17 ޑިސެމްބަރ 2018
ތިން ވަނަ ސެމީ ފައިނަލުގައި ރޭ ސްޓިންގާސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް މާދަމާރޭ އޮންނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކިންގްސް ބާސްކެޓްބޯލް ކްލަބުން ހޯދައިފި އެވެ.
ތިން ވަނަ ސެމީ ފައިނަލުގައި ރޭ ސްޓިންގާސް ބާސްކެޓްބޯލް ކްލަބް ބަލިކޮށް މާދަމާރޭ އޮންނަ ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލުގެ ފަހު ޖާގަ ކިންގްސް ބާސްކެޓްބޯލް ކްލަބުން ހޯދައިފި އެވެ.
ފައިނަލުގައި ކިންގްސް ނުކުންނާނީ އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް ބާސްކެޓްބޯލް ކްލަބާ ދެކޮޅަށެވެ.
ބާސްކެޓްގައި މިހާރު އޮތް އެންމެ ދެ ވާދަވެރި ކްލަބް ކަމަށްވާ ޓީރެކްސް އާއި ކިންގްސް އިން އެންމެ ފަހުން ބައްދަލުކުރި މެޗުތައް ނިމުނީ ޓީރެކްސް ކޮޅަށެވެ. މިދިޔަ އަހަރުގެ ގައުމީ ލީގަށް ފަހު ކުޅުނު ހުރިހާ މުބާރާތެއްގައި ކުރިހޯދީ ޓީރެކްސް އެވެ.
މި ފަހަރުގެ ގައުމީ ލީގުގެ ފުރަތަމަ ބުރުގައި ކިންގްސް އަތުން ޓީރެކްސް ބަލިވި ނަމަވެސް ދެ ވަނަ ބުރުގައި ކިންގްސް ބަލިކޮށް ޓީރެކްސް ވަނީ މިދިޔަ ހަފްތާގައި ގައުމީ ލީގު އުފުލާލައިފަ އެވެ. އޭގެ ތިން ދުވަސް ފަހުން ގައުމީ މުބާރާތުގެ ފުރަތަމަ ސެމީގައި ޓީރެކްސް އިން ވަނީ ފޯރިގަދަ ކުޅުމަކަށް ފަހު ކިންގްސް ބަލިކޮށް ފައިނަލަށް ދަތުރުކޮށްފަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗުން ސްޓިންގާސްގެ މައްޗަށް ކިންގްސް އިން ކުރިހޯދީ 57-96 އިންނެވެ. މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ކިންގްސްގެ ބިދޭސީ ކުޅުންތެރިއާ ބައުޓޯ މަގް-އިސާ އެޑްޒެލް އެވެ. އޭނާ ވަނީ އެ ޓީމަށް 25 ޕޮއިންޓް އެއްކޮށްދީފަ އެވެ.
މެޗުގެ ފުރަތަމަ ކުއާޓަރުގައި ފެނުނީ ދާދި ހަމަހަމަ ކުޅުމެކެވެ. ނަތީޖާ އަކަށްވީ މި ކުއާޓަރު ނިމުނުއިރު ދެ ޓީމު 18-18 އިން އެއްވަރުވެފައި އޮތުމެވެ. އެކަމަކު މަންޒަރު ބަދަލުވީ ދެ ވަނަ ކުއާޓަރުގައި ކިންގްސް އިން ތަފާތު ބޮޑުކުރި ހިސާބުންނެވެ. މި ކުއާޓަރު ނިމުނީ 22-41 އިން ކިންގްސް ކުރީގައި އޮވެގެންނެވެ. ތިން ވަނަ ކުއާޓަރުގައި ސްޓިންގާސް އިން ކުޅުން ރަނގަޅުކުރި ނަމަވެސް ކިންގްސް އިން އެ ޓީމުގެ ފޯމު ދެމެހެއްޓި އެވެ. އެ ޓީމަށް ކުޅޭ ބިދޭސީ ކުޅުންތެރިއާ މައިކަލް ފޭ މި މެޗުގައި ވެސް މޮޅު ކުޅުމެއް ދެއްކި އެވެ.
ފަހު ކުއާޓާރުގައި ސްޓިންގާސް އަށް މާ ބޮޑު ކަމެއް ނުކުރެވިދިޔައިރު، ކިންގްސް އިން ވަނީ ރަނގަޅު ކުޅުމަކާ އެކު މި ކުއާޓަރު ވެސް ނިންމާލައިފަ އެވެ. މި މެޗުގައި ވެސް ސްޓިންގާސްގެ ސްލޮވާކިއާ ކުޅުންތެރިއާ ރިލްވާން ބަކާރޭ މޮޅު ކުޅުމެއް ދެއްކި އެވެ. އޭނާ ވަނީ އެ ޓީމަށް 23 ޕޮއިންޓް ހަމަކޮށްދީފަ އެވެ.
ޓީރެކްސްގެ ކޯޗަކީ އިލްޔާސް އިބްރާހިމް (އިއްލެ) އެވެ. އޭނާގެ އިރުޝާދުގެ ދަށުން ޓީރެކްސް އިން ވަނީ މި ފަހަރުގެ ދެ މުބާރާތް ކާމިޔާބުކޮށްފަ އެވެ. ގައުމީ ތަށި ޓީރެކްސް އަށް ލިބިއްޖެނަމަ އެ ޓީމުން ސީޒަން ނިންމާލާނީ ފުރިހަމަ ކާމިޔާބީއަކާ އެކު އެވެ.
މާދަމާ ހަވީރު ކުޅޭ އަންހެން ޑިވިޝަނުގެ ފައިނަލުގައި ބައްދަލުކުރާނީ ގައުމީ ލީގުގެ ޗެމްޕިއަން ސައިކްލޯން އާއި ޖިބިއްލީ ސްޕޯޓްސް ކްލަބް އެވެ. ފިރިހެން ޑިވިޝަނުގެ ފައިނަލުގައި ޓީރެކްސް އާއި ކިންގްސް ކުޅޭ މެޗު އޮންނާނީ މާދަމާރޭ އެވެ.
ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް އަށް
ކިންގްސް ހުއްޓުވައި ގައުމީ ޗެމްޕިއަންކަން ޓީރެކްސް އަށް
ކިންގްސްގެ ރަސްކަން ނިންމުމަކަށްގެނެސް ޓީރެކްސްއަށް ތާޖު
ނުކުޅެވޭނެ ކަމަށްބުނެ ބާކީކޮށްލި އަމްޒަރު އެންމެ އުހަށް
އުނދަގޫ ނިންމުމެއް ނިންމައި ޗިކު ކިންގްސް އަށް
ބާސްކެޓްބޯޅަ: ކިންގްސް އާއި ކުއީންސް ފައިނަލަށް
ޓީރެކްސް ހުއްޓުވައި ކިންގްސް ގައުމީ ތަށި އުފުލާލައިފި
ފައިނަލުގައި ކިންގްސް ބަލިކުރެވޭނެ: ޓީރެކްސް
ގައުމީ ފިރިހެން ބާސްކެޓްބޯޅަ ތަށި ޓީރެކްސް އަށް
ޒުވާން ސްކޮޑަކާ އެކު ކިންގްސް ޗައިނާގެ މުބާރާތަކަށް