Roadha Mihaaru
ހުޅުމާލޭގައި އެކްސިޑެންޓުވެ، ދެ މީހަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ރޭ ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، އެކަކުގެ ހާލު ސީރިއަސް

03 އެޕްރީލް 2023

ހުޅުމާލޭގައި ރޭ ދަންވަރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލޭގައި ރޭ ދަންވަރު ދެ ސައިކަލް ޖެހި ހިނގި އެކްސިޑެންޓެއްގައި ދެ މީހަކަށް އަނިޔާވެ، އެކަކުގެ ހާލު ވަރަށް ސީރިއަސް ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.

ފުލުހުން ބުނީ، އެ އެކްސިޑެންޓްގައި އަނިޔާވީ އުމުރުން 19 އަހަރުގެ ފިރިހެނަކަށާއި 56 އަހަރު ފިރިހެނަކަށް ކަމަށެވެ. ހާލު ސީރިއަސްވީ އުމުރުން ދޮށީ މީހާގެ އެވެ.

އަނިޔާވި ދެ މީހުންނަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދިނުމަށް ފަހު، މިހާރު އޭޑީކޭ ހޮސްޕިޓަލަށް ބަދަލުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.

އެ އެކްސިޑެންޓް ހިނގީ ހުޅުމާލެ 2 ގައި ފްލެޓް ހަދަމުން އަންނަ އިންޑިއާގެ ކުންފުނި ޖޭއެމްސީ ސައިޓާ ކައިރީގައި، ރޭ ދަންވަރު 1:20 ހާއިރު ކަމަށް ފުލުހުން ބުންޏެވެ.