ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އޮފިޝަލް ކޯޗިން ޕާޓްނަރުން އިއުލާނުކޮށްފި އެވެ.
27 އޯގަސްޓް 2025
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ އޮފިޝަލް ކޯޗިން ޕާޓްނަރުން އިއުލާނުކޮށްފި އެވެ.
މި ފަރާތްތަކާ އެކު ރޯޑް ރޭހުގެ ބައިވެރިންނަށް، ދުވުމަށް ހާއްސަ ކޯޗިން ހިދުމަތް ހިލޭ ލިބޭނެ އެވެ. މިއީ ދުވުމުގެ ބައިވެރިންނަށް ތަމްރީނުވުން ފަސޭހަކުރުމަށްޓަކައި 2018 ވަނަ އަހަރުން ފެށިގެން ރޯޑް ރޭހުގެ ދުވުންތެރިންނަށް ދެމުން އަންނަ ހިދުމަތެކެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ މިއަހަރު ކޯޗިން ޕާޓްނަރުންނަކީ އައިލެންޑް ރަނާސް މޯލްޑިވްސް، އެލީޓް ރަނާސް، ނަސީރް ސްޕޯޓްސް އެކަޑަމީ، ސާއިދް ސްޕޯޓްސް އަދި ލެގަސީ ފިޓްނަސް އެވެ. މި ޕާޓްނަރުން ފޯރުކޮށްދޭ ހިދުމަތްތަކަކީ:
- އައިލެންޑް ރަނާސް މޯލްޑިވްސް: ޑީއެމްއާރްއާރްގެ ބައިވެރިންނަށް އެއް މަސް ދުވަހަށް ތަމްރީނު ވުމުގެ ފުރުސަތު.
- އެލީޓް ރަނާސް: ޑީއެމްއާރްއާރްގެ ބައިވެރިންނަށް ޕާސަނަލައިޒްޑް ޓްރެއިނިންގ ޕްރޮގްރާމަކާއެކު ތަމްރީނު ވުމުގެ ފުރުސަތު.
- ނަސީރް ސްޕޯޓްސް އެކަޑަމީ: ފުރަތަމަ ފަހަރަށް ޑީއެމްއާރްއާރްގެ ބައިވެރިވާ ފަރާތްތަކަށް ކޯޗް ނަސީރާ އެކު ތަމްރީނު ވުމުގެ ފުރުސަތު.
- ސާއިދް ސްޕޯޓްސް: ފުރަތަމަ ފަހަރަށް ޑީއެމްއާރްއާރްގައި ބައިވެރިވާ ފަރާތްތަކަށް ދިރާގު ބްރޭންޑް އެމްބެސެޑަރ އަދި ރާއްޖޭގައި ހުރި އެންމެ ހަލުވި ދުވުންތެރިޔާކަމަށްވާ ހަސަން ސާއިދުގެ ފަރާތުން ތަމްރީނު ވުމުގެ ފުރުސަތު.
- ލެގަސީ ފިޓްނަސް: ފުރަތަމަ ފަހަރަށް ޑީއެމްއާރްއާރްގައި ބައިވެރިވާ ފަރާތްތަކަށް ޓްރެއިނާ ރިޔާޝްއާއެކު ތަމްރީނު ވުމުގެ ފުރުސަތު.
ދިރާގު ސީނިއާ މެނޭޖާ، ބްރޭންޑްސް އެންޑް އިވެންޓްސް، ނާޔާ ޝަރީފް ދިރާގު މޯލްޑިވްސް ރޯޑް ރޭސް 2025 ގެ ބައިވެރިންނަށް ކޯޗިން ޕާޓްނަރުން މެދުވެރިކޮށް ތަމްރީނުގެ ފުރުސަތުތައް ފަހިކޮށްދިނުމަކީ އެކުންފުންޏަށް ލިބޭ ވަރަށް ބޮޑު އުފަލެއްގެ ގޮތުގައި ސިފަކުރެއްވި އެވެ.
"އަޅުގަނޑުމެންގެ މަގުސަދަކީ ކޮންމެ ދުވުންތެރިއަކަށް ވެސް މި ދުވުމަށް ތައްޔާރުވުމަށް ބޭނުންވާ އެހީތެރިކަން ހޯދުމުގެ މަގު ފަހިކޮށްދީ، ދުވުމުގައި ބައިވެިވުމަށް ހިތްވަރުދީ ދުވުމުގެ ތަޖުރިބާ އިތުރަށް ފުރިހަމަކޮށްދިނުން.'' ނާޔާ ވިދާޅުވި އެވެ.
ދިރާގު މޯލްޑިވްސް ރޯޑް ރޭހުގެ 16 ވަނަ އެޑިޝަން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޯބަރު މަހުގެ 24 ވަނަ ދުވަހު ހުޅުމާލޭ ސެންޓްރަލް ޕާކުގައެވެ. މި ދުވުމަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުންނާއި ބައިނަލްއަގްވާމީ ދުވުންތެރިން އެއްތަނަކަށް ޖަމާކޮށް ރާއްޖޭގައި ބާއްވާ ހަމައެކަނި ބައިނަލްއަގްވާމީ ދުވުމެވެ.
ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިން ބާއްވައިފި
އޭޝިއާކަޕް ބަލަން ދިރާގާއި މީޑިއާނެޓުން ހާއްސަ އޮފާއެއް
ދިރާގު ''ޑެސްކަޕް'' ފުޓްސަލް މުބާރާތް ނިންމާލައިފި
ދިރާގު ރޯޑް ރޭހުގެ މެޑަލާއި ރޭސް ކިޓް ދައްކާލައިފި
ދިރާގު ސީއޯޑީ މޯބައިލް މިނީ ސީރީޒްއިން ފުރުސަތު!
ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުގެ އެހީ
ރޯޑް ރޭހުގެ ކޯޕަރޭޓް ޓީމު ކެޓަގަރީގެ ފުރުސަތު
ރޯޑް ރޭހުގެ ކޯޗުކޮށްދޭން ކުރިމަތިލާން ހުޅުވާލައިފި
ދިރާގުން ރެޑް ކްރެސެންޓަށް އެހީ ދެނީ
އައިޓީއެފް މޯލްޑިވްސް ޖޫނިއާގެ މެއިން ޕާޓްނަރަކީ ދިރާގު