21 ފެބުރުއަރީ 2024
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެސް ޓީރެކްސް ބީސީ އާއި ކުއީންސް ބީސީ ހޯދައިފި އެވެ.
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެސް ޓީރެކްސް ބީސީ އާއި ކުއީންސް ބީސީ ހޯދައިފި އެވެ.
ގައުމީ މުބާރާތުގައި ހޯމަ ދުވަހުގެ ރޭ ފުރަތަމަ ކުޅުނީ ކުއީންސް އާއި އެލީޓް ބައްދަލުކުރި އަންހެން ފައިނަލެވެ. ކުއީންސް ޗެމްޕިއަންކަން ހޯދީ 97-52 ޕޮއިންޓުން ކުރި ހޯދައިގެންނެވެ. މިއީ 2020 ވަނަ އަހަރުގެ ފަހުން ކުއީންސް މުބާރާތް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ.
ކުއީންސްގެ ފާތިމަތު ރިޝްމާ ވަނީ އެޓީމަށް 29 ޕޮއިންޓް މެޗުގައި އެއްކޮށްދީފަ އެވެ. އެލީޓް އަށް އެންމެ ގިނަ ޕޮއިންޓް އެއްކުރީ ފާތިމަތު އީހައު ޝަހީމް އާއި އައިޝަތު އިނާޝާ އެވެ. ކޮންމެ ކުޅުންތެރިއަކު ވެސް މެޗުގައި 13 ޕޮއިންޓް ސްކޯކުރި އެވެ.
ގައުމީ ލީގުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަން ޓީމް ކުއީންސް ބީސީ ތަށީ އުފުލާލަނީ.-- ފޮޓޯ: އެންބީޓީ/ ސިޑިބަރި
ޓީރެކްސް ޗެމްޕިއަންކަން ހޯދީ ކުރީ ތިން ފަހަރު ވެސް ޗެމްޕިއަންކަން ހޯދި ކިންގްސް ބަލިކޮށްގެންނެވެ. ވާދަވެރި ފައިނަލް މެޗު ޓީރެކްސް ކާމިޔާބު ކުރީ 86-83 ޕޮއިންޓުންނެވެ.
މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު ވެސް ދެ ޓީމު 67-67 ޕޮއިންޓުން އެއްވަރު ވުމާ ގުޅިގެން ޖެހުނީ އޯވާޓައިމްގެ ދެ ޕީރިއަޑް ކުޅުނީ އެވެ. ފުރަތަމަ ޕީރިއަޑް ނިމުނުއިރު ވެސް ދެ ޓީމު އޮތީ 75-75 ޕޮއިންޓުން އެއްވަރު ވެފަ އެވެ. ޓީރެކްސް ނަތީޖާ ނެރުނީ ފަހު ޕީރިއަޑުގައި ތިން ޕޮއިންޓުގެ ތަފާތަކުންނެވެ.
ޓީރެކްސްގެ މުހައްމަދު ހުވައިލިދު އަލީ މެޗުގައި 23 ޕޮއިންޓް ހޯދި އެވެ. އެޓީމުގެ ޒަކަރިއްޔާ އަބްދުއްލަތީފް 20 ޕޮއިންޓް ސްކޯ ކުރި އިރު، ކިންގްސް އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ 19 ޕޮއިންޓް ސްކޯ ކުރި އިބްރާހިމް ނަސީމް އެވެ.
ފައިނަލްގައި ޓީރެކްސް-ކިންގްސް އަދި ކުއީންސް-އެލީޓް
ކިންގްސްގެ ކެޕްޓަން ފިރާ ވެސް ވާދަވެރި ޓީރެކްސް އަށް
ކިންގްސްގެ އަަންޓޭ އާއި ހުވޭ ވާދަވެރި ޓީރެކްސް އަށް
ޓީރެކްސް ބަލިކޮށް ރެޑްވިންގްސް ގައުމީ ފައިނަލަށް
ޗިކަނޭ އަށް އަނިޔާވެ ކަރުކަށިގަނޑުގައި ރެނދުލައިފި
ޓީރެކްސްގެ ކޯޗަކަށް ފަޒްލީ ހަމަޖައްސައިފި
އަންހެން ޑިވިޝަންގެ ގައުމީ ތަށި ވެސް ކުއީންސް އަށް
ޗިކާއި ޓީރެކްސް އިން ބާސްކެޓުގެ ރެކޯޑެއް ގާއިމްކޮށްފި
ޓީރެކްސް އާއި ކިންގްސް ފައިނަލަށް
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި