Roadha Mihaaru
އަނިޔާވީ ފިލަން އުޅެނިކޮށް ސައިކަލުން ވެއްޓި: ޕޮލިސް

އަނިޔާކުރީއެއް ނޫން، ފިލަން އުޅެނިކޮށް ސައިކަލުން ވެއްޓުނީ: ފުލުހުން

26 މާޗް 2024

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނަސް އެކަން ހިނގީ ޗެކް ޕޮއިންޓަކުން ސައިކަލް ހުއްޓަން އެންގުމުން ފިލައިގެން ދާން އުޅުމުގެ ތެރޭގައި ސައިކަލުން ވެއްޓިގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

މާއިދާ މުހައްމަދު ރަޝާދު މާއިދާ މުހައްމަދު ރަޝާދު

ހުޅުމާލޭ ދެ ވަނަ ފިޔަވަހީގައި އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރި ކަމަށް ބުނެ ސޯޝަލް މީޑިއާގައި ވާހަކަ ދެކެވުނަސް އެކަން ހިނގީ ޗެކް ޕޮއިންޓަކުން ސައިކަލް ހުއްޓަން އެންގުމުން ފިލައިގެން ދާން އުޅުމުގެ ތެރޭގައި ސައިކަލުން ވެއްޓިގެން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އާރުޑީސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލި މަނިކު (މޫކޭ) އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އޮތް ގޮތުން 17 އަހަރުގެ އަންހެން ކުއްޖަކަށް ފުލުހަކު އަނިޔާކުރުމުން ހުޅުމާލެ 2 ގެ ޕޮލިސް ސްޓޭޝަން ކައިރިއަށް ބަޔަކު އެއްވި އެވެ.

ރޭ މެންދަމު 1:20 ގައި ކުރި ޕޯސްޓާ އެކު އާންމުކުރި ފޮޓޯގައި ޕޮލިސް ސްޓޭޝަން ކައިރިއަށް މީހުން އެއްވެ ތިބިތަން ވެސް ފެނެ އެވެ. މޫކޭ ވިދާޅުވެފައި އޮތީ ފުލުހުންގެ ފަރާތުން ފެންނަނީ ކުއްޖާއަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ބަދަލުގައި ޕޮލިސް އޮފިސަރު ހިމާޔަތްކޮށް ހެކި ނައްތާލަން މަސައްކަތްކުރާ ހަޑި މަންޒަރު ކަމަށެވެ.

"ކުޑަކުދިންނަށް އަނިޔާކުރުން ހަރުކަށި އިބާރާތުން ކުއްވެރިކުރަން،" މޫކޭގެ ޕޯސްޓުގައިވެ އެވެ.

އެ ޕޯސްޓުގައި ހާދިސާގެ ތަފްސީލް ދީފައި ނުވިޔަސް ތުހުމަތުކުރީ ދުއްވާފައި ދިޔަ ސައިކަލެއް ވައްޓާލި ކަމަށެވެ.

އެކަމަކު ފުލުހުން ބުނި ގޮތުގައި ކަން ހިނގީ އެހެންނެއް ނޫނެވެ.

ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން، "މިހާރު" އަށް ވިދާޅުވީ ހުޅުމާލޭގައި 2 ގައި ރޭ 10:00 ހާއިރު އެކަން ހިނގީ ޗެކް ޕޮއިންޓެއްގައި ތިބި ޓްރެފިކް ފުލުހުން ހުއްޓަން އެންގުމުން ވެސް ނުހުއްޓައި ބާރަށް ދުއްވާފައި ދާން އުޅެނިކޮށެވެ.

"ވެހިކަލް ޗެކް ޕޮއިންޓަކާ އަރާ ހަމަވުމުން ސައިކަލު އެކްސެލެރޭޓްކޮށް ޗެކް ޕޮއިންޓްގެ ފަހަތުގައި ތިބި ފުލުހުންގެ ގައިން ނައްޓައި ކުރިއަށް ދިއުމަށް އުޅުމުގެ ތެރޭގައި ސައިކަލް ވެއްޓިގެން ހިނގާފައިވާ ހާދިސާއެއް،" ޝިފާން ވިދާޅުވި އެވެ.

ޝިފާން ވިދާޅުވި ގޮތުގައި އެ ސައިކަލު ދުއްވާފައި ވަނީ ވެސް ލައިސަންސް ނެތް މީހެކެވެ. އަދި އެ ހާދިސާގައި އަނިޔާވުމުން ހުޅުމާލޭ ހޮސްޕިޓަލަށް ގެންގޮސް ފަރުވާ ދިން ކަމަށް ވެސް ވިދާޅުވި އެވެ.

ހުޅުމާލެ 2 އަށް އަރާ ހިސާބުގައި ކޮންމެ ރެޔަކުހެން ޓްރެފިކް ފުލުހުން އުޅަނދުތައް ހުއްޓުވައި ޗެކް ކުރެ އެވެ. ހުޅުމާލޭގައި މި ރޯދަ މަހު ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓުތަކެއް ހިނގައި މީހުންނަށް ސީރިއަސް އަނިޔާތައް ވެފަ އެވެ.