Roadha Mihaaru
އޭލެވެލް1 ވަނާގައި ރެކޯޑް އަދަދަކަށް ކުދިން ހިމެނިއްޖެ

އޭ ލެވެލްގެ އެއްވަނައިގައި ރިކޯޑް އަދަދަކަށް ދަރިވަރުން ހިމެނިއްޖެ

22 މެއި 2017

މިދިޔަ އަހަރު ބޭއްވި އޭ ލެެވެލް އިމްތިހާނުން ފަސް މާއްދާ އިން އޭ ފާސް ހޯދައިގެން ރާއްޖޭގެ ގަދަ 10ގެ އެއްވަނައިގައި ރިކޯޑު އަދަދަކަށް ދަރިވަރުން ހިމެނިއްޖެ އެވެ.

އާސިމާ ނިޒާރު އާސިމާ ނިޒާރު

މިދިޔަ އަހަރު ބޭއްވި އޭ ލެެވެލް އިމްތިހާނުން ފަސް މާއްދާ އިން އޭ ފާސް ހޯދައިގެން ރާއްޖޭގެ ގަދަ 10ގެ އެއްވަނައިގައި ރިކޯޑު އަދަދަކަށް ދަރިވަރުން ހިމެނިއްޖެ އެވެ.

މިދިޔަ އަހަރުގެ އޭލެވެލް އިމްތިހާނުގެ ގަދަ 10 ގައި 190 ދަރިވަރުން ހިމެނުނުއިރު، އޭގެ ތެރެއިން 38 ދަރިވަރުން ވަނީ ފަސް މާއްދާ އިން އޭ ހޯދައިގެން އެ އިމްތިހާނުގެ އެއް ވަނަ ހޯދައިފަ އެވެ. މިއާއެކު މިދިޔަ އަހަރު ވެފައި ވަނީ ރިކޯޑު އަދަދަކަށް އޭ ލެވެލްގެ އެއްވަނާގައި ދަރިވަރުން ހިމެނެނު އަހަރަށެވެ.

ފަސް މާއްދާ އިން އޭ ފާސް ހޯދައިގެން 2015 ވަނަ އަހަރު އެއް ވަނަ ހޯދީ 28 ދަރިވަރުންނެވެ.

ދުނިޔޭގެ ގަދަ 10 މިދިޔަ އަހަރު ދިވެހި އަށް ދަރިވަރުން ވަނީ ހިމެނިފަ އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި ރަސްމިއްޔާތެއްގައި ވަނީ މި ދަރިވަރުންނާ އިނާމާއި އެވޯޑް ހަވާލުކޮށްފަ އެވެ.

އޭ ލެވެލް ގަދަ 10ގައި ހިމެނެނު ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، ދަރިވަރުންތަކެއް ލަވައެއް ކިޔަނީ.- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އޭ ލެވެލް ގަދަ 10ގައި ހިމެނެނު ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، ދަރިވަރުންތަކެއް ލަވައެއް ކިޔަނީ.- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

މިިދިޔަ އަހަރުގެ އޭ ލެވެލް އިމްތިހާނުން ގަދަ 10 ހިމެނުނު ދަރިވަރުންނަށް އެވޯޑު ދިނުމަށް ބޭއްވި ހަފުލާގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވިދާޅުވީ މަތީ ސާނަވީ އިމްތިހާނުން ފާސްވާ ދަރިވަރުންނާއި ގަދަ 10 ގައި ހިމެނޭ ދަރިވަރުންގެ އަދަދު އެއް އަހަރުން އަނެއް އަހަރަށް އިތުރުވާއިރު، ރާއްޖޭގެ ތައުލީމީ ފެންވަރު ކުރިއަރަމުން އަންނަކަން ފާހަގަކޮށްލެވޭ ކަމަށެވެ.

ދަރިވަރުންގެ ފެންވަރު ރަނގަޅު ކުރުމަށް ސަރުކާރާއި ސްކޫލުތަކުން ކުރާ މަސައްކަތް ނަތީޖާތަކުން ފެންނަ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ 21 ވަނަ ގަރުނަށް ދަރިވަރުން ތައްޔާރުކުރާއިރު، މައްސަލަތަކުގެ ތެރެއިން އެ ދަރިވަރުންގެ ވިސްނުން ތަރައްގީ ކުރުމާއި އެހެން މީހުންނާ ގުޅިގެން ޓީމެއްގެ ގޮތުގައި މަސައްކަތް ކުރާނެ ގޮތުގެ ހުނަރު ދަސްކޮށްދޭން ޖެހޭ ކަމަށެވެ. އަދި ކަންކަމުގައި އިސްނަގައި އިޖުތިމާއީ އަދި ތަފާތު ސަގާފަތުގެ މީހުންނާއެކު ވެސް އުޅެން އެނގެންޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އޭ ލެވެލް ގަދަ 10 ގައި ހިމެނެނު ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަ ދައްކަވަނީ.- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

އޭ ލެވެލް ގަދަ 10 ގައި ހިމެނެނު ދަރިވަރުންނަށް އިނާމު ދިނުމަށް މިރޭ ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި، އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު ޝިހާމް ވާހަކަ ދައްކަވަނީ.- ފޮޓޯ: އެޑިއުކޭޝަން މިނިސްޓްރީ

"މި ހުނަރުތަކަކީ ސާނަވީ ތައުލީމުގެ މަރުހަލާ ނިންމައި ދުނިޔޭގެ މައިދާނުގެ ތެރެއަށް ތި ދަރިވަރުން ނުކުންނަން ތައްޔާރުވާއިރު، ތި ކުދިން އަމިއްލަ އަށް ވެސް މަސައްކަތްކޮށްގެން ތި ކުދިންގެ ކިބައިގައި އަށަގެންނެވޭތޯ މަސައްކަތްކުރުން ކޮންމެހެން ވެސް ބޭނުންތެރި ހުނަރުތަކެއްކަން ތި ދަރިވަރުންނާއި އަދި ތިޔަ ދަރިވަރުންގެ ބެލެނިވެރިންގެ ސަމާލުކަމަށްޓަކައި ފަހަގަކޮށްލަމެވެ،" މިނިސްޓަރު ވިދާޅުވި އެވެ.

ސްކޫލް ތައުލީމް ނިންމައި މަތީ ތައުލީމަށް ކިޔަވަން ދާއިރު ރާއްޖެ އިން ދަރިވަރުންގެ ހިދުމަތް އެންމެ ބޮޑަށް ބޭނުންވާ ދާއިރާތައް ބަލައި އެ ދާއިރާއިން މަތީ ތައުލީމް ހާސިލްކޮށް، ރާއްޖެއަށް ހިދުމަތްކުރުމަށް މިނިސްޓަރު ވަނީ އެދިވަޑައިގެންފަ އެވެ.