28 ފެބުރުއަރީ 2022
"ވަރަށް ސީނިއާ ތިން ކޯޗަކު އަޅުގަނޑާ ދިމާލަށް ބުނި ބާސްކެޓްބޯޅައެއް ފަލަކޮށް ހުރެގެން ނުކުޅެވޭނޭ ކިތަންމެ ވަރަކަށް އުޅުނަސް، އިމްޕްރޫވެއް ނުވާނޭ. ޓެލެންޓެއް ނެތޭ ހުއްޓާލާށޭ،" ބާސްކެޓްބޯޅައިގެ ތަރި އަބްދުﷲ އަމްޒަރު މުހައްމަދު އޭނާގެ ކުޅިވަރުގެ ކެރިއާގެ ވާހަކަ ކިޔައިދެމުން ބުންޏެވެ.
"ވަރަށް ސީނިއާ ތިން ކޯޗަކު އަޅުގަނޑާ ދިމާލަށް ބުނި ބާސްކެޓްބޯޅައެއް ފަލަކޮށް ހުރެގެން ނުކުޅެވޭނޭ ކިތަންމެ ވަރަކަށް އުޅުނަސް، އިމްޕްރޫވެއް ނުވާނޭ. ޓެލެންޓެއް ނެތޭ ހުއްޓާލާށޭ،" ބާސްކެޓްބޯޅައިގެ ތަރި އަބްދުﷲ އަމްޒަރު މުހައްމަދު އޭނާގެ ކުޅިވަރުގެ ކެރިއާގެ ވާހަކަ ކިޔައިދެމުން ބުންޏެވެ.
ދަރުމަވަންތަ ސްކޫލްގައި ކިޔަވަން އުޅުނު އިރު މަޖަލަކަށް ބާސްކެޓް ކުޅެން ފެށި އަމްޒަރު ކެރިއާގެ ފުރަތަމަ މަރުހަލާގައި ހުރީ މަޑު ޖެހިފަ އެވެ. އަލީ ފަޒްލީ (އޮލިމްޕިކް) ކޯޗުކަމުގެ ދަށުން ދަރުމަވަންތަ ސްކޫލްގެ ޓީމަށް އަމްޒަރު ނެގީ ވެސް ބާސްކެޓްބޯޅަ އަށް އޭނާ ހުންނަ ޝައުގުވެރިކަން ފާހަގަ ކުރެވުމުންނެވެ. އެކަމަކު އެއްވެސް މެޗެއް ކުޅެލަން ނުލިބި އޭރުު އިނީ ބެންޗުގަ އެވެ.
ވައިޑީޕީގެ ތެރެއިން ސްކޫލްތަކުން ފާހަގަކުރެވޭ މޮޅު ކުޅުންތެރިން ބާސްކެޓްގެ ތެރެއަށް ނެރެމުން ދިޔައިރު ވެސް އެ ފުރުސަތެއް އަމްޒަރަކަށް ނުލިބުނެވެ. އޭނާ ބުނިގޮތުގައި އޭރު އޭނާގެ ކިބައިގައި ބާސްކެޓްބޯޅައިގެ ހުނަރެއް ހުރި ކަމަކަށް އެއްވެސް ކޯޗަކަށް ފާހަގަ ނުކުރެވުނެވެ. އެއްވެސް ޕްރޮގްރާމެއްގެ ތެރެއިން ފުރޭނިގެން މި ކުޅިވަރުގެ ތެރެއަށް ވަންނާކަށް ފުރުސަތެއް ނުލިބުނެވެ.
"އެހެންވެ އޭރު ހުރީ ހުއްޓާލަން ނިންމައިގެން. ކުރިއަކަށް ނުދެވޭނެއޭ ހިތަށް އެރި،" އަމްޒަރު ބުންޏެވެ.
އަމްޒަރު ހޫކްސް އަށް ބޯޅަ ފޮނުވައިލާން މަސައްކަތް ކުރަނީ --- ފޮޓޯ: ކިންގްސް
ވިލާ ހައި ސްކޫލްގައި ގްރޭޑް 11، 12 ކިޔަވަމުން ދިޔައިރު އެ ސްކޫލްގެ ބާސްކެޓް ޓީމަށް ކުޅެން ލިބުނު ފުރުސަތަކީ ބާސްކެޓްގެ ރަސްމީ މުބާރާތެއްގައި އަމްޒަރުގެ ފެށުމެވެ. ވިލާ ހައި ސްކޫލްގެ ފުރަތަމަ އަހަރު އެންމެ އެދެވޭ ކުޅުމެއް ނުދެއްކުނަސް ދެވަނަ އަހަރު އޭނާގެ ކުޅުމުން ތަފާތެއް ފެނުނެވެ. ވިލާ ޓީމަށް އޭރު ކޯޗުކޮށްދިން އަހުމަދު އިފްސާހް (އިއްޗު) އާއި އަހުމަދު އަލީ މުސްތޮފާ (ބޮމްބޭ) ގެ ކޯޗު ކަމުގައި އަމްޒަރު ކުރިއެރުންތަކެއް ހޯދި އެވެ.
"އަޅުގަނޑުގެ ކުޅުން ފެނުނީ އިއްޗު އަށް. އިއްޗު ބުނި މިއީ އަޅުގަނޑަށް ވާވަރުގެ ކަމެކޭ. ބާސްކެޓްގެ ތެރޭ އުޅޭ މީހަކު އެހެން ބުނީމަ ވަރަށް ބޮޑު ހިތްވަރެއް ލިބުނު،" އަމްޒަރު ބުންޏެވެ.
"އަސްލު ވީގޮތަކީ ޕްރެކްޓިހުގައި ބޮޑެތި މީހުން ކުޅޭ ސްޓައިލްގެ ޓްރިކްތަކާއި މޫވްތައް ހަދަން ފެށީމަ އިއްޗު ބުނި ތީކޮންތާކުން ދަސް ކުރި އެއްޗެއްހޭ. ކީއްވެހޭ މެޗުތަކުގައި ތިގޮތަށް ނުކުޅެނީ. އަޅުގަނޑު އެ އެއްޗިހި ދަސްކުރީ ޔޫޓިއުބް ބަލައިގެން. އިއްޗު އެގޮތަށް ޕުޝް ކުރީމަ ނުކުމެވުނީ."
ވިލާ ހައި ސްކޫލް ޓީމުގައި ދެވަނަ އަހަރު ދެއްކި ކުޅުމާ އެކު އޭރު ފުރަތަމަ ޑިވިޝަންގައި ވާދަކުރި ހަރިކޭން ބާސްކެޓްބޯޅަ ކްލަބުން އަމްޒަރު އަށް ފުރުސަތު ލިބުނެވެ. އެކަމަކު އޭރު ސީނިއާ ކުޅުންތެރިންގެ ތެރެއިން ފުރުސަތު ނުލިބުމުން ދެވަނަ ޑިވިިޝަނަށް އޭނާ ބަދަލުވި އެވެ. ގަވާއިދުން ކުޅެން ފެށުމުން އޭނާގެ ކުޅުމަށް ކުރިއެެރުން އައެވެ.
"ފުރަތަމަ ގައުމީ ޓީމަށް ދިޔައީމަ ވެސް ސީނިއާ މީހުން ތިބީމަ ގައުމީ ޓީމަކުން ވެސް ޖާގައެއް ނުލިބޭ. ބީޕް ޓެސްޓް ހަދައިގެން އެންމެ ބޮޑު ކުރިއެރުމެއް ހޯދިޔަސް ބީޕް ޓެސްޓުން ދަށަށްދާ މީހުންނަށް ފުރުސަތު ލިބޭ އިރު ވެސް އަޅުގަނޑަށް ފުރުސަތެއް ނުލިބުނު އެކްސްޕީރިއަންސް ނެތުމުން،" އަމްޒަރު ބުންޏެވެ.
އަމްޒަރު
އޭނާގެ ކެރިއާ ބިނާ ކުރަން އަމްޒަރު ގިނަ މަސައްކަތްތަކެއް ކުރި އެވެ. ފުރަތަމަ ކުޅެން ފެށިއިރު ފަލަކޮށް ހުރުމުން އޭނާ ބާކީވާން ޖެހުނެވެ. އެކަމަކު ފަހުން ހަށިގަނޑު ފިޓް ކުރަން އޭނާ ވަނީ ޖިމް އަށެވެ. އަމިއްލަ އަށް ފިޓްނަސް ޕްރޮގްރާމެއް ފެށި އެވެ. ތަފާތު ފެންނަން ފެށި އެވެ.
އެންމެ ފަހުން ބޭއްވި އެމްބީއޭ ޗެމްޕިއަންޝިޕްގެ އެންމެ މޮޅު ކުޅުންތެެރިޔާގެ މަގާމު ހޯދި އެވެ. މިހާރު ކުރިއަށްދާ ގައުމީ ބާސްކެޓް ލީގުގައި ކިންގްސްގެ ލޯކަލް ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅަށް ކުޅޭ ކުޅުންތެރިންގެ ތެރޭގައި އަމްޒަރު ހިމެނެ އެވެ. އޭނާ ބުނިގޮތުގައި އޭނާގެ އެންމެ ބޮޑު ހިތްވަރަކީ މަންމަ އެވެ. އޭރު ކުޅުން ހުއްޓާލަން އުޅުމުން އެ ވިސްނުން ބަދަލު ކުރުމަށް ވެސް އެންމެ ބޮޑަށް ބާރު އެޅީ މަންމަ ކަމަށް އަމްޒަރު ބުންޏެވެ.
"އޭރު ކުޅުން ހުއްޓާލަން އުޅެފައި އެކަން ނުކުރެވުނީމަ މިހާރު ހިތަށް އަރާ އެއީ ނިންމުނު އެންމެ ރަނގަޅު ނިންމުމޭ،" ރާއްޖޭގައި ކުޅޭ ބާސްކެޓް ކޮންމެ މުބާރާތެއްގައި ކަހަލަ ގޮތަކަށް ގަދަ ފަހެއްގައި ހިމެނޭ އަމްޒަރު ބުންޏެވެ.
"މިހާރު ޒިލާ (މުހައްމަދު ޒިލާ) ކަހަލަ އައިޑޮލްއަކާ އެކު މަސައްކަތްކޮށް ކާމިޔާބު ހޯދަން ފުރުސަތު ލިބޭތީ ހަގީގަތުގައި ވެސް ވަރަށް ބޮޑު ހިތްހަމަ ޖެހުމަކަށްވޭ،" އަމްޒަރު ބުންޏެވެ.
އަނެއްކާ ވެސް ކިންގްސް އާއި ޓީރެކްސްގެ ފައިނަލެއް
ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް އަށް
ކިންގްސް ހުއްޓުވައި ގައުމީ ޗެމްޕިއަންކަން ޓީރެކްސް އަށް
ހުނަރާއި ފެންވަރު އެބަހުރި، ބޭނުންވަނީ ވަސީލަތް: ގުރޭ
ކިންގްސްގެ ރަސްކަން ނިންމުމަކަށްގެނެސް ޓީރެކްސްއަށް ތާޖު
ޒުވާން ސްކޮޑަކާ އެކު ކިންގްސް ޗައިނާގެ މުބާރާތަކަށް
ބަންގްލަދޭޝްއިން ރާއްޖޭގެ މައްޗަށް ކުރި ހޯދައިފި
ޒިލާ އާއެކު ބާސްކެޓްބޯޅަ ޓީމް އިންޑިއާގައި ފަރިތަކުރަނީ
ކިންގްސްގެ ދެ ކުޅުންތެރިން ޓްރޭނިން އަށް ދުބާއީ އަށް
ޒިލާގެ ކޯޗުކަމުން ކިންގްސްއަށް ތަށި، ހާއްސަ ކާމިޔާބެއް