ހުޅުމާލެ 2 ގައި މިއަދު ދުއްވާފައި ދިޔަ ސިމެންތި ގަށާ ޓްރަކެއް ފުރޮޅާލައި، ކުޑަ ދެކުއްޖަކާއި ޑްރައިވަރަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
12 މެއި 2023
ހުޅުމާލެ 2 ގައި މިއަދު ދުއްވާފައި ދިޔަ ސިމެންތި ގަށާ ޓްރަކެއް ފުރޮޅާލައި، ކުޑަ ދެކުއްޖަކާއި ޑްރައިވަރަށް އަނިޔާވެގެން ހޮސްޕިޓަލްގައި ފަރުވާދޭން ފަށައިފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ 2 ގެ ސިނާއީ ސަރަހައްދު ކައިރިން ދިޔަ ކޮންކްރީޓް ގަށާ މެޝިން ޓްރަކް ފުރޮޅާލީ ހެނދުނު 7:35 ހާއިރު ކަމަށާއި އަނިޔާވި ދެ ކުދިން ދުއްވާފައި ދިޔައީ އެ ޓްރަކްގެ ކައިރިން ކަމަށެވެ.
ފުލުހުން ބުނިގޮތުގައި އެއީ އުމުރުން 13 އަހަރުގެ ދެ ފިރިހެންކުދިންނެވެ. އެ ކުދިންނާއި ޑްރައިވަރަށް މިހާރު އަންނަނީ ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުން ކަމަށް ފުލުހުން ބުންޏެވެ. ލިބުނު އަނިޔާގެ ތަފުސީލެއް ނުދެ އެވެ.
"ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ފުލުހުން ދަނީ ބަލަމުން،" ފުލުހުންގެ މެސެޖުގައި ވެ އެވެ.
ބަންދު ދުވަސްތަކުގައި މާލެ އާއި ހުޅުމާލޭގައި ވެސް ދިވެހިންގެ މެދުގައި ބައިސިކަލް ދުއްވުން ވަރަށް އާންމެވެ. ހާއްސަކޮށް ހުކުރު ދުވަސްދުވަހުގެ ހެނދުނު ބައެއް ބެލެނިވެރިން ވެސް ކުޑަކުދިން ގޮވައިގެން ބައިސިކަލް ދުއްވަން ދެ އެވެ.
"ސައިކަލު ދުއްވީ ލައިސަންސް ހިފަހައްޓާފައިވާ މީހެއް"
ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
ސްޕޯޓްސް ކާރު އެކްސިޑެންޓް: ދައުވާކުރަން ފޮނުވައިފި
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އިކުރާމް އިތުރު 30 ދުވަހަށް ބަންދުކޮށްފި
ހައި ކޯޓުގައި ފުލުހުން ދޮގު ހެދިކަމުގެ ތުހުމަތު!
އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި
ކާރަކާއި ސައިކަލެއް ޖެހި، ޒުވާނަކަށް އަނިޔާތަކެއް
ހުޅުމާލެ2 ގެ ދެވަނަ އެކްސިޑެންޓްގައި މީހަކު މަރުވެއްޖެ
ހުޅުމާލޭގައި އެކްސިޑެންޓުވެ، ދެ މީހަކަށް އަނިޔާވެއްޖެ