ދިރާގުގެ އަހަަރީ ފުޓްސަލް މުބާރާތުގެ 19 ވަނަ އެޑިޝަން، "ޑެސްކަޕް" 2025 ނިންމާލައިފި އެވެ.
03 ސެޕްޓެމްބަރ 2025
ދިރާގުގެ އަހަަރީ ފުޓްސަލް މުބާރާތުގެ 19 ވަނަ އެޑިޝަން، "ޑެސްކަޕް" 2025 ނިންމާލައިފި އެވެ.
ދިރާގުގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވި އެ މުބާރާތަށް ހޫނު ތަރުހީބެއް ލިބުނެވެ. އެ މުބާރާތުގެ ސީއީއޯ އެންޑް އެމްޑީސް ކަޕްގެ އެއް ވަނަ ހޯދީ ޑީއެސްއެސް ޔުނައިޓެޑް ޓީމެވެ. އަދި ޕްރީމިއާ ލީގްގެ ޗެމްޕިއަންކަން ވެސް ހޯދީ ފިނޭންޒެސް ޓީމާއެކު ވާދަވެރި މެޗެއް ކުޅުނު ޑީއެސްއެސް ޔުނައިޓެޑެވެ. ސުޕަ ލީގްގެ ފައިނަލް މެޗުގައި ސީއެންއެފްސީ ޓީމާއި އާރްއޯސީ ޓީމު ވާދަކޮށް ޗެމްޕިއަންކަން ނެގީ ސީއެންއެފްސީ ޓީމުންނެވެ.
އެ މުބާރާތުގައި ދިރާގުގެ އަންހެން މުވައްޒަފުންނަށް ހާއްސަ ކޮށްގެން ކުރިއަށް ގެންދިޔަ "ވިމެންސް ފިއެސްޓާ"ގައި ޓެކްނޮލޮޖީ ކަނބަލުންގެ ޓީމާއި ހިޔަލަ ޓީމުގެ ވާދަވެރި މެޗަކަށްފަހު ހިޔަލަ ޓީމުން ވަނީ ޗެމްޕިއަންކަން ހޯދައިފަ އެވެ.
ރާއްޖޭގެ އެކި ހިސާބުތަކުގައި މަސައްކަތް ކުރާ ދިރާގު މުވައްޒަފުންނަށް ހުޅުވައިލައިގެން ކުރިއަށް ގެންދިޔަ އެ މުބާރާތުގައި މި އަހަރު ޖުމްލަ 321 މުވައްޒަފުން ހިމެނޭ ގޮތަށް 20 ޓީމަކުން ބައިވެރިވި އެވެ.
ދިރާގުން ބުނީ އެ ކުންފުނީގެ އީ-ކްލަބް މެދުވެރިކޮށް ހުރިހާ މުވައްޒަފުންނަށް މަސައްކަތުގެ މާހައުލުން ބޭރުން ތަފާތު ހަރަކާތްތަކާއި ކުޅިވަރުތަކުގައި ބައިވެރިވުމުގެ ފުރުސަތު ފޯރުކޮށްދެމުންދާ ކަމަށެވެ.
ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
ދިރާގުގެ މުވައްޒިފުންގެ މުބާރާތް ޑެސް ކަޕް ނިންމާލައިފި
ދިރާގު ޕްރީ ސްކޫލު ފުޓްބޯޅަ މުބާރާތް ފަށައިފި
ދިރާގުން އައިފޯން 17 ޕްރޯ ހުސްވެއްޖެ
ވެލެންސިއާގެ ބޭރު ކުޅުންތެރިންގެ ޖާގަތަށް ފުރިހަމަކޮށްފި
ދާދުގެ ހަތަރު ގޯލުން މާޒިޔާއިން ލީގު ފެށީ ގަދަކޮށް
ދިރާގުން ދިވެހި ޕްރިމިއާ ލީގު ސްޕޮންސާކޮށްފި
ކުޅުންތެރިންގެ މައްސަލަ، ވެލެންސިއާއިިން އިމިގްރޭޝަނަށް
17،000 ޑޮލަރު ދައްކައި ނިއުގެ އަދަބު ފިލުވައިފި
އިޒްރޭލު ބޮއިކޮޓް ކުރަން ދުނިޔޭގެ ފުޓްބޯޅަ ކެމްޕޭނެއް