Roadha Mihaaru
ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ

ހުޅުމާލޭގައި ފެން ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ

16 ސެޕްޓެމްބަރ 2024

ހުޅުމާލެ 1 އާއި 2 ގުޅޭ ފުރަތަމަ ބްރިޖުގެ މަތީގައި މަޑުކޮށްގެން އޮތް ފެން ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް މިއަދު އަނިޔާވެއްޖެ އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ހުޅުމާލެ 1 އާއި 2 ގުޅޭ ފުރަތަމަ ބްރިޖުގެ މަތީގައި މަޑުކޮށްގެން އޮތް ފެން ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް މިއަދު އަނިޔާވެއްޖެ އެވެ.

އެ އެކްސިޑެންޓުގައި އަނިޔާވީ 24 އަހަރުގެ ދިވެހި ފިރިހެނަކަށެވެ.

ފުލުހުން ބުނީ ހުޅުމާލޭގެ ދެ ފިޔަވަހި ގުޅޭ ބްރިޖު މަތީގައި އޮތް ލޮރީއަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް ހިނގައިގެން އުޅޭތީ ސީންގައި ފުލުހުން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އެ އެކްސިޑެންޓުގައި އަނިޔާވީ ސައިކަލް ދުއްވަން އިން މީހާއަށް ކަމަށް ވެސް ފުލުހުން ބުންޏެވެ.

އެނގިފައިވާ ގޮތުގައި، އޭނާގެ ބޯ ބައުޒަރުގައި ޖެހި ވަރަށް ބޮޑަށް އަނިޔާވި އެވެ.

ފުލުހުން ބުނީ އަނިޔާވި މީހާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ ކަަމަށެވެ.

އެެޗްޑީސީގެ އެ ފެން ބައުޒަރު އޮތީ ބްރިޖު މަތީގައި ހުރި ގަސްތަކަށް ފެން ދިނުމަށް އެތަނުގައި މަޑުކޮށްގެން ކަމަށް ވެ އެވެ. ހުޅުމާލެ 2 އިން 1 އަށް ދިއުމަށް ދަތުރުކުރި ސައިކަލު ގޮސް ޖެހުނީ އެ ބައުޒަރުގެ ފަހަތުގަ އެވެ.