06 ސެޕްޓެމްބަރ 2017
އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުން ކިންގްސް ބީސީ އާއި ޓީރެކްސް ބީސީ ޖާގަ ހޯދައިފި އެވެ.
އެމްބީއޭ ޗެމްޕިއަންޝިޕް ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ފައިނަލުން ކިންގްސް ބީސީ އާއި ޓީރެކްސް ބީސީ ޖާގަ ހޯދައިފި އެވެ.
ރެޑްލައިން ކްލަބަށް ކުރިން ކުޅުނު ކުޅުންތެރިންތަކެއް ހިމެނޭ ކިންގްސް އިން ފައިނަލަށް ދަތުރުކުރީ އިއްޔެ ކުޅުނު ސެމީ ފައިނަލުގެ ފުރަތަމަ މެޗުން ދަ ބައުސް ސްޕޯޓްސް ކްލަބް އަތުން 88-72 ޕޮއިންޓުން މޮޅުވެގެންނެވެ.
މި މެޗުގައި ކިންގްސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ވެސް ހޯދި އަހުމަދު ފިރާޝެވެ. އޭނާ 23 ޕޮއިންޓް އެއްކުރި އެވެ. ދެ ވަނަ އަށް އެންމެ ގިނަ ޕޮއިންޓް ހޯދައިދިނީ، 21 ޕޮއިންޓާ އެކު މުހައްމަދު ޒިލާލެވެ. ބައުސް އަށް އެންމެ ގިނަ ޕޮއިންޓް އެއްކޮށްދިނީ 23 ޕޮއިންޓާ އެކު އަބްދުﷲ އަމްޒަރާއި 20 ޕޮއިންޓާ އެކު އިބްރާހިމް ނަސީމެވެ.
ކިންގްސް ބީސީ އާއި ބައުސް ކުޅެނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު
ޓީރެކްސް އެންމެ ކުރިއަށް ފައިނަލުން ފުރުސަތު ހޯދީ ސެމީ ފައިނަލުގެ ދެ ވަނަ މެޗުން ރެޕްޓޯސް ބާސްކެޓްބޯލް ކްލަބް އަތުން 84-53 ޕޮއިންޓުން މޮޅުވެގެންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިއާގެ މަގާމް ހޯދީ 18 ޕޮއިންޓާ އެކު ޓީރެކްސްގެ އިބްރާހިމް ރަޝްވާން (ޗިކު) އެވެ. އެ ޓީމަށް ދެން އެންމެ ގިނައިން ޕޮއިންޓް އެއްކޮށްދިނީ 14 ޕޮއިންޓާ އެކު އިސްމާއިލް ވިލްދާނެވެ.
މުބާރާތުގެ އަންހެން ޑިވިޝަނުގެ ފުރަތަމަ ސެމީ ފައިނަލުގައި މިއަދު ހަވީރު ބައްދަލުކުރާނީ ޓައިޓަންސް ސްޕޯޓްސް ކްލަބާއި ޓީރެކްސް ސްޕޯޓްސް އެކަޑަމީ އެވެ. ދެ ވަނަ ސެމީ ފައިނަލުގައި މިރޭ ބައްދަލުކުރާނީ ސައިކްލޯން ބީސީ އާއި ދިވެހި ސިފައިންގެ ކްލަބެވެ.
ޒިލާގެ ކޯޗުކަމުން ކިންގްސްއަށް ތަށި، ހާއްސަ ކާމިޔާބެއް
ކިންގްސްގެ ކެޕްޓަން ފިރާ ވެސް ވާދަވެރި ޓީރެކްސް އަށް
ކިންގްސްގެ އަަންޓޭ އާއި ހުވޭ ވާދަވެރި ޓީރެކްސް އަށް
ޗިކަނޭ އަށް އަނިޔާވެ ކަރުކަށިގަނޑުގައި ރެނދުލައިފި
އެެއް ވަނައިގައި ސްޓިންގާސް އާއި ކިންގްސް
ޗިކާއި ޓީރެކްސް އިން ބާސްކެޓުގެ ރެކޯޑެއް ގާއިމްކޮށްފި
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
ގައުމީ މުބާރާތް ވެސް ޓީރެކްސް އާއި ކުއީންސް އަށް
ކިންގްސްގެ ރަސްކަން ނިންމުމަކަށްގެނެސް ޓީރެކްސްއަށް ތާޖު
ޒުވާން ސްކޮޑަކާ އެކު ކިންގްސް ޗައިނާގެ މުބާރާތަކަށް