28 ފެބުރުއަރީ 2020
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ރޭ އެލީޓް ސްޕޯޓްސް ކްލަބް 73-35 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކުއީންސް ބާސްކެޓްބޯލް ކްލަބުން ހޯދައިފި އެވެ.
ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ އަންހެން ޑިވިޝަނުގެ ފައިނަލް މެޗުގައި ރޭ އެލީޓް ސްޕޯޓްސް ކްލަބް 73-35 އިން ބަލިކޮށް މުބާރާތުގެ ޗެމްޕިއަންކަން ކުއީންސް ބާސްކެޓްބޯލް ކްލަބުން ހޯދައިފި އެވެ.
މި ފަހަރުގެ އަންހެން ޑިވިޝަނުގެ ލީގު ޗެމްޕިއަންކަން ހޯދީ ވެސް ކުއީންސް އެވެ. އެ މުބާރާތުގައި ވެސް ކުއީންސްއާ އެންމެ ގާތުން ވާދަކުރީ އެލީޓް އެވެ. ގައުމީ ތަށްޓާ އެކު ކުއީންސް އަށް މި ވަނީ މި ފަހަރުގެ ދެ މުބާރާތުގައި ފުރިިހަމަ ކާމިޔާބެއް ލިބިފަ އެވެ.
ޒުވާނުންގެ މަރުކަޒު އެތެރެ ކޯޓުގައި ރޭ ކުޅުނު މެޗު ފަށައިގެން ކުއީންސް އިން މެޗުގެ ކޮންޓްރޯލް ނެގި އެވެ. ތަޖުރިބާކާރު ކުޅުންތެރިންނާ އެކު އޮތް ކުއީންސް ޓީމުން އެލީޓަށް އެއްވެސް ފުރުސަތެއް ނުދީ މެޗުގެ ފުރަތަމަ ކުއާޓާގައި ބޮޑު ލީޑެއްނެގި އެވެ އެ ޓީމުން ފުރަތަމަ ކުއާޓަ ނިންމާލީ 28-05 ގެ ބޮޑު ލީޑަކާ އެކު އެވެ.
ފުރަތަމަ ކުއާޓާގައި އެ ވަރުގެ ލީޑެއް ލިބުމުން ދެން ކުޅުނު ދެ ކުއާޓާގައި ކުއީންސް އަށް ހަމަޖެހިލައިގެން ކުޅެލަން ލިބުމުގެ ފުރުސަތުގެ ބޭނުން އެ ޓީމުން ރަނގަޅަށް ހިފި އެވެ. ތިން ވަނަ ކުއާޓާ ނިމުނުއިރު، ކުއީންސް ލީޑުގައި އޮތީ 52-19 އިންނެވެ. މުޅި މެޗަށް ބަލާއިރު ވެސް އެލީޓްގެ ފަރާތުން އެންމެ ރަނގަޅު ސްކޯ އެއް ފެނުނީ ފަހު ކުއާޓާގަ އެވެ. އެކަމަކު އޭރު ކުއީންސް ރަނގަޅު ލީޑެއްގައި އޮވެ މެޗުން މޮޅުވީ އެވެ.
ކުއީންސް އަށް މި މެޗުގައި އެންމެ މޮޅު ކުޅުމެއް ދެއްކީ 19 ޕޮއިންޓް އެއްކުރި އިސްރާއު އަބްދުލް ޝުކޫރު (އިއްކޮ) އާއި 18 ޕޮއިންޓް ހޯދި ހައުމާ އުބައިދުﷲ (ހައު) އަދި 17 ޕޮއިންޓް އެއްކުރި ޓީމުގެ ކެޕްޓަން ފާތިމަތު ރިޝްމާ (ރިޝްޓޯ) އެވެ.
މުބާރާތުގެ މޮޅު ކުޅުންތެރިޔަކަށް ހޮވިފައިވަނީ ޒުވާން ގިނަ ކުޅުންތެރިންތަކެއް ގޮވައިގެން ލީޑުކޮށް ރަނގަޅު ކުޅުމެއް ދެއްކި އެލީޓް ޓީމުގެ ތަޖުރިބާކާރު ކުޅުންތެރިޔާ އައިމިނަތު ޝިއުރާ އަބްދުލް ބާރީ އެވެ. އެންމެ އުއްމީދީ ކުޅުންތެރިއަކީ ކުއީންސްގެ ޒުވާން ކުޅުންތެރިޔާ ފާތިމަތު ޝައިލާން އަފްޒަލް އެވެ.
މި ފަހަރުގެ ފިރިހެން ޑިވިޝަނުގެ ގައުމީ ލީގާއި ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކިންގްސް އެވެ. އެ ޓީމާ އެންމެ ގާތުން ދެ މުބާރާތަށް ވާދަކުރީ ވެސް ޓީރެކްސް ބާސްކެޓްބޯލް ކްލަބް އެވެ.
ގައުމީ މުބާރާތް ވެސް ޓީރެކްސް އާއި ކުއީންސް އަށް
ފައިނަލްގައި ޓީރެކްސް-ކިންގްސް އަދި ކުއީންސް-އެލީޓް
ރެޑްލައިން ބަލިކޮށް ބައުސް ގައުމީ ފައިނަލަށް
ގައުމީ ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް އަށް
ގައުމީ އަންހެން ބާސްކެޓްބޯޅަ ތަށި ސައިކްލޯން އަށް
އަންރޭންކްޑް އިން އެމެރިކާގައި އަމާޒަށް ވާސިލުވެއްޖެ
އެމްބީއޭގެ ނިންމުންތަކަށް ޖީއެސް ނުފޫޒު ފޯރުވާ މައްސަލަ
ހާފްކޯޓް ވޯލްޑް ފައިނަލްސްއަށް އަންރޭންކްޑް ނިއުޔޯކުގައި
އާއިލީ ކުޅިވަރު މިހާރު ދިރުވަނީ ޒައިދާން
ހުނަރާއި ފެންވަރު އެބަހުރި، ބޭނުންވަނީ ވަސީލަތް: ގުރޭ