07 އެޕްރީލް 2022
ކިންގްސް ބާސްކެޓްބޯޅަ ކްލަބުގެ ކެޕްޓަން އަހުމަދު ފިރާޝް (ފިރާ) ވާދަވެރި ޓީރެކްސް އަށް ބަދަލުވާން ނިންމައިފި އެވެ.
ކިންގްސް ބާސްކެޓްބޯޅަ ކްލަބުގެ ކެޕްޓަން އަހުމަދު ފިރާޝް (ފިރާ) ވާދަވެރި ޓީރެކްސް އަށް ބަދަލުވާން ނިންމައިފި އެވެ.
ކިންގްސް 2017 ގައި އުފެދުނު ފަހުން ވެސް އެ ޓީމަށް ކުޅުނު ފިރާ ވަނީ ކުރިން ރެޑްލައިން ކްލަބަށް ވެސް ކުޅެފަ އެވެ. ފިރާ އަކީ މިދިޔަ ދެ ހަފުތާގެ ތެރޭ ކިންގްސް ދޫކޮށް ވާދަވެރި ޓީރެކްސް އަށް ބަދަލުވާ ތިންވަނަ ކުޅުންތެރިޔާ އެވެ. ކުރިން ކިންގްސް އަށް ކުޅުނު އިބްރާހިމް އަންފާލް (އަންޓޭ) އަދި މުހައްމަދު ހުވައިލިދު (ހުވޭ) ވެސް ވަނީ މިދިޔަ ހަފުތާގައި ޓީރެކްސް އަށް ސޮއިކޮށްފަ އެވެ.
ނިމިދިޔަ ގައުމީ ލީގާއި ގައުމީ މުބާރާތުގައި ވެސް ނާކާމިޔާބާ ކުރިމަތިލާން ޖެހުނު ޓީރެކްސް ވަރުގަދަ ކުރުމުގެ މަސައްކަތް އެ ކްލަބުން ވަނީ ފަށައިފަ އެވެ.
ކިންގްސްއިން ބުނީ އެ ކްލަބަށް ފިރާ ކޮށްދިން ހިދުމަތް އަގުވަޒަން ކުރާ ކަމަށެވެ. އަދި އެ ކްލަބުން ވަނީ އޭނާ އަށް ކާމިޔާބަށް އެދޭ ކަމަށެވެ. ކިންގްސް އިން ދޫކޮށްލި ކުޅުންތެރިންގެ މަގާމު ފޫބެއްދުމަށް އެ ކްލަބުން ދަނީ އެހެން ކުޅުންތެރިންގެ ސޮއި ހޯދަމުންނެވެ. ސްޓިންގާސް އަށް ކުޅުނު މުހައްމަދު ސަބީހު ތައުފީގުގެ ސޮއި ކިންގްސް އިން ވަނީ ހޯދައިފަ އެވެ.
ކިންގްސްގެ އަަންޓޭ އާއި ހުވޭ ވާދަވެރި ޓީރެކްސް އަށް
ޗިކަނޭ އަށް އަނިޔާވެ ކަރުކަށިގަނޑުގައި ރެނދުލައިފި
ޓީރެކްސް އާއި ކިންގްސް ފައިނަލަށް
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
ގައުމީ މުބާރާތް ވެސް ޓީރެކްސް އާއި ކުއީންސް އަށް
ކިންގްސްގެ ރަސްކަން ނިންމުމަކަށްގެނެސް ޓީރެކްސްއަށް ތާޖު
ޒުވާން ސްކޮޑަކާ އެކު ކިންގްސް ޗައިނާގެ މުބާރާތަކަށް
ކިންގްސްގެ ދެ ކުޅުންތެރިން ޓްރޭނިން އަށް ދުބާއީ އަށް
ޒިލާގެ ކޯޗުކަމުން ކިންގްސްއަށް ތަށި، ހާއްސަ ކާމިޔާބެއް
ސްޓިންގާސްގެ ބޮމްބެ ވެސް ކިންގްސް އަށް ސޮއިކޮށްފި