18 ނޮވެމްބަރ 2017
ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު ފައިނަލުން ޖާގަ ހޯދި ކިންގްސް ބީސީ 63-71 ޕޮއިންޓުން ބަލިކޮށް، ޓީރެކްސް ބީސީ، މި އަހަރުގެ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.
ސަތޭކަ ޕަސެންޓް ރެކޯޑަކާ އެކު ފައިނަލުން ޖާގަ ހޯދި ކިންގްސް ބީސީ 63-71 ޕޮއިންޓުން ބަލިކޮށް، ޓީރެކްސް ބީސީ، މި އަހަރުގެ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.
މި މެޗުގެ ކުރިން އެންމެ ފަހުން ކުޅުނު ތިން މެޗުން ވެސް ކިންގްސް ވަނީ ޓީރެކްސްގެ މައްޗަށް ކުރި ހޯދައިފަ އެވެ. އެހެން ކަމުން މިރޭގެ މެޗަށް ނުކުތް އިރު ޓީރެކްސް އިން އަޒުމް ކަނޑައަޅައިގެން ތިބީ ކިންގްސް އަތުން ޖެހިޖެހިގެން ހަތަރު ބަލި ނުވުމަށެވެ.
ޓީރެކްސް އިން މި މެޗަށް ނުކުތްއިރު އޮތް އެންމެ ބޮޑު ނުތަނަވަސް ކަމަކީ ސަސްޕެންޝަނުގެ ސަބަބުން، އެ ޓީމުގެ މުހިއްމު ކުޅުންތެރިޔާ ހުސެއިން ހަލީމް (ޗިކަނޭ) އަށް ނުކުޅެވޭ މައްސަލަ އެވެ. ނަމަވެސް ފަހަކަށް އައިސް އަނިޔާގެ ސަބަބުން ގިނަ މެޗުތަކެއް ގެއްލުނު އަލީ ފަޒްލީ ވަނީ މެޗު ކުޅެވޭ ވަރަށް ފިޓްވެފަ އެވެ. މި މެޗުގައި މުހިއްމު ވަގުތުގައި އަރައި ފަޒްލީ ވަނީ ތަޖުރިބާގެ ބޭނުންކޮށް، ޓީމަށް ފައިދާ ހުރި ކުޅުމެއް ދައްކައިފަ އެވެ.
ފުރަތަމަ ކުއާޓަރު ފަށައިގެން ކިންގްސް އިން ހަނި ލީޑެއްގައި އޮތް ނަމަވެސް ކުއާޓަރުގެ މެދުތެރެއިން ޓީރެކްސް އިން ވަނީ އަވަސް ކުޅުން ތަކަކާ އެކު ނަތީޖާ އެ ޓީމުގެ ކޮޅަށް އަނބުރާލައިފަ އެވެެ.
މުހައްމަދު ޒިލާލް (ޒިލާ) އެއްކުރި ރަނގަޅު ޕޮއިންޓަކާ އެކު ކިންގްސް އިން ކުރިއަށް ޖެހިލައިފައި އޮއްވައި ޓީރެކްސް އިން ފަހަތުން އަރައި ކުރި ހޯދީ ޒަރަރިއްޔާ އަބްދުލް ލަތީފް (ޒަކިއްޓެ) އާއި އަހުމަދު ޒަބީރު ހޯދި ޕޮއިންޓްތަކާ އެކު އެވެ. ފަޒްލީ ވެސް ކުޅެން އެރި މި ކުއާޓަރު ނިމުނީ 18-14 އިން ޓީރެކްސް ކުރީގައި އޮވެގެންނެވެ.
ދެ ވަނަ ކުއާޓަރުގެ މެދު ތެރެއިން ކިންގްސްގެ ބިދޭސީ ދެ ކުޅުންތެރިން ކަމަށްވާ ނިކޮލާ ވޮރޮވިޗާއި އަލެކްސެންޑަ ވުލެޓިޗްގެ ކުޅުން ކޮންމެވެސް ވަރަކަށް ފެންނަން ފެށި އެވެ. އަދި އޭގެ ފައިދާ ކިންގްސް އިން ނެގި އެވެ. އެކަމަކު މައްސަލަ ދިމާވީ އެޓޭކް ތަކުގައި ޕޮއިންޓް ސްކޯ ނުކުރެވުމުން ނެވެ. މި ކުއާޓަރުގައި ޓީރެކްސްގެ އިބްރާހިމް ރަޝްވާން (ޗިކު) އާއި އެ ޓީމުގެ ބިދޭސީ ކުޅުންތެރިއާ ޑުސާން އޮގްޔެނޮވިޗް މުހިއްމު ވަގުތުތަކުގައި އެއްކުރި ޕޮއިންޓްތަކާ އެކު ޓީރެކްސް އިން މި ކުއާޓަރު ނިންމާލީ ލީޑު ފުޅާކޮށްގެންނެވެ. މި ކުއާޓަރު ނިމުނީ 28-37 އިންނެވެ.
ތިން ވަނަ ކުއާޓަރު ފެށިގެން ކިންގްސް އިން ވަރަށް ރަނގަޅަށް ކުޅެން ފެށި އެވެ. ޒިލާލް އާއި އަފްޝަން ރަޝާދު އަދި މުހައްމަދު ސަމޫހުގެ މޮޅު ކުޅުމާ އެކު ކުއާޓަރުގެ މެދުތެރެއިން ލީޑެއް ވެސް ނެގި އެވެ. ހާއްސަ ގޮތެއްގައި މި ކުއާޓަރުގައި އެ ޓީމުގެ ނިކޮލާގެ ކުޅުން ވަރަށް ފާހަގަކޮށްލެވެ އެވެ. އެހެން ނަމަވެސް ބަދަލުތަކެއް ގެނެސްގެން ކިންގްސް އަށް ނެގި ލީޑު ނުހިފެހެއްޓުމުގެ ނަތީޖާއަކަށް ވީ ޒަކިއްޓެ އާއި ޑުސާންގެ މުހިއްމު ޕޮއިންޓުތަކާ އެކު އަލުން ޓީރެކްސް އިން ލީޑް ނެގުމެވެ. މި ކުއާޓަރު ނިމުނީ 52-59 އިން ޓީރެކްސް ކުރީގައި އޮވެގެންނެވެ.
ފަހު ކުއާޓަރު ފެށުނު ތަނުން ޓީރެކްސް އިން ގާތްގާތުގައި އެއްކުރި ޕޮއިންޓްތަކާ އެކު އެ ޓީމުން ވަނީ ލީޑް ފުޅާކޮށްފަ އެވެ. މިއާ އެކު ކިންގްސް އަށް ގިނަ އުނދަގޫތަކެއް ކުރިމަތިވި އެވެ. ހާއްސަކޮށް މިރޭ ކިންގްސް އަށް އެންމެ ބޮޑު މައްސަލައެއް ކުރިމަތިވީ ސްކޯ ކުރުމުގަ އެވެ. އެ ޓީމުގެ ކޯޗު ފިލިޕީންސްގެ ޖޭ ސަލަޒާރު ފަހު ދެ ކުއާޓަރުގައި ގިނަ ބަދަލު ގެނެސްގެން މެޗު އަނބުރާލަން ކުރި ހުރިހާ މަސައްކަތެއް ދިޔައީ ބޭކާރުވެގެންނެވެ. މެޗު ފަހު ކޮޅަށް ދިޔައިރު ވެސް ޓީރެކްސް އޮތީ ރަނގަޅު ލީޑެއް ގަ އެވެ. އެ ޓީމު މެޗު ކާމިޔާބުކުރީ އަށް ޕޮއިންޓުގެ ލީޑަކާ އެކު 63-71 އިންނެވެ.
ޓީރެކްސްގެ ކޯޗު އިލްޔާސް އިބްރާހިމް (އިއްލަ) ބުނީ މެޗުން މޮޅުވީ ރޭވުންތަކާ އެއްގޮތަށް ކުޅެ ކުޅުންތެރިންގެ ދެއްކި ތަފާތު ހިތްވަރުން ކަމަށެވެ.
"ޓީރެކްސް އައީ މެޗަކަށް ފަހު މެޗެއް ރަނގަޅު ކުރަމުން. ސެމީގައި ކިންގްސް އަތުން ވީ ރަނގަޅު ބައްޔެކޭ އަޅުގަނޑު ބުނާނީ. އެއީ އެމީހުން ކުޅޭ ގޮތް އެ މެޗުން އެނގިއްޖެ. އޯވަރޯލްކޮށް ޓީރެކްސް އިން ވަރަށް ޑޮމިނޭޓް ކޮށްގެން ކުޅުނު މެޗެއް މި ފެނުނީ. ޕްލޭން ކުރިގޮތަށް މިދިޔައީ. ވަރަށް ގިނަ ކަންތައްތައް އުއްމީދުކުރި ގޮތަށް ދިޔައީ،" ކުރިން ގައުމީ ބާސްކެޓްބޯޅަ ޓީމަށް ވެސް ކުޅުނު އިއްލަ ބުންޏެވެ.
ކިންގްސްގެ ޒިލާ ބުނީ މެޗަށް ނުކުތްއިރު ވެސް ޓީރެކްސް އިން ވަަރަށް ޖޯޝާ އެކު މެޗަށް ނުކުންނާނެކަން އެނގޭ ކަމަށެވެ.
"ޗިކަނޭ ނެތީމަ އެމީހުން (ޓީރެކްސް) އެހެން ޖޯޝެއްގައި އަންނާނެކަން އެނގޭ. މަރުހަބާ ކިޔަން ޓީރެކްސް އަށް. ވަރަށް ގިނަ މެޗުތަކެއް ޓީރެކްސްއާ އެކު ވާދަވެރިކޮށް ކުޅެފިން. މި މެޗުގައި އަޅުގަނޑުމެންގެ ޕްލޭނާ އެއްގޮތަށް ނުދިޔައީ،" ޒިލާ ބުންޏެވެ.
ފައިނަލް މެޗާއި މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ލިބުނީ ޓީރެކްސްގެ ޑޫސާން އަށެވެ. މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިއަކީ ދި ބައުސް އަށް މޮޅު ކުޅުމެއް ދެއްކި ހުނަރުވެރި ކުޅުންތެރިއާ އަހުމަދު މުއާވިން އެވެ.
މިއަދު ހަވީރު ކުޅުނު މުބާރާތުގެ އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ ސައިކްލޯން ބާސްކެޓްބޯޅަ ކްލަބެވެ. އެ ޓީމު ވަނީ ފައިނަލުގައި އދ. މަހިބަދޫ އަށް ނިސްބަތްވާ ޖިބިއްލީ ސްޕޯޓްސް ކްލަބްގެ މައްޗަށް މިއަދު ކުޅުނު މެޗުގައި 60-32 ޕޮއިންޓުން ކުރިހޯދައިފަ އެވެ. އަންހެން ބައިގެ މޮޅު ކުޅުންތެރިއާގެ މަގާމު ރެޑްވިންގްސް ބީސީގެ ޔެލޭނާ ބުޑްމިރް ހޯދިއިރު، އެންމެ އުއްމީދީ ކުޅުންތެރިއަކީ އެ ޓީމަށް މޮޅު ކުޅުމެއް ދެއްކި ލަޔާން އަލީ ރަޝީދު އެވެ.
އަނެއްކާ ވެސް ކިންގްސް އާއި ޓީރެކްސްގެ ފައިނަލެއް
ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް އަށް
ކިންގްސްގެ ރަސްކަން ނިންމުމަކަށްގެނެސް ޓީރެކްސްއަށް ތާޖު
ނުކުޅެވޭނެ ކަމަށްބުނެ ބާކީކޮށްލި އަމްޒަރު އެންމެ އުހަށް
އުނދަގޫ ނިންމުމެއް ނިންމައި ޗިކު ކިންގްސް އަށް
ބާސްކެޓްބޯޅަ: ކިންގްސް އާއި ކުއީންސް ފައިނަލަށް
ޓީރެކްސް ހުއްޓުވައި ކިންގްސް ގައުމީ ތަށި އުފުލާލައިފި
ފައިނަލުގައި ކިންގްސް ބަލިކުރެވޭނެ: ޓީރެކްސް
ގައުމީ ފިރިހެން ބާސްކެޓްބޯޅަ ތަށި ޓީރެކްސް އަށް
ޒުވާން ސްކޮޑަކާ އެކު ކިންގްސް ޗައިނާގެ މުބާރާތަކަށް