21 ފެބުރުއަރީ 2020
ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް ބާސްކެޓްބޯލް ކްލަބް އަތުން 71-77 އިން ބަލިވި ނަމަވެސް ކިންގްސް ބާސްކެޓްބޯލް ކްލަބުން 14 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ތަށި އުފުލާލައިފި އެވެ.
ފަހު މެޗުގައި އެންމެ ފަހުގެ ޗެމްޕިއަން ޓީރެކްސް ބާސްކެޓްބޯލް ކްލަބް އަތުން 71-77 އިން ބަލިވި ނަމަވެސް ކިންގްސް ބާސްކެޓްބޯލް ކްލަބުން 14 ވަނަ ގައުމީ ބާސްކެޓްބޯޅަ ލީގުގެ ތަށި އުފުލާލައިފި އެވެ.
ރޭގެ މެޗުން ޓީރެކްސް މޮޅުވި ނަމަވެސް އެ ޓީމަށް ލީގު ޗެމްޕިއަންކަން ނުލިބުނީ ޖުމްލަ ޕޮއިންޓު އެއްވަރުވެ ސްކޯގެ ތަފާތުންނެވެ. ފުރަތަމަ ބުރުގައި ކިންގްސް އަތުން ބަލިވެފައިވުމުން ޓީރެކްސް އަށް ލީގު ޗެމްޕިއަންކަން ލިބެން އޮތީ ރޭގެ މެޗުން 10 ޕޮއިންޓުގެ ފަރަގަކުން މޮޅުވެގެންނެވެ. އެކަމަކު ޓީރެކްސް އަށް އެ ވަރުގެ ތަފާތަކުން މޮޅެއް ނުހޯދުމުން ކިންގްސް އަށް ޗެމްޕިއަންކަން ލިބުނީ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެކޯޓުގައި ކުޅުނު މެޗުގެ ފުރަތަމަ ތިން ކުއާޓާގައި ވެސް މޮޅަށް ކުޅުނީ ޓީރެކްސް އިންނެވެ. އެ ޓީމުން މެޗުގެ ކޮންޓްރޯލް ނަގައިގެން ކުޅެ އެ ވަގުުތުގައި ކިންގްސް އަށް ރަނގަޅު ކުޅުމެއް ދައްކަން މާ ބޮޑު ފުރުސަތެއް ނުދެ އެވެ. އެ ގޮތުން ތިން ވަނަ ކުއާޓާ ނިމުނުއިރު ޓީރެކްސް އޮތީ 53-69 ގެ ލީޑެއްގަ އެވެ. އެކަމަކު ފަހު ކުއާޓާގައި ކިންގްސް އިން ހިތްވަރު ދައްކައި މުހިއްމު ޕޮއިންޓުތަކެއް އެއްކުރި އެވެ. ނަތީޖާއަކަށްވީ ފަހު ކުއާޓާގައި ކިންގްސް އިން އެއްކުރި 18 ޕޮއިންޓާ އެކު ޓީރެކްސްގެ ލީޑުކުޑަވެގެންދިއުމުންނެވެ.
މުޅި މެޗަށް ބަލާއިރު ވެސް ޓީރެކްސް އަށް އެންމެ ދަށްކޮށްދިޔައި ފަހު ކުއާޓާ އެވެ. އެ ޓީމަށް މި ކުއާޓާގައި އެއްކުރެވުނީ އަށް ޕޮއިންޓެވެ. މި މެޗުގައި ކިންގްސް އަށް އެންމެ ރަނގަޅު ކުޅުމެއް ދެއްކީ އެ ޓީމަށް 17 ޕޮއިންޓް އެއްކޮށްދިން ގައުމީ ޓީމުގެ ކުޅުންތެރިޔާ ފިރާޝް އަހުމަދު އެވެ.
މުބާރާތުގައި އިއްޔެ ހަވީރު ކުޅުނު މެޗުން ރެޑްވިންގްސް ބާސްކެޓްބޯލް ކްލަބުން ވަނީ 93-73 އިން ސްޓިންގާސް ބާސްކެޓްބޯލް ކްލަބް ބަލިކޮށްފަ އެވެ. މުބާރާތުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ އެލީޓް ސްޕޯޓްސް ކްލަބް ބަލިކުރުމަށް ފަހު ކުއީންސް ބާސްކެޓްބޯލް ކްލަބް އެވެ.
ޓީރެކްސް އިން 2018 ވަނަ އަހަރުގެ ލީގު ޗެމްޕިއަންކަން ހޯދީ އެ ފަހަރު ކިންގްސް ފަހަތަށް ޖައްސާލައިފަ އެވެ. އެހެން ނަމަވެސް ގައުމީ މުބާރާތުގައި ޓީރެކްސްގެ ކިބައިން ކިންގްސް އިން ވަނީ ބަދަލުހިފައިފަ އެވެ. މި ފަހަރުގެ ގައުމީ މުބާރާތުގެ ޗެމްޕިއަން ކަމަށް ވެސް ވާދަކުރާނީ މި ދެ ޓީމުންނެވެ.
ކިންގްސްގެ ރަސްކަން ނިންމުމަކަށްގެނެސް ޓީރެކްސްއަށް ތާޖު
ކިންގްސް ބަލިކޮށް ޓީރެކްސް ގައުމީ ލީގު ކާމިޔާބުކޮށްފި
ޓީރެކްސް އާއި ރެޑްވިންގްސް ފެށުން ރަނގަޅުކޮށްފި
އުނދަގޫ ނިންމުމެއް ނިންމައި ޗިކު ކިންގްސް އަށް
ބާސްކެޓްބޯޅަ: ކިންގްސް އާއި ކުއީންސް ފައިނަލަށް
ސެމީގައި ޓީރެކްސް އާއި ކިންގްސްގެ ކުރިމަތިލުމެއް
ޓީރެކްސް ހުއްޓުވައި ކިންގްސް ގައުމީ ތަށި އުފުލާލައިފި
އަނެއްކާ ވެސް ކިންގްސް އާއި ޓީރެކްސްގެ ފައިނަލެއް
ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް އަށް
ފުރަތަމަ ބުރުގެ އެއް ވަނަ ކިންގްސް އަށް