ޓައިޓަންސް ބާސްކެޓް އެކެޑެމީ އާއި ދިރާގު ގުޅިގެން ބާއްވާ ބާސްކެޓް ޓޯނަމަންޓު، "ދިރާގު 3 އޮން 3 ޗެލެންޖު" ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
24 މާޗް 2025
ޓައިޓަންސް ބާސްކެޓް އެކެޑެމީ އާއި ދިރާގު ގުޅިގެން ބާއްވާ ބާސްކެޓް ޓޯނަމަންޓު، "ދިރާގު 3 އޮން 3 ޗެލެންޖު" ކާމިޔާބުކަމާ އެކު ނިންމާލައިފި އެވެ.
އެ ޓޯނަމަންޓަކީ ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މި މަހުގެ 13 ވަނަ ދުވަހުން 19 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށް ގެންދިޔަ މުބާރާތެކެވެ. މި މުބާރާތް ކުރިއަށްދިޔައީ އަންހެން އަދި ފިރިހެން ޑިވިޝަން ވަކިން 6 އުމުރުފުރާއަކަށް ބަހާލައިގެންނެވެ. މި އުމުރުފުރާތަކަކީ، 8 އަހަރުން ދަށް، 10 އަހަރުން ދަށް، 12 އަހަރުން ދަށް، 14 އަހަރުން ދަށް، 16 އަހަރުން ދަށް އަދި 19 އަހަރުން ދަށެވެ.
މި މުބާރާތުގައި 8 އަހަރުން ދަށުގެ އުމުރުފުރާއިން އަންހެން ޑިވިޝަނުން ޗެމްޕިއަންކަން ހޯދީ ޑްރީމާސް އެވެ. އަދި ފިރިހެން ޗެމްޕިއަންކަން ހޯދީ ހޮޓްވީލާސް އެވެ. މުބާރާތުގެ 10 އަހަރުން ދަށުގެ އަންހެން ޑިވިޝަނުން ޗެމްޕިއަންކަން ހޯދީ އެއާ ބޯލާސް އެވެ. އަދި ފިރިހެން ޗެމްޕިއަންކަން ހޯދީ ބްލޭޒް އެވެ. އެ މުބާރާތުގައި 12 އަހަރުން ދަށުގެ ޑިވިޝަނުން އަންހެން ޗެމްޕިއަންކަން ވޮރިއާސްއިން ހޯދި އިރު ފިރިހެން ޗެމްޕިއަންކަން ހޯދީ ބަގްސް ބަނީ ބީސީ އެވެ.
އެ މުބާރާތުގައި 14 އަހަރުން ދަށުގެ އަންހެން ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދީ ފެލްކަންސް އެވެ. އަދި ފިރިހެން ޗެމްޕިއަންކަން ހޯދީ ބްލޫމް ސްކުއަޑް އެވެ. މުބާރާތުގެ 16 އަހަރުން ދަށުގެ ޗެމްޕިއަންކަން އާޖީލަކަށް ހޯދި އިރު ފިރިހެން ޗެމްޕިއަންކަން ހޯދީ ފެލްކަންސް އެވެ. އަދި 19 އަހަރުން ދަށުގެ އަންހެން ޑިވިޝަނުން ލެޕާޑްސް ޗެމްޕިއަންކަން ހޯދި އިރު ފިރިހެން ޗެމްޕިއަންކަން ހޯދީ ގޯޓް އެސް.ސީ އެވެ.
މި މުބާރާތުގައި ޖުމްލަ 408 ކުޅުންތެރިން ވަނީ 103 ޓީމަކުން ބައިވެރިވި އެވެ. މި މުބާރާތުގެ މަގުސަދަކީ، ބާސްކެޓްބޯޅައަށް ޝައުގުވެރިކަން ހުންނަ ކުދިންނަށާއި ޒުވާނުންނަށް، އެ ކުޅުންތެރިންގެ ހުނަރުތައް ދައްކާލައި، ހުނަރުތައް ތަރައްގީކުރުމަށް ވާދަވެރި ޕްލެޓްފޯމެއް ހޯދައިދިނުމެވެ.
ފުވައްމުލައް ރަންގެ ރޭސް ކިޓާއި ބިބް ދޫކުރަނީ
200ރ. އިން މަތީގެ ބިލަކާ އެކު، ސްމާޓް ކިޓެއް!
"ބުރުނު ބޮމަ" މަސް ރޭހުގެ ޕާޓްނަރަކަށް ދިރާގު
"ދިރާގު މާލެ އޯޕަން" ސުވިމިން މުބާރާތުގެ ފުރުސަތު
އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަސްވެނިވުން ބާއްވައިފި
ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓުގެ ފުރުސަތު
ސްކޭޓް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕާޓްނަރަކަށް ދިރާގު
އީދު ބައިބަލާ ޗެލެންޖުގެ ޑިޖިޓަލް ޕާޓްނަރަކީ ދިރާގު
ދިރާގުން އީދަށް ސަޔާއި ހަދިޔާ ދީފި
ދިރާގުން އީދު ހަދިޔާއަކަށް ހިލޭ ޑޭޓާ ފޮނުވޭނެ