Roadha Mihaaru

ކަމަދޫ ސްކޫލްގެ އާ އިމާރާތް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަނަށް

ބ. ކަމަދޫ ސްކޫލުގެ ޖާގަ އިތުރު ކުރުމަށް އެ ސްކޫލްގައި ޖާގަ އިތުރުކުރަން އާ އިމާރާތެއް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ކަމަދޫ ސްކޫލްގެ އާ އިމާރާތް އަޅަން އެފްޑީސީއަށް
ފާތިމަތު އަޖްފާން
ފާތިމަތު އަޖްފާން

11 އޯގަސްޓް 2025

ބ. ކަމަދޫ ސްކޫލުގެ ޖާގަ އިތުރު ކުރުމަށް އެ ސްކޫލްގައި ޖާގަ އިތުރުކުރަން އާ އިމާރާތެއް އަޅަން ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ)އާ މިއަދު ހަވާލުކޮށްފި އެވެ.

ބ. އަތޮޅަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ކަމަދޫގައި ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އެވެ. އަދި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ހަމްދާން ޝަކީލް އެވެ.

އެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ އެ ސްކޫލު ޖާގައިގެ ދަތިކަން ފާހަގަ ކުރައްވައިފަ އެވެ.

ކަމަދޫ ސްކޫލު އާ އިމާރާތް އެ އެއްބަސްވުމުގައި އެޑިޔުކޭޝަން މިނިސްޓަރު ޑރ. އިސްމާއިލް ޝަފީއު އާއި ފަހި ދިރިއުޅުން ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރު ހަމްދާން ޝަކީލް ސޮއި ކުރައްވަނީ.-- ފޮޓޯ: ރައީސް އޮފީސް

އެމަނިކުފާނު ވިދާޅުވީ ކަމަދޫ ސްކޫލަކީ ޖާގައިގެ ދަތިކަން ބޮޑު އަދި އިތުރު ވަސީލަތްތައް ބޭނުންވާ ސްކޫލެއް ކަމަށްވާތީ، އެ އެއްބަސްވުމުގެ ދަށުން އަޅާ އިމާރާތަކީ ވަސީލަތުގެ ގޮތުންނާއި ޖާގައިގެ ގޮތުން ބޭނުންވާ ހުރިހާ ކަމެއް ފުރިހަމަވާ ފެންވަރުގެ އިމާރާތަކަށް ވެގެންދާނެ ކަމަށެވެ.

ފަހި ދިރިއުޅުން ކޯޕަރޭޝަނާ އެ މަސައްކަތް ހަވާލުކޮށްފައިވަނީ 5.4 މިލިއަން ރުފިޔާއަށެވެ.

އާބާދީގައި 500 އެއްހާ މީހުން ދިރިއުޅޭ އެ ރަށުގެ ސްކޫލުގައި މިވަގުތު ކިޔަވަނީ 74 ދަރިވަރުންނެވެ. އެއް ދަންފަޅިއަށް ކިޔަވައިދޭ އެ ސްކޫލްގައި ޕްރީސްކޫލުން ފެށިގެން ގްރޭޑް 10 އާ ހަމައަށް ކިޔަވައިދެ އެވެ.