Roadha Mihaaru
ކާރަކާއި ސައިކަލެއް ޖެހި، ޒުވާނަކަށް އަނިޔާތަކެއް

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި، ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް

20 އެޕްރީލް 2023

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިަސް އަނިޔާތަކެއް ވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ހުޅުމާލޭގައި ކާރަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިަސް އަނިޔާތަކެއް ވެއްޖެ އެވެ.

ފުލުހުން ބުނީ އެކްސިޑެންޓް ހިނގީ ހުޅުމާލެ 2 ގެ ނިރޮޅުމަގުގައި ކާރަކާއި ސައިކަލެއް ޖެހިގެން ކަމަށެވެ. އެ އެކްސިޑެންޓްގައި އަނިޔާވި 18 އަހަރުގެ ޒުވާނާއަށް ހޮސްޕިޓަލްގައި މިހާރު ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުންޏެވެ.

އޭނާގެ ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ފުލުހުން ބުންޏެވެ.

ސޯޝަލް މީޑިއާގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަ ގޮތުގައި އަނިޔާވި ޒުވާނާ ސައިކަލު މައްޗަށް ވެއްޓިފައި އޮތްއިރު އޭނާގެ ބޮލާ ދިމާލުން މަގުމައްޗަށް ލޭ ފައިބަމުންދެ އެވެ. ހަލާކުވެފައި އޮތް ހެލްމެޓެއް ވެސް އެ ސައިކަލު ކައިރީގައި އޮތެވެ. އޭރު އެކްސިޑެންޓްވި ކާރު އޮތީ ގަހެއްގައި ޖެހިފަ އެވެ.

އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.

ހުޅުމާލެ އާއި ސިނަމާލެ ބްރިޖްގައި ގިނަ އެކްސިޑެންޓްތަކެއްގައި މިހާތަނަށް ހިނގާފައިވެ އެވެ. ބައެއް އެކްސިޑެންޓްގައި މީހުން މަރުވެފަިއވެ އެވެ.