރު ދެއްކެވީ ކުދިންގެ ނަތީޖާ ދަށަށް ދާ މަންޒަރުތައް!
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

21 ޖޫން 2025

ދައުލަތުގެ ބަޖެޓުން ގާތްގަނޑަކަށް ހަތަރު ބިލިއަން ރުފިޔާ ތައުލީމީ ދާއިރާ އަށް ހޭދަކުރަމުން އަންނައިރު އެ ދާއިރާ އިން އެންމެ އެދެވޭ ހިސާބަށް އަދިވެސް ނުދެވޭ ކަމަށާއި އެއީ އެންމެން ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު މިއަދު ވިދާޅުވެއްޖެ އެވެ.

އޭނާ އެހެން ވިދާޅުވީ، 2022 އާއި 2023 ވަނަ އަހަރު އޯ ލެވެލް އިމްތިހާނު ނިންމައި ގަދަ 10 ގައި ހިމެނުނު ދަރިވަރުންނާއި މިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނު ނިންމި ދަރިވަރުންނަށް އިނާމު ދިނުމުގެ ޖަލްސާތަކުގެ މިއަދުގެ ހެނދުނުގެ ދަންފަޅީގައި ވާހަކަ ދައްކަވަމުންނެވެ.

ތަފާސްހިސާބުތަކުގެ އަލީގައި މިނިސްޓަރު ވިދާޅުވީ 2013 އާއި 2014 ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ނަތީޖާ އަށް ބަލާއިރު ވެސް މުޅި އިމްތިހާނުގައި ބައިވެރިވި ދަރިވަރުންގެ 50 ޕަސެންޓަށް ފަސް މާއްދާ އިން ސީ ފާސް ވެސް ނުލިބޭ ކަމަށެވެ.

އެޑިއުކޭޝަން މިނިސްޓްރީން ބަލަނީ އޯ ލެވެލް އިމްތިހާނުގައި ބައިވެރިވާ ކުދިން ފަސް މާއްދާ އިން ސީ ފާސް ހޯދުމަކީ އެންމެ ދަށް މިންގަނޑު ކަމަށެވެ.

"... އެ ހިސާބަކަށް އަދި ވާސިލެއް ނުވެވޭ. ދެހާސް ތޭވީސް އަދި ދެހާސް ސައުވީސް ވަނަ އަހަރުގެ ނަތީޖާ އަށް ބަލާއިރު ވެސް އަޅުގަނޑުމެންނަށް ހަމަ ފެންނަމުން މިދަނީ މި މަންޒަރު،" ސޯޝަލް ސެންޓަރުގައި ބޭއްވި ހަފުލާގައި އިސްމާއިލް ވިދާޅުވި އެވެ.

ދެހާސް ބާވީސް އަދި ދެހާސް ސައުވީސް ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ދަންފަޅީގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ބައެއް އިސްވެރިން.

އޭނާ ވިދާޅުވީ، ހީވާގި ޓީޗަރުންނާއި ބެލެނިވެރިންގެ މަސައްކަތުން ވެސް ރާއްޖެ އިން ދާން ބޭނުންވާ ހިސާބަށް އަދި ނުދެވޭކަން އެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އިތުރު ހަރުފަތަކަށް ކުދިންގެ ނަތީޖާ ޖެއްސޭނީ ވެސް އެ ހަގީގަތް ގަބޫލު ކޮށްގެން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އޯ ލެވެލްގެ ނަތީޖާ ދަށްވާ މައިގަނޑު ސަބަބަކީ ޕްރައިމަރީ ފެންވަރުގައި ނަތީޖާ ދަށްވުމެވެ.

ދެހާސް ބާވީސް އަދި ދެހާސް ސައުވީސް ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ދަންފަޅީގެ ޝަރަފުވެރި މެހުމާން ކުރީގެ ރައީސް އަދި ރައީސް މުއިއްޒުގެ ހާއްސަ މަންދޫބު ޑރ. ވަހީދު އެ ހަފުލާ އަށް ވަޑައިގަންނަވަނީ.

"އަޅުގަނޑުމެންނަށް އެބަ އެނގޭ ނެޝަނަލް އެސެސްމަންޓް އޮފް ލާނިން އައުޓްކަމްގެ ޑޭޓާ އަށް ބަލާލާއިރު ވެސް ކީ ސްޓޭޖު 1 އެއީ ގްރޭޑް 3 ނިންމާ މަރުހަލާ އަދި ކީ ސްޓޭޖު 2 އެއީ ގްރޭޑް 6 ނިންމާ މަރުހަލާ ކަމަށް ވިޔަސް އަޅުގަނޑުމެންނަަކަށް މުހިންމު މާއްދާތައް އިނގިރޭސި ބެލިކަމުގައި ވިޔަސް ހިސާބު ބެލިކަމުގައި ވިޔަސް ދިވެހި ބެލި ކަމުގައި ވިޔަސް މެ މި ހާއްސަ މުހިންމު މާއްދާތަކުން ދަރިވަރުންނަށް އެންމެ އެކަށީގެންވާ ވަރަށް ހާސިލް ކުރެވެމުން ނުދާކަން އަޅުގަނޑުމެންނަށް ފާހަގަވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

އިސްމާއިލް ވިދާޅުވިގޮތުގައި އެހެންވެ ޓީޗަރުންގެ ފެންވަރު މަތިކުރުމުގެ ޕްރޮގްރާމްތައް ވަނީ ފަށައިފަ އެވެ. އޭގެ ތެރޭގައި ބޭރުގެ ފަންނީ މީހުންގެ އެހީތެރިކަމާ އެކު ހުރިހާ ޕްރިންސިޕަލުންނަށް މިދިޔަ އަހަރު ޕްރޮގްރާމެއް ހިންގައި ކަރިކިއުލަމާއި ކޮންޓެންޓަށް ގެންނަން ޖެހޭ ބަދަލުތައް ވެސް މިހާރު އަންނަނީ ގެންނަމުން ކަަމަށް އޭނާ ވިދާޅުވި އެވެ.

ދެހާސް ބާވީސް އަދި ދެހާސް ސައުވީސް ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ދަންފަޅީގެ ޝަރަފުވެރި މެހުމާން ކުރީގެ ރައީސް އަދި ރައީސް މުއިއްޒުގެ ހާއްސަ މަންދޫބު ޑރ. ވަހީދު އެ ހަފުލާ އަށް ވަޑައިގަންނަވަނީ.

ދެހާސް ބާވީސް އަދި ދެހާސް ސައުވީސް ވަނަ އަހަރުގެ އޯ ލެވެލް އިމްތިހާނުގެ ގަދަ 10 ގައި ހިމެނުނު ދަރިވަރުންނަށް އިނާމު ދިނުމަށް މިއަދު ހެނދުނު ބޭއްވި ދަންފަޅީގެ ޝަރަފުވެރި މެހުމާން ކުރީގެ ރައީސް އަދި ރައީސް މުއިއްޒުގެ ހާއްސަ މަންދޫބު ޑރ. ވަހީދު އެ ހަފުލާ އަށް ވަޑައިގަންނަވަނީ.

މިނިސްޓަރު ވިދާޅުވީ، މި އަހަރު އޭ ލެވެލް ނިންމި ކުދިންގެ އޯ ލެވެލްގެ ނަތީޖާއާ އަޅާކިޔާއިރު ވެސް ފެންނަނީ ހިތާމަވެރި މަންޒަރެއް ކަމަށެވެ. ތަފާސްހިސާބުތަކުގެ އަލީގައި އޭނާ ވިދާޅުވީ 2021 އަދި 2022 ގައި އޯ ލެވެލް ނިންމި ކުދިންގެ ތެރެއިން ގަދަ 10 ގައި 840 އަށް ވުރެ ގިނަ ކުދިން ހިމެނުނަސް 64 ޕަސެންޓު ކުދިންނަށް އޭ ލެވެލްގެ ގަދަ 10 އާ ހަމައަށް ވެސް ނުދެވޭ ކަމަށެވެ.

"މި ދަރިވަރުންގެ ތެރެއިން [އޭ ލެވެލްގެ ގަދަ 10 އަށް] މި ރީޗު ވަނީ 36 އިންސައްތަ ދަރިވަރުން އޯ ލެވެލް ޓޮޕް 10 ގެ ތެރެއިން އޭ ލެވެލްގެ ތެރެއަށް ވަދެގެން މިދަނީ 36 އިންސައްތަ ދަރިވަރުން،" ކަންބޮޑުވުމާ އެކު މިނިސްޓަރު ވިދާޅުވި އެވެ.