15 ޖޫން 2023
ރާއްޖޭގައި އިއްޔެ ފެށި ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުގައި މިރޭ ދިވެހި ޓީމުގެ މައްޗަށް ބަންގްލަދޭޝްއިން 10 ޕޮއިންޓްގެ ލީޑާކާ އެކު ކާމިޔާބު ހޯދައިފި އެވެ.
ރާއްޖޭގައި އިއްޔެ ފެށި ފައިވް ނޭޝަން ބާސްކެޓްބޯޅަ މުބާރާތުގައި މިރޭ ދިވެހި ޓީމުގެ މައްޗަށް ބަންގްލަދޭޝްއިން 10 ޕޮއިންޓްގެ ލީޑާކާ އެކު ކާމިޔާބު ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ކުޅުނު މެޗު ބަންގްލަދޭޝްއިން ކާމިޔާބު ކުރީ 52-42 އެވެ. މެޗަށް ފަހު ބަންގްލަދޭޝްގެ ކޯޗު ބުނީ ބަންގްލަދޭޝް އަކީ އަބަދުހެން ކަހަލަ ގޮތަކަށް ރާއްޖޭގެ މައްޗަށް ކުރި ހޯދާ ގައުމެއް ކަމަށާއި އެހެންވެ ރާއްޖެ އާ ދެކޮޅަށް ކުޅެންވީގޮތް އޭނާ އަށް އެނގޭ ކަމަށެވެ.
މުބާރާތަށް ރާއްޖެއިން ތައްޔާރުވި ގޮތް ވެސް ބަންގްލަދޭޝްގެ ޓީމުން މައުލޫމާތު އެއް ކުރި ަކަމށް އޭނާ ބުންޏެވެ. ރާއްޖެއިން ވަނީ މުބާރާތަށް ތައްޔާރުވާން އިންޑިއާގެ ބަންގަލޫރުގައި 10 ދުވަހުގެ ޓްރޭނިން ކޭމްޕެއް ކުރިއަށް ގެންގޮސްފަ އެވެ.
ރާއްޖޭގައި ކުރިއަށްދާ ފައިވް ނޭޝަން އިންޓަނޭޝަނަލް މުބާރާތުގައި ރާއްޖެ އާއި ބަންގަލަދޭޝް މިއަދު ކުޅުނު މެޗުގެ ތެރެއިން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
މިރޭގެ މެޗުގެ ހުރިހާ ކުއާޓާއެއްގައި ވެސް ބަންގްލަދޭޝްއިން ރާއްޖޭގެ މައްޗަށް ލީޑް ކުރި އެވެ. ފުރަތަމަ ދެ ކުއާޓާގައި ރާއްޖޭން ވަރަށް ގާތުން ބަންގަލަދޭޝާ ވާދަކުރި އެވެ. ފުރަތަމަ ކުއާޓަގައި ބަންގްލަދޭޝްއިން ހޯދީ 13 ޕޮއިންޓެވެ. ރާއްޖެ އަށް 12 ޕޮއިންޓެވެ. ދެވަނަ ކުއާޓާ ވެސް ނިމުނީ އެންމެ ޕޮއިންޓެއްގެ ފަރަގަކުން ބަންގްލަދޭޝް ކުރީގައި އޮވެގެންނެވެ.
ފަރަގު ބޮޑު ކުރީ ފަހު ދެ ކުއާޓާގަ އެވެ. ރާއްޖެ އަށް ގިނަ ފައުލްތަކެއް ކުރެވި ބަންގްލަދޭޝް އަށް ފްރީތުރޯ ތަކެއް ލިބި ގިނަ ޕޮއިންޓްތަކެއް ހޯދުމުގެ ފުރުސަތު ލިބުނެވެ. މުޅި މެޗުގައި ވެސް ދިވެހި ޓީމަށް ކުރިމަތިވި މައްސަލައަކީ ލިބުނު ފުރީތުރޯތައް އެންމެ އެކަށީގެންވާ ގޮތުގައި ބޭނުން ނުކުރެވުމެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި، ބޫޓާނުން ވަނީ ނޭޕާލްގެ މައްޗަށް ހަ ޕޮއިންޓްގެ ލިޑަކުން ކުރި ހޯދައިފަ އެވެ. ބުޓާނުން މެޗު ކާމިޔާބު ކުރީ 61-55 ންނެވެ.
ރާއްޖޭ ކުޅޭ ގޭމް ވެސް ބަންގްލަދޭޝްއިން ދަސްކުރި
ބަންގްލަދޭޝް ބަލިކޮށް ފުޓްބޯޅައަށް އުއްމީދެއް
ހާލަތުގެގޮތުން ކުރީގެމެޗުން ބަލިވެގެން ދެރަނުވޭ: ސުޒޭން
ގާމެންޓްއެކްސްޕޯޓުކުރުމުން ކޮންޓެއިނަރުގެ އަދަދު މައްޗަށް
ރާއްޖެ މެދުވެރިކޮށް ގާމެންޓު އެކްސްޕޯޓު ކުރަން ފަށައިފި
ހުނަރާއި ފެންވަރު އެބަހުރި، ބޭނުންވަނީ ވަސީލަތް: ގުރޭ
ބަންގްލަދޭޝްގައި ޑޮކްޓަރުން މުޒާހަރާކުރަނީ
ބަންގްލަދޭޝްގައި ދިވެހި ދެ ޑޮކްޓަރަކަށް ހަމަލާދީފި
ބުޅާ މަހުން ކާތަކެތި ތައްޔާރުކުރާ ބިދޭސީއަކު ހޯދަނީ
ޔޫނުސްއަށް ރައީސް މަރުހަބާ ވިދާޅުވެއްޖެ