14 ފެބުރުއަރީ 2024
ގައުމީ ބާސްކެޓްބޯޅަ ލީގުގައި އެންމެ ފަހު ތިން ފަހަރު ވެސް ޗެމްޕިއަންކަން ހޯދި ކިންގްސް ބީސީ އަތުން، މިއަހަރުގެ ލީގު ފަހު މެޗުގައި ބަލި ވި ނަމަވެސް ޓީރެކްސް ބީސީ ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.
ގައުމީ ބާސްކެޓްބޯޅަ ލީގުގައި އެންމެ ފަހު ތިން ފަހަރު ވެސް ޗެމްޕިއަންކަން ހޯދި ކިންގްސް ބީސީ އަތުން، މިއަހަރުގެ ލީގު ފަހު މެޗުގައި ބަލި ވި ނަމަވެސް ޓީރެކްސް ބީސީ ލީގު ޗެމްޕިއަންކަން ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ކޯޓުގައި ކުރިއަށް ގެންދިޔަ މުބާރާތުގެ ފަހު މެޗުގައި މިދިޔަ ހޯމަ ދުވަހުގެ ރޭ ކުޅުނު މެޗުން ބަލިވީ 49-48 ޕޮއިންޓުންނެވެ. ކިންގްސްގެ ކެޕްޓަން އަބްދުﷲ އަމްޒަރު މުހައްމަދު ވަނީ ޓީމު މޮޅު ކޮށްދިނުމުގައި މުހިއްމު ދައުރެއް އަދާކޮށްފަ އެވެ.
މިއީ ޓީރެކްސް ލީގުގައި ބަލިވި ހަމައެކަނި މެޗެވެ. ހަ ޓީމު ވާދަކުރާ ލީގުގެ ފުރަތަމަ ބުރުގައި ކިންގްސް ބަލިކުރީ 79-61 ޕޮއިންޓުންނެވެ. މިއީ ކިންގްސް ވެސް ބަލިވި ހަމައެކަނި މެޗެވެ.
ޓީރެކްސް އާއި ކިންގްސް ވެސް ލީގުގެ އެންމެ ކުރީގައި ޕޮއިންޓްގެ ގޮތުން އެއްވަރު ވެފައި ވާއިރު، ޗެމްޕިއަން ކަނޑައެޅީ ހެޑް-ޓު-ހެޑް ނަތީޖާއަށް ބަލައިގެންނެވެ. ލީގު ކާމިޔާބު ކުރަން ކިންގްސް އަށް ޖެހުނީ 19 ޕޮއިންޓްގެ ތަފާތަކުން މެޗުން މޮޅުވާށެވެ.
ނަމަވެސް ޕޮއިންޓެއްގެ ތަފާތުން ހޯދި މޮޅާ އެކު ކިންގްސް އަށް ލީގު ޗެމްޕިއަންކަން ދިފާއު ނުކުރެވުނެވެ.
ޓީރެކްސް އާއި ކިންގްސްގެ އިތުރުން ލީގުގައި ވާދަ ކުރީ ރެޑްވިންގްސް ބީސީ އާއި ރެޕްޓާސް އަދި ރޯޔަލްސް އާއި ސްޓިންގާސް އެވެ. ޓީރެކްސް އާއި ކިންގްސް އާއެކު ގައުމީ މުބާރާތަށް ކޮލިފައިވީ، ތިންވަނައިގައި ނިންމި ރެޑްވިންގްސް އާއި ހަތަރުވަނަ ހޯދި ރެޕްޓާސް އެވެ.
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ކުޅުން މިރޭ ފަށާނެ އެވެ.
ޓީރެކްސް އާއި ރެޑްވިންގްސް ފެށުން ރަނގަޅުކޮށްފި
އުނދަގޫ ނިންމުމެއް ނިންމައި ޗިކު ކިންގްސް އަށް
ގައުމީ ބާސްކެޓްބޯޅަ ލީގުގެ ތަށި ކިންގްސް އަށް
އަނެއްކާ ވެސް ކިންގްސް އާއި ޓީރެކްސްގެ ފައިނަލެއް
ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް އަށް
ކިންގްސް ބަލިކޮށް ޓީރެކްސް ގައުމީ ލީގު ކާމިޔާބުކޮށްފި
ކިންގްސް ހުއްޓުވައި ގައުމީ ޗެމްޕިއަންކަން ޓީރެކްސް އަށް
ހުރިހާ މެޗެއް ކާމިޔާބުކޮށް ޗެމްޕިއަންކަން ކުއީންސް އަށް
ޗެމްޕިއަނަކީ ޓަލޮންސް، އެންމެ މޮޅީ ރޯޔަލްސްގެ ޖިދާދު
ޒުވާން ސްކޮޑަކާ އެކު ކިންގްސް ޗައިނާގެ މުބާރާތަކަށް