29 މެއި 2016
އޭލެވެލްގެ ގަދަ 10 ގައި 2014 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ހިމެނުނު ދަރިވަރުންގެ އަދަދު 77 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެ އެވެ.
އޭލެވެލްގެ ގަދަ 10 ގައި 2014 ވަނަ އަހަރަށް ވުރެ މިދިޔަ އަހަރު ހިމެނުނު ދަރިވަރުންގެ އަދަދު 77 ޕަސެންޓަށް އިތުރުވެފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް މިރޭ ވިދާޅުވެއްޖެ އެވެ.
އޭލެވެލް އިމްތިހާނުން ރާއްޖެ އިން ގަދަ 10 ގައި ހިމެނޭ ކުދިންނަށް އެވޯޑު ދިނުމަށް ދަރުބާރުގޭގައި ބޭއްވި ހަފުލާގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އޭ އަދި ބީ ފާސް ހޯދި ދަރިވަރުންގެ އަދަދު ވެސް މިދިޔަ އަހަރު އިތުރުވެފައިވާ ކަމަށެވެ. އެއީ 23 ޕަސެންޓުން 32 ޕަސެންޓަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.
މިިދިޔަ އަހަރު ޖޫން މަހު ރާއްޖޭގެ 53 ސްކޫލެއްގައި އޭ ލެވެލަށް ކިޔަވައިދީފައި ވެ އެވެ. އޭގެ ތެރެއިން 48 ސެންޓަރަކުން 2120 ދަރިވަރުން އޭލެވެލް އިމްތިހާނުގައި ބައިވެރިވި އެވެ.
މިދިޔަ އަހަރު އޭ ލެވެލް ހެދި ދަރިވަރުން ވަނީ ދުނިޔޭގެ ފެންވަރުގައި ވެސް ފަހުރުވެރިވުން ހައްގު ކާމިޔާބީތަކެއް ހޯދާފައި ކަމަށާއި 16 ދަރިވަރަކު ވަނީ އެކި މާއްދާތަކުން ދުނިޔޭގެ އެންމެ ރަނގަޅު ނަތީޖާ ހޯދައި ރާއްޖެ އަށް ރީތި ނަން ހޯދަދީފައި ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
އޭ ލެވެލްގެ ގަދަ ދިހެއްގެ ދަރިވަރުންނަށް އިނާމު ދޭން މިރޭ ބޭއްވި ޖަލްސާގައި ސްކޫލު ދަރިވަރުންތަކެއް ނަށަނީ: ތައުލީމީ ދާއިރާ އިން ބޮޑު ކާމިޔާބީއެއް ހޯދި. --ފޮޓޯ:އެޑިއުކޭޝަން މިނިސްޓްރީ
"މުޅި ދުނިޔެ އިން އެކައުންޓުން ސައްތަ އިން ސައްތަ ނަތީޖާ ހޯދައިގެން އެއް ވަނަ ނަތީޖާ އަޅުގަނޑުމެންގެ 12 ދަރިވަރަކު ހާސިލްކޮށްފައިވާކަން ވެސް ވަރަށް އުފަލާއެކު ފާހަގަކުރަން،" ރައީސް އަބްދުﷲ ޔާމީން ވެސް ބައިވެރިވަޑައިގެންނެވި ޖަލްސާގައި މިނިސްޓަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ދުނިޔެ އިން ވަނަ ހޯދި 16 ދަރިވަރުންނަކީ، ރާއްޖެ އަށް ރީތި ނަން ހޯދައިދިން ދަރިވަރުންނަށް ވުމުން އެ ކުދިންނަށް ޝަރަފުވެރިކަމުގެ ގައުމީ އިނާމު ދޭން ފުރަތަމަ ފަހަރަށް ހަމަޖައްސާފައިވާ ކަމަށެވެ.
މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ތައުލީމީ ދާއިރާ އަށް ބަދަލުތަކެއް އަންނަމުންދާ ކަމަށެވެ. އެ ބަދަލުތައް ގެންނަނީ އިގުތިސާދީ ތަރައްގީއާ ތައުލީމާ ގުޅުވާލައިގެން ކަން އޭނާ ފާހަގަކުރެއްވި އެވެ. ކުރީގައި އޮންނަ އުސޫލުން ނަމަ އެ ދެ ދާއިރާއަކީ ވަކި ދެ ދާާއިރާއެއް ކަމަށާއި ނަމަވެސް ތައުލީމަކީ މިހާރު ގައުމުގެ ތަރައްގީ އަށް ބޭނުންވާ އިންސާނީ ވަސީލަތްތައް ބިނާކުުރުމުގެ ވަސީލަތަކަށް ވެފައިވާ ކަމަށް ވިދާޅުވި އެވެ.
"ވޭތުވެދިޔަ ދުވަސްތަކުގައި ސަރުކާރުން ފެނިގެން ދިޔައީ މަތީ ސާނަވީ އަށް ދާ ކުދިންގެ ނިސްބަތް މަތިކުރެވޭތޯ އަޒުމާ އެކު މަސައްކަތްކުރުން. މީގެ ނަތީޖާއެއްގެ ގޮތުން 2013 ވަނަ އަހަރާ އަޅައި ބަލާއިރު ގްރޭޑް 10 ނިންމައި މަތީ ސާނަވީ މަރުހަލާ އަށް ދެވުނު ކުދިންގެ އަދަދު ފާހަގަކޮށްލެވޭ ވަރަކަށް މަތި ކުރެވިފައިވާ ކަން ފާހަގަކުރަން. ދެ ހާސް ތޭރަ ވަނަ އަހަރުގެެ ވޯލްޑް ބޭންކުުގެ ރިޕޯޓުގައި ވެސް ބުނެފައިވަނީ ސާނަވީ ނިންމާފައި މަތީ ސާނަވީ އަށް ދެވޭ ކުދިންގެ ނިސްބަތަކީ 20 އިންސައްތަ ކަަމަށް. މިހާރު ވެސް އެ ނިސްބަތް ވަނީ މާތްﷲގެ އިރާދަފުޅާ އެކު 40 އިންސައްތަ އަށް މަތި ކުރެވިފައިވާކަން ފާހަގަ ކުރަން،" މިނިސްޓަރު ވިދާޅުވި އެވެ.
ނިންމުން ބަދަލުކޮށް، ސްކޮލަޝިޕްގެ ފުރުސަތު ފަހިކޮށްދީފި
އޭ ލެވެލްގައި ދުނިޔެއިން 1ވަނަ ރާއްޖޭގެ ހަ ދަރިވަރުން
"ނަތީޖާތަކުން ތައުލީމީ ދާއިރާގެ ކުރިއެރުންތައް ފެނޭ"
އޭ ލެވެލްގައި ދުނިޔޭގެ 1 ވަނަ ދިވެހި 6 ދަރިވަރަކަށް
އިގުތިސޯދަށް މުހިއްމީ ތަމްރީނު ލިބިފައިވާ މީހުން:ޖިހާދު
އޭލެވެލް1 ވަނާގައި ރެކޯޑް އަދަދަކަށް ކުދިން ހިމެނިއްޖެ
ދުނިޔޭގެ އެއް ވަނައިގައި ރާއްޖޭގެ 37 ދަރިވަރުން
އޭލެވެލް: ދުނިޔޭގެ 1 ވަނައިގައި ދިވެހި 8 ދަރިވަރެއް
ވެބްސައިޓަކާއެކު "ފަރުކޮއެ" މަޝްރޫއު އިފްތިތާހްކޮށްފި
ހައި އެޗީވާސް ސްކޮލަޝިޕް 36 ދަރިވަރަކަށް ދީފި