23 ފެބުރުއަރީ 2022
މިހާރު ކުރިއަށްދާ ގައުމީ ބާސްކެޓްބޯޅަ ލީގުގައި އިއްޔެ ހަވީރު ކިންގްސް ބާސްކެޓްބޯޅަ ކްލަބާއި ޓީރެކްސް ބައްދަލު ކުރި މެޗުގައި ޓީރެކްސްގެ ކެޕްޓަން ހުސައިން ހަލީމް (ޗިކަނޭ) އަށް އަނިޔާވެ، އޭނާގެ ކަރު ކަށިގަނޑުގައި ރެނދު ލައިފި އެވެ.
މިހާރު ކުރިއަށްދާ ގައުމީ ބާސްކެޓްބޯޅަ ލީގުގައި އިއްޔެ ހަވީރު ކިންގްސް ބާސްކެޓްބޯޅަ ކްލަބާއި ޓީރެކްސް ބައްދަލު ކުރި މެޗުގައި ޓީރެކްސްގެ ކެޕްޓަން ހުސައިން ހަލީމް (ޗިކަނޭ) އަށް އަނިޔާވެ، އޭނާގެ ކަރު ކަށިގަނޑުގައި ރެނދު ލައިފި އެވެ.
ސޯޝަލް ސެންޓަރުގައި ކުޅުނު މެޗުގައި ޗިކަނޭ އަށް އަނިޔާވީ ކިންގްސްގެ އެމެރިކާ ކުޅުންތެރިޔާ ޑެކޮރޭ އާރޮން ޖޯންސްއާ އެކުގައި ބޯޅަ އަށް މަސައްކަތް ކުރުމުގެ ތެރޭގައި ޗިކަނޭގެ ގައިމައްޗަށް ޑެކޮރޭ ވެއްޓުމުންނެވެ.
ޗިކަނޭގެ މޫނު މައްޗަށްވާ ގޮތަށް ޑެކޮރޭ ވެއްޓުމުން އޭނާގެ ހެއަށް ގޮތްވި އެވެ. މަންޒަރު ގާތުން ފެނުނު އޮފިޝަލަކު ބުނިގޮތުގައި ޗިކަނޭ އަށް ނޭވާލާން ދަތިވެ ހަ މިނިޓްވަރު ހޭދަވި އެވެ. ދެ ޓީމުގެ އޮފިޝަލުންނާ އަދި މެޗު ބަލަން ހާޒިރުވެ ތިބި މީހުންގެ އެހީތެރިކަމާ އެކު އެމްބިއުލައިންސްގައި އޭނާ ވަގުތުން ހޮސްޕިޓަލަށް ގެންދިޔަ އެވެ. ހޮސްޕިޓަލްގައި ފަރުވާ ދިނުމަށް ފަހު ރޭ ވަނީ ޓެސްޓްތައް ހައްދައިފަ އެވެ.
"ޓެސްޓްތައް ހެއްދީމަ އެނގުނީ ޗިކަނޭގެ ކަރު ކަށިގަނޑު ފްރެކްޗާވެފައި ހުރިކަން. ކަށިގަނޑުގެ އެކިތަންތަނުން ހުރީ ރެނދުލާފައި،" ޓީރެކްސްގެ ހެޑް ކޯޗު އަލީ ފަޒްލީ (އޮލިމްޕިކް) ބުންޏެވެ.
ފަޒްލީ ބުނި ގޮތުގައި ކަށިގަނޑުގައި ލީ ރެނދުތައް ރަނގަޅުވާން ތިން މަސް ހޭދަވާނެ އެވެ. އެކަމަކު މުޅިން އެއްކޮށް ރިކަވާ ވެގެން އަލުން ކުޅުމުގެ ތެރެއަށް ނުކުންނަން އަހަރެއްހާ ދުވަސް ހޭދަވާނެ ކަމަށް ބެލެވެ އެވެ.
އެމްބީއޭގެ ރައީސް އަހްމަދު އާދަމް ކުރި ޕޯސްޓް
ޗިކަނޭ އަށް އެހީވުމަށް ދެ ޓީމުގެ ކުޅުންތެރިންނާއި ބާސްކެޓްބޯޅަ އާއިލާއިން ދެއްކި ނަމޫނާ އަށް، އެމްބީއޭގެ ރައީސް އަހްމަދު އާދަމް ވަނީ ތައުރީފް ކުރައްވައިފަ އެވެ. އާދަމް ރޭ ސޯޝަލް މީޑީއާގައި ކުރި ޕޯސްޓެއްގައި ލިޔެފައިވާ ގޮތުގައި ޗިކަނޭ އަށް އަނިޔާވި ހިސާބުން ވާދަވެރި އެ މެޗުގެ ވާދަވެރިކަން އެހާ ހިސާބުން މަޑުޖައްސާލި އެވެ.
"ޗިކަނޭގެ ސްޓްރެޗާގައި ހިފައިގެން ތިބީ މުޅި ބާސްކެޓް އާއިލާއެވެ." ސޯޝަލް މީޑިއާގައި އާދަމް ލިޔެފައިވެ އެވެ.
އެހެން ކުޅިވަރުތަކުގެ އިސްވެރިން ވެސް ވަނީ ޗިކަނޭ އަށް ހެޔޮ އެދުންތައް ފޮނުވައިފަ އެވެ. ވީއޭއެމްގެ ރައީސް މުހައްމަދު ރަނޭޝް، ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އަނިޔާއިން ރަނގަޅުވެގެން ޗިކަނޭ އެނބުރި ގަދަކޮށް އަންނާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ.
ކިންގްސް އިން މެޗު ކާމިޔާބު ކުރީ 82-79 ޕޮއިންޓްއިންނެވެ. މިދިޔަ ދެ އަހަރުގެ ޗެމްޕިއަން ކިންގްސް އިން ވަނީ މުބާރާތް މިލުކު ކުރަން ވަރުގަދަ ޓީމެއް މި އަހަރު އެކުލަވައިލައިފަ އެވެ.
ކިންގްސްގެ ކެޕްޓަން ފިރާ ވެސް ވާދަވެރި ޓީރެކްސް އަށް
ކިންގްސްގެ އަަންޓޭ އާއި ހުވޭ ވާދަވެރި ޓީރެކްސް އަށް
ޓީރެކްސް އާއި ކިންގްސް ފައިނަލަށް
އެމްބީއޭ ކަޕުގެ ޗެމްޕިއަންކަން ޓީރެކްސް ހޯދައިފި
ގައުމީ މުބާރާތް ވެސް ޓީރެކްސް އާއި ކުއީންސް އަށް
ކިންގްސްގެ ރަސްކަން ނިންމުމަކަށްގެނެސް ޓީރެކްސްއަށް ތާޖު
ޒުވާން ސްކޮޑަކާ އެކު ކިންގްސް ޗައިނާގެ މުބާރާތަކަށް
ކިންގްސްގެ ދެ ކުޅުންތެރިން ޓްރޭނިން އަށް ދުބާއީ އަށް
ޒިލާގެ ކޯޗުކަމުން ކިންގްސްއަށް ތަށި، ހާއްސަ ކާމިޔާބެއް
ސްޓިންގާސްގެ ބޮމްބެ ވެސް ކިންގްސް އަށް ސޮއިކޮށްފި