Roadha Mihaaru

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު

ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 'ކިޑްސް ފުޓްބޯލް ފިއެސްޓާ 2022' ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ކިޑްސް ފުޓްބޯލް ފިއެސްޓާގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު
އަހުމަދު އަރުޝަމް
އަހުމަދު އަރުޝަމް

01 ޖޫން 2022

ސޮކާ ވެޓަރަންސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ސްވެމް) އިން އިންތިޒާމުކޮށްގެން ކުރިއަށް ގެންދާ 'ކިޑްސް ފުޓްބޯލް ފިއެސްޓާ 2022' ގެ ޑިޖިޓަލް ޕާޓްނަރަކަށް ދިރާގު ހަމަޖައްސައިފި އެވެ.

ދިރާގުން ނެރުނު ނޫސްބަޔާނުގައިވާ ގޮތުން، މި ފިއެސްޓާ އަކީ ގްރޭޑް 1 އަދި 2 ގެ ދަރިވަރުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާ މުބާރާތެކެވެ.

މިއަދު ފެށުމަށް ހަމަޖެހިފައިވާ މި މުބާރާތް ކުރިއަށް ދާނީ ހެންވޭރު ދަނޑުގަ އެވެ. މާލޭގެ 20 ސްކޫލަކުން ބައިވެރިވެފައިވާ މި މުބާރާތް އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް ކުރިއަށްދާނެ އެވެ.

"މި މުޖުތަމައުގެ ޅަ ކުދިންގެ ހުނަރުތައް ކުރިއަރުވަން ހިންގޭ މިފަދަ ހުރިހާ ކަމެއްގައި ވެސް ސަޕޯޓުދޭން ދިރާގުން ދެމިތިބޭނަން" ދިރާގުގެ ޕަބްލިކް ރިލޭޝަންސް އެސިސްޓެންޓް މެނޭޖަރު ޖައިޝަން ހަމީދު ވިދާޅުވި އެވެ.

ސްވެމްގެ ޗެއާމަން އަލީ ޝަމީމް ވިދާޅުވި ގޮތުގައި، ޅަކުދިންގެ ފައުންޑޭޝަން ލެވެލް ނުވަތަ އުނގެނެން ފަށައިގަންނަ ހިސާބުން ފެށިގެން އެ ކުދިން ފުޓުބޯޅަ އަށް ޝައުގުވެރިކުރުވާ، އެކަމަށް ހިތްވަރުދީ ރާއްޖޭގެ ފުޓުބޯޅަ ދިރުވުމަކީ ސްވެމްގެ މައިގަނޑު އަމާޒެވެ. އަދި އެ އަމާޒަށް ވާސިލުވުމަށް ދިރާގުން ދެމުން އަންނަ އެހީއަށް އޭނާ ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.