އާ ސީޒަން ފެށެން ކައިރިވެފައިވަނިކޮށް މަޝްހޫރު ބައެއް ކުޅުންތެރިން މާޒިޔާ ދޫކޮށް ދިއުމުން، ދެން ޓީމުގައި ތިބި ކުޅުންތެރިންނަށް އެ ހުޅުވުނީ މާ ތަނަވަސް ފުރުސަތެއް ކަމަށް ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ. މިދިޔަ ދެ ސީޒަނުގައި މާޒިޔާގެ ކެޕްޓަންކަން ކުރި މުހައްމަދު އިރުފާނާއި އަލީ ފާސިރު (ސެންޓޭ) އަދި ހަސަން ރާއިފް އަހްމަދު (ހަންނަ) ވަނީ އެ ޓީމު ދޫކޮށް ނިއު ރޭޑިއަންޓަށް ބަދަލުވެފަ އެވެ.
14 ސެޕްޓެމްބަރ 2025
އާ ސީޒަން ފެށެން ކައިރިވެފައިވަނިކޮށް މަޝްހޫރު ބައެއް ކުޅުންތެރިން މާޒިޔާ ދޫކޮށް ދިއުމުން، ދެން ޓީމުގައި ތިބި ކުޅުންތެރިންނަށް އެ ހުޅުވުނީ މާ ތަނަވަސް ފުރުސަތެއް ކަމަށް ކޯޗު ލުއިސްމާ ހެނާންޑޭޒް ބުނެފި އެވެ. މިދިޔަ ދެ ސީޒަނުގައި މާޒިޔާގެ ކެޕްޓަންކަން ކުރި މުހައްމަދު އިރުފާނާއި އަލީ ފާސިރު (ސެންޓޭ) އަދި ހަސަން ރާއިފް އަހްމަދު (ހަންނަ) ވަނީ އެ ޓީމު ދޫކޮށް ނިއު ރޭޑިއަންޓަށް ބަދަލުވެފަ އެވެ.
ދޮޅު އަހަރަށް ފަހު ފަށާ، އާ ފުޓްބޯޅަ ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި މާޒިޔާއިން އީގަލްސްއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން މީޑިއާއާ ވާހަކަ ދައްކަމުން ލުއިސްމާ ބުނީ ބައެއް ކުޅުންތެރިން ކްލަބް ދޫކޮށްލުމުން އެހެން ކުޅުންތެރިންނަށް ކުޅެން ލިބޭ ފުރުސަތުތައް އިތުރުވާނެ ކަމަށެވެ. އޭގެ ފައިދާ ޒުވާން ކުޅުންތެރިންނަށް ވެސް ކުރާނެކަމަށް ސްޕެއިންގެ ކޯޗު ބުންޏެވެ.
އޭނާ ބުނީ ކުޅުތެރިން ދޫކޮށްލަން ނިންމީ މާޒިޔާގެ މެނޭޖްމެންޓުން ކަމަށެވެ.
"މިފަހުން މާޒިޔާގެ މެނޭޖްމެންޓުން ނިންމި ނިންމުން. ބައެއް ކުޅުންތެރިން ކްލަބް ދޫކޮށްލައިފި. ބައެއް ކުޅުންތެރިން ކްލަބް ދޫކޮށްލުމުން އަހަންނަށް ހީވަނީ ޓީމުގައި ތިބި ކުޅުންތެރިންނަށް ގިނަ ފުރުސަތުތައް ލިބޭނެހެން އިތުރަށް ކުޅެން. މިސާލަކަށް [ނާއިޒު ހަސަން] ދާދު، ނެޝަނަލް ޓީމުގައި ވެސް ލަނޑުޖެހިތަން ފެނުނު،" ލުއިސްމާ ބުންޏެވެ.
އޭނާ ބުނީ ޓީމުގައި މަޑުކުރި ކުޅުންތެރިންގެ ފަރާތުން ކްލަބަށްޓަކައި އިތުރަށް މަސައްކަތް ކުރާތަން ވެސް ފެނުނު ކަމަށެވެ. އެހެންވެ އޭނާ ހުރީ އުފަލުންކަމަށް މީގެ ކުރިން ކުވައިތުގެ ލީގުގައި ވެސް މަސައްކަތް ކުރި ކޯޗު ބުންޏެވެ.
ރެއާލް މެޑްރިޑާއި ބާސެލޯނާގެ ޕްރޮޖެކްޓެއްގައި ގްރާސްރޫޓް ފުޓްބޯޅައިގައި ކުރިން މަސައްކަތް ކުރި ލުއިސްމާ ބުނީ ގިނަ އަދަދެއްގެ ޒުވާން ކުޅުންތެރިންނަށް ވެސް މާޒިޔާގެ ޓީމުން އޭނާ ފުރުސަތު ދޭނެ ކަމަށެވެ.
މެއި މަހު އެފްއޭއެމުން ބޭއްވި ނުރަސްމީ މުބާރާތް ޅިގު ކަޕްގައި ވެސް ޒުވާން ކުޅުންތެރިންނަށް އޭނާ ފުރުސަތު ދިނެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިޔަކީ އެ މުބާރާތުގައި އެންމެ ގިނަ ލަނޑު ޖެހި ކުޅުންތެރިޔާ މުހައްމަދު އިލާން އިމްރާނެވެ. މދިޔަ ހަފުތާގައި ގައުމީ ފުޓްބޯޅަ ޓީމުން ލަންކާއާ ދެކޮޅަށް ކުޅުނު ދެ މެޗުގައި ވެސް އޭނާ ވަނީ ކުޅެފަ އެވެ. ފުރަތަމަ ފަހަރަށް ސީނިއާ ޓީމުގައި ހިމެނި އުމުރުން 16 އަހަރުގެ އިލާން ވަނީ ގައުމީ ޓީމަށް ކުޅުނު އަދި ގައުމީ ޓީމުގައި ގޯލްޖަހަން އެސިސްޓް ކުރި އުމުރުން އެންމެ ހަގު ކުޅުންތެރިޔާގެ ރެކޯޑް ވެސް ހަދައިފަ އެވެ.
މާޒިޔާގެ ސީނިއާ ޓީމުން ލުއިސްމާ ފުރުސަތު ދިން އިލާން، ސީނިއާ ޓީމުން ކުޅެން ފެށުމުން ލުއިސްމާ، އިލާން ސިފަ ކުރީ "ސީނިއާ ކުޅުންތެރިޔެއް"ގެ ގޮތުގަ އެވެ.
"އޭގެތެރެއިން ބައެއް ކުޅުންތެރިން މިހާރު ސީނިއާ ގައުމީ ޓީމަށް ވެސް ކުޅެން ފަށައިފި. އެހެންވީމަ އަހަރެން މިހާރު ނުކިޔާނަން އެއީ ޒުވާން ކުޅުންތެރިންނެކޭއެއް،" ލުއިސްމާ ބުންޏެވެ.
އޭނާ ބުނީ މާޒިޔާގެ އެކަޑަމީން ތަމްރީނުވި ބައެއް ކުޅުންތެރިންނަށް ކުރިއަށް އޮތް މެޗުތަކުގައި ސީނިއާ ޓީމަށް ކުޅެން ފުރުސަތު ދޭނެ ކަމަށެވެ.
މި އަހަރު ޖެނުއަރީ މަހު މާޒިޔާގެ ކޯޗުކަމާ އޭނާ ހަވާލުވި ލުއިސްމާ ބުނި ގޮތުގައި އެ ކްލަބްގެ މެނޭޖްމެންޓުން އޭނާއާ ޒިންމާ ހަވާލު ކުރީ ކޮންމެ މެޗަކުން މޮޅުވުމުގެ އިތުރަށް ޒުވާން ކުޅުންތެރިންނަށް ވެސް ގިނަ ފުރުސަތު ދިނުމަށެވެ.
"ގިނަ ޒުވާން ކުޅުންތެރިންނަށް ފުރުސަތު ދޭން ވެސް އަހަރެމެން ޖެހޭ. އެގޮތަށް މި މަސައްކަތް ކުރަނީ. (ދެން) އެކުވެރިކަމުގެ މެޗެއް ކުޅުނުކަމުގައި ވިޔަސް އަހަރެމެން ޖެހޭ ކުޅުންތެރިންނަށް ދައްކައިދޭން އެ މެޗުން ވެސް މޮޅުވާން ކުރަންޖެހޭ މަސައްކަތް،" ލުއިސްމާ ބުންޏެވެ.
ޗެރިޓީ ޝީލްޑް މެޗު ފަށާނީ މާދަމާ ރޭ ނުވައެއް ޖަހާއިރު އެވެ. ލުއިސްމާ ބުނީ ގިނަ ބަޔަަކަށް މާޒިޔާގެ ވާހަކަތައް އެނގޭނެ ކަމަށެވެ. އޭނާ މިހާރު ބޭނުންވަނީ އީގަލްސްއާ ގުޅޭ ވާހަކަތައް އެނގެން ކަމަށް ތަޖުރިބާކާރު ބުންޏެވެ. ބުރާސްފަތި ދުވަހުގެ ރޭ ފަށާ ދިވެހި ޕްރިމިއާ ލީގުގެ ފުރަތަމަ މެޗުގައިި ވެސް، އެންމެ ފަހުގެ ޗެމްޕިއަން މާޒިޔާއިން ނުކުންނާނީ އީގަލްސްއާ ދެކޮޅަށެވެ.
ރަސްމީ ސީޒަނުގެ ފުރަތަމަ ތަށި ވެސް މާޒިޔާ އަށް!
"ފުޓްބޯޅަ އެނބުރި އައުމުން ހިތްހަމަޖެހުން ލިބިއްޖެ"
މާޒިޔާގެ މަސައްކަތަށް ވާދަވެރި ޓީމުތަކުން ތައުރީފު
އަރާބީ އަތުން ބަލިވެ މާޒިޔާއަށް ގުރޫޕްސްޓޭޖަށް ނުދެވުނު
މާޒިޔާގެ މެޗު ރާއްޖޭގެ ފުޓްބޯޅައަށް މުހިންމު: ލުއިސްމާ
މާޒިޔާއަށް ތިން ލައްކަ ރުފިޔާ، އޮޑިއަށް 150،000
އުމުރު 16؛ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި އަރައި އެ ހޯދީ ރަންބޫޓު
ލީގު ކަޕް ސެމީގައި މާޒިޔާ-ޓީސީ އަދި ނިއު-އޮޑި
މާޒިޔާ މަގާމް ދެމެހެއްޓިއިރު، ނިއު އަށް ފުރަތަމަ މޮޅު
ފުޓްބޯޅަ އެނބުރިއައުން؛ ގެންޖެހުންތަކާއި ހިތްހަމަޖެހުން