ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، އެ ހާދިސާ ހިނގަން މެދުވެރިވި ސްޕޯޓްސް ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މިއަދު ފޮނުވައިފި އެވެ.
14 ސެޕްޓެމްބަރ 2024
ހުޅުމާލޭ 2 ގައި މިދިޔަ ޖުލައި މަހު ހިނގި ނުރައްކާތެރި އެކްސިޑެންޓުގައި، އެ ހާދިސާ ހިނގަން މެދުވެރިވި ސްޕޯޓްސް ކާރުގައި ތިބި ތިން މީހުންގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހަށް ފުލުހުން މިއަދު ފޮނުވައިފި އެވެ.
ފުލުހުން ބުނި ގޮތުގައި، މިދިޔަ ޖުލައި މަހުގެ 31 ވަނަ ދުވަހު ވިނަރެސް ފްލެޓްތައް ކައިރީގައި އެކްސިޑެންޓް ހިނގީ ބާރު ސްޕީޑްގައި ދުއްވާފައި އައި ސްޕޯޓްސް ކާރެއް ކޮންޓްރޯލް ނުވެ ގޮސް، މަގުގެ އެއް ފަރާތުގައި ސައިކަލެއްގައި މަޑުކޮށްގެން ހުރި މީހެއްގެ ގައިގައި ޖެހިގެންނެވެ.
އެ މައްސަލާގައި ކާރު ދުއްވި މީހާ އާއި އެ ވަގުތު ކާރުގައި ތިބި އިތުރު ދެ މީހަކު ހައްޔަރުކުރި އެވެ.
ފުލުހުން ބުނީ އެ ތިން މީހުންނަށް ދައުވާކުރުމަށް ފޮނުވި މައްސަލަ ޕީޖީ އޮފީހުން ބަލައިގެންފައިވާ ކަމަށެވެ.
އެ އެކްސިޑެންޓަށްފަހު، ކާރުގައި ތިބި ތިން މީހުން ވަނީ އެ ސަރަހައްދުން ފިލައިފަ އެވެ. ނަމަވެސް އެރޭ އެ ތިން މީހުން ހައްޔަރުކުރި އެވެ. އޭގެ ތެރެއިން ކާރު ދުއްވި އިބްރާހިމް އިކްރާމް ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ހައި ކޯޓުން މި މަހު ކުރީކޮޅު އޭނާ ދޫކޮށްލަން އަމުރުކުރި އެވެ.
އެއީ އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރު ނެރުނު އަޑުއެހުމުގައި ވަކީލެއްގެ ފުރުސަތު ނުދިން ކަމަށް ބުނެ އެވެ. ނަމަވެސް ޖެހިގެން އައި ދުވަހު އޭނާ އަލުން ހައްޔަރުކޮށް، ފުރަތަމަ ތިން ދުވަހަށް ބަންދުކުރި އެވެ. އަދި އެ މުއްދަތު ހަމަވުމުން، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ ބަންދަށް 30 ދުވަސް އިތުރުކޮށް ދީފަ އެވެ.
އެ އެކްސިޑެންޓާ ގުޅިގެން އިކްރާމާ އެކު ދެން ހައްޔަރުކުރީ އިކްރާމުއްރަހުމާނާއި ޖިނާހް އިސްމާއިލް އެވެ. އެ ދެ މީހުން ވެސް ތިބީ ބަންދުގަ އެވެ.
އެކްސިޑެންޓުވި ކާރަކީ މާލެ ޒޯންގައި ދުއްވަން ރަޖިސްޓްރީކޮށްފައިވާ ކާރެއް ވެސް ނޫނެވެ.
ހައި ކޯޓުގައި ފުލުހުން ދޮގު ހެދިކަމުގެ ތުހުމަތު!
ގައިމަތިން ސައިކަލު ދިޔަ މައްސަލަ ޕީޖީއަށް ފޮނުވަނީ
"ސައިކަލު ދުއްވީ ލައިސަންސް ހިފަހައްޓާފައިވާ މީހެއް"
ސްޕޯޓްސް ކާރުން ޖެހި މީހަކު މަރުވި މައްސަލަ ޕީޖީއަށް
ބައުޒަރެއްގައި ސައިކަލަކުން ޖެހި ޒުވާނަކަށް އަނިޔާވެއްޖެ
ބާރަށް ކާރު ދުއްވި މީހަކު ފިލަން އުޅުމުން ހައްޔަރު
ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
އިކުރާމް އިތުރު 30 ދުވަހަށް ބަންދުކޮށްފި
އެކްސިޑެންޓާ ގުޅިގެން ތިން މީހަކު ހައްޔަރުކޮށްފި
އެކްސިޑެންޓްތަކާ ގުޅިގެން ދައުވާނުކުރާނޭ ހީވުމަކީ ގޯހެއް