އެފްއޭއެމް ލީގު ކަޕާ އެކު ސީނިއާ ލެވަލްގައި ރަސްމީ ފުޓްބޯޅަ އެނބުރި އައީ 440 ދުވަސް ފަހުންނެވެ. އެ މުބާރާތުގައި ވާދަކުރާ ގިނަ ކްލަބްތަކުން ބުނި ގޮތުގައި މިއީ ކުޅުންތެރިން ކުރި ދިގު އިންތިޒާރެކެވެ.
06 މެއި 2025
އެފްއޭއެމް ލީގު ކަޕާ އެކު ސީނިއާ ލެވަލްގައި ރަސްމީ ފުޓްބޯޅަ އެނބުރި އައީ 440 ދުވަސް ފަހުންނެވެ. އެ މުބާރާތުގައި ވާދަކުރާ ގިނަ ކްލަބްތަކުން ބުނި ގޮތުގައި މިއީ ކުޅުންތެރިން ކުރި ދިގު އިންތިޒާރެކެވެ.
ލީގު ކަޕްގެ ކުރިން، ސީނިއާ މެޗެއްގެ ގޮތުގައި އެންމެ ފަހުން ރާއްޖޭގައި ކުޅުނީ ދެވަނަ ޑިވިޝަނުގެ ފައިނަލް މެޗެވެ. އޮޑި ސްޕޯޓްސް އާއި ވިކްޓަރީގެ އެ މެޗު ކުޅުނީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު 16 ގަ އެވެ.
އޭގެ ފަހުން، މިދިޔަ އާދިއްތަ ދުވަހާ ހަމައަށް ސީނިއާ ލެވަލްގައި ރަސްމީ އެއްވެސް މެޗެއް ރާއްޖޭގެ ފަސްގަނޑުގައި ނުކުޅެ އެވެ.
ރާއްޖޭގެ ފުޓްބޯޅަ ސީޒަން މިދިޔަ މަހު ފަށަން އެފްއޭއެމުން މަސައްކަތް ކުރި އެވެ. ރަސްމީ ކަލަންޑަރު މީޑިއާ އަށް އާންމު ނުކުރި ނަމަވެސް ކްލަބްތަކަށް އެ "ޑްރާފްޓް" ފޮނުވި އެވެ. އެ ކަލަންޑަރަށް ބަލައިގެން ގިނަ ކްލަބްތަކުން ސީޒަނަށް ތައްޔާރުވާން ޕްރީ ސީޒަން ޕްރެކްޓިސް ވެސް ފެށި އެވެ.
އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން އެފްއޭއެމުން ސީނިއާ ލެވަލްގައި ފެށި ފުރަތަމަ މުބާރާތް ލީގު ކަޕްގައި ޓީސީ އާއި އޮޑި ކުޅުނު މެޗުގެ ތެރެއިން؛ މެޗު އެއްވަރުވީ ލަނޑެއް ނުޖެހި --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އެކަމަކު ފީފާގެ ނޯމަލައިޒޭޝަން ހާލަތުގައި އޮތް އެފްއޭއެމްގެ އެ ޕްލޭނަށް ފީފާއިން ވަދެ، ފުޓްބޯޅަ ސީޒަން ފެށުން ލަސް ކުރުމަށް އެންގި އެވެ. ފީފާގެ އެންގުމަށް ބޯލަނބައި އެ. މަސައްކަތް ހުއްޓާލިކަން އެ އެސޯސިއޭޝަނުން ކްލަބްތަކަށް އެންގި އެވެ.
ބިދޭސީ ކުޅުންތެރިންނާއި ބިދޭސީ ކޯޗުން ގެނެސް ސީޒަނަށް ތައްޔާރު ވާން ފެށި ޓީމުތަކުން މާޔޫސްވި އެވެ. ދެން އެފްއޭއެމުން ފީފާ އާއެކު މަޝްވަރާ ކުރަން ފެށީ ކުރު މުބާރާތެއް ބޭއްވުމުގެ ހުއްދަ ދިނުމަށެވެ.
ރެލިގޭޝަނާއި ކްލަބް ރޭންކިން އަށް ނުބަލައި މުބާރާތެއް ބޭއްވުމުގެ ހުއްދަ ފީފާއިން ދިނެވެ. އަންނަ މަހު ގައުމީ ޓީމުގެ މެޗުތަކެއް ކުޅެން ހަމަޖައްސާފައި އޮތުމުން ވާދަވެރި މަރުހަލާއެއްގެ ތެރެއިން ގައުމީ ޓީމު ނެގުމަށް ފުރުސަތު ހޯދައި ދިނުމަށް އެފްއޭއެމުން އެދުމުން ފީފައިން އެ ހުއްދަ ދިނީ އެ ސަބަބަށް ރިއާޔަތް ކުރުމަށް ފަހު ކަމަށް، ފީފާގެ މަސްދަރަކުން "މިހާރު" އަށް ބުންޏެވެ.
ފީފާއިން ހުއްދަ ދިނީ ބައިވެރިވާ ޓީމުތަކުގެ އަދަދު އެކަށީގެންވާ މިންވަރަކަށް ހުރެއްޖެނަމަ މުބާރާތައިގެން ކުރިއަށް ދިއުމަށެވެ. އަދި ގިނަ ޝަރުތުތަކެއްކޮށް އެ މުބާރާތުގެ އިނާމު ފައިސާ އާއި އިދާރީ އަދި ލޮޖިސްޓިކްގެ ހަރަދުތައް ހަމަޖެއްސުމަށް 50،000 ޑޮލަރު ވެސް ފީފާއިން އެފްއޭއެމަށް ޖަމާކޮށްދިނެވެ.
ލީގު ކަޕްގައި މާޒިޔަގެ އައިސަމް އިބްރާހިމް ބޯޅައިގައި ހިފަހައްޓާލައިގެން --- ފޮޓޯ: ފަޔާޒު މޫސާ
ދިވެހި ލީގުގައި މިފަހަރު ހިމެނޭ 10 ޓީމުގެ ތެރެއިން މުބާރާތުގައި ބައިވެރިވީ ތިން ޓީމެވެ. އެއްވަނަ ޑިވިޝަނުން ލިބުނު ތަރުހީބު ކުޑަ ވުމުން ދެވަނަ ޑިވިޝަނަށް ހުޅުވާލި ފުރުސަތުގައި ދެ ޓީމަކުން ބައިވެރިވެ ޖުމުލަ ފަސް ޓީމާ އެކު އެފްއޭއެމުން މުބާރާތް ފެށި އެވެ.
ފުޓްބޯޅަ ސީޒަން ފަސްކުރުމުން ގިނަ ކްލަބްތަކުން ޕްރެކްޓިސް ހުއްޓާލި އެވެ. އަލުން ނުކުމެ ހިތްވަރާ އެކު މަސައްކަތް ފެށުނީ މަދު ކްލަބްތަކަކަށެވެ.
ޓީސީ ސްޕޯޓްސްގެ ރައީސް އަހްމަދު އައްބާސް (އައްބު) ވިދާޅުވީ ސީޒަން ފެށުން ފަސް ކުރުމުން، މަސައްކަތް ހުއްޓާލި ފަހުން އެހެން މުބާރާތަކަށް ނުކުންނަން ޖެހުމުން ކްލަބަށް ގެންޖެހުންތަކެއް ހުރި ކަމަށެވެ.
އެކަމަކު އޭނާ ވިދާޅުވީ އެ ގޮންޖެހުންތަކާ އެކު ވެސް ޓީސީން މުބާރާތުގައި ބައިވެރިވީ ކުޅުންތެރިންގެ ހިތްހަމަޖެހުމަށްޓަކައި ކަމަށެވެ.
ޓީސީ އާއި އޮޑި ކުޅުނު މެޗު --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"މީގެ ހިތްހަމަޖެހުން ހަގީގަތުގައި ލިބޭނީ ކުޅުންތެރިންނަށް. އެއީ މި ކުޅުންތެރިން ތިބީ މިކަހަލަ މި ފުރުސަތަށް ވަރަށް އެދިއެދި. ފުރަތަމަ މެޗަށް ނުކުތް އިރު ވެސް ކުޅުންތެރިންގެ ފަރާތުން އެ އެގްޒައިޓްމެންޓް ފެނުނު،" އައްބާސް ވިދާޅުވި އެވެ.
"ދެން އަޅުގަނޑުމެން ވިސްނި އަނެއްކަމަކީ ގައުމީ ޓީމަށް ވެސް މުހިންމު މެޗުތަކެއް ކުރިމަތީގައި އޮތީމަ ވާދަވެރި މުބާރާތްތައް ފެށެން އެބަޖެހެޔޭ. އެހެންވީ ކްލަބްގެ މެނޭޖްމެންޓަށް އުނދަގޫތަކެއް ހުއްޓަސް ފުޓްބޯޅައިގެ ހައްގުގައި ޓީސީން މުބާރާތުގައި ވާދަކުރާނަމޭ."
ފުރަތަމަ މެޗުގައި އޮޑި ސްޕޯޓްސްއާ ދެކޮޅަށް ޓީސީން ކުޅުނު މެޗު ނިމުނީ ލަނޑެއް ނުޖެހި އެއްވަރުވެގެންނެވެ.
މަޝްހޫރު ކުޅުންތެރިން ހޯދައި ބިދޭސީ ކޯޗަކު ހަމަޖައްސައިގެން މުބާރާތަށް ނުކުތް އޮޑިގެ ކެޕްޓަން މުހައްމަދު ރަޝީދު (ހޮކޭ) ބުނީ ގިނަ ދުވަސްތަކެއް ނުކުޅެ ތިބެ ވާދަވެރި މެޗަކަށް ނުކުންނަން ޖެހުމުން ކުޅުންތެރިންނަށް އުނދަގޫތަކެއް ހުރި ކަމަށެވެ.
އެފްއޭއެމް ލީގު ކަޕްގެ ފުރަތަމަ މެޗުގައި ވާދަ ކުރި ޓީސީ އާއި އޮޑިގެ ކެޕްޓަނުންނާ އެކު މެޗުގެ އޮފިޝަލުން ފޮޓޯއަކަށް ހުއްޓިލައިގެން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
"ރަށްރަށުގައި ބާއްވާ މުބާރާތްތަކުގައި ކިތަންމެ ވަރަކަށް ކުޅުނަސް އެ ޕްރެޝަރެއް ނާންނާނެ. ހާމަ ވާދަވެރި މެޗަކަށް ނުކުތީމަ ނޫނީ. އަނެއްކާ އެހާ ގިނަ ދުވަހަށް ފަހު ނުކުޅެ ތިބެފަ ކުޅެން ޖެހުމަކީ ފަސޭހަ ކަމެއް ނޫން،" ގައުމީ ޓީމުގެ ކުރީގެ ޑިފެންޑަރު ބުންޏެވެ.
"އެކަމަކު މެޗުން ޕޮއިންޓެއް ލިބުމަކީ ވެސް ހިތްހަމަޖެހުމެއް. އެއީ އަދި މިހާތަނަށް އޮޑި ނެތް ގަލޮޅު ދަނޑުގައި ބަލިވެފައެއް. އެ ރެކޯޑް ހިފެއްޓުނީމަ އެ ހިތްހަމަ ޖެހުން އެބައޮތް."
އޭނާ ބުނީ މިދިޔަ މަހު ސީޒަން ފަށާނެ ކަމަށް ޕްރެކްޓިސް ކޮށްކޮށް ތިއްބައި ސީޒަން ކުއްލިއަކަށް ފަސް ކުރުމުން ޕްރެކްޓިސް ހުއްޓާލައި އަނެއްކާ ދެން ނުކުންނަން ޖެހުމުން އުނދަގޫތަކެއް ހުރި ކަމަށެވެ.
"އޮޑީގައި އެބަތިބި ގަލޮޅު ދަނޑަށް ވެސް މުޅިން އާ ކުޅުންތެރިން. އެ ކުޅުންތެރިނަށް އުނދަގޫތަކެއް ހުރި މެޗުގެ ތެރެއަށް ވަންނަން،" އޭނާ ބުންޏެވެ.
ޓީސީ އާއި އޮޑިގެ މެޗުގެ ތެރެއިން: އެ ދެ ޓީމުން ވާދަވެރި މެޗަކަށް އެ ނުލކުތީ އަހަރަކަށް ވުރެ ގިނަ ދުވަސް ފަހުން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އޭނާ ބުނީ ގައުމީ ޓީމުގެ ފުރުސަތަކަށް އުއްމީދުކޮށްގެން ތިބި އޮޑީގެ ކުޅުންތެރިންނަށް މި މުބާރާތުގައި ވާދަކުރުމުގެ ފުރުސަތު ލިބުމަކީ ހިތްހަމަޖެހުމެއް ކަމަށެވެ.
"އޮޑިގެ އެންމެ ބޮޑު ވިސްނުމަކީ ކްލަބުން ޒުވާން ކުޅުންތެރިންތަކެއް ފުޓްބޯޅަ އަށް ނެރުން އަދި ކްލަބަށް ކުޅެ ގައުމީ ޓީމުން ޖާގަ ހޯދުން،" މުހައްމަދު ރަޝީދު ބުންޏެވެ.
"ހަމަގައިމު ވެސް އޮޑީގައި އެބަތިބި ގައުމީ ޓީމަށް ކުޅެވޭނެ ފެންވަރުގެ ކުޅުންތެރިން. މި މުބާރާތުން ފެންނާނެ އެ ކުޅުންތެރިންގެ ކުޅުން. އެހެންވެ މުބާރާތުގައި ވާދަކުރުން އެއީ އޮޑި އަށް ވެސް ލިބޭ ހިތްހަމަޖެހުމެއް."
އެފްއޭއެމް ލީގު ކަޕްގައި މާޒިޔާ އާއި ނިއު ކުޅުނު މެޗުގެ ތެރެއިން: މާޒިޔާ މެޗު ކާމިޔާބު ކުރީ 5-1 ން --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
އަބަދުވެސް ސީޒަނަށް އެންމެ ދުރާލައި ތައްޔާރުވާ މާޒިޔާގެ އޮފިޝަލަކު "މިހާރު" އަށް ބުނީ ވާދަވެރި މެޗަކަށް އެހާ ގިނަ ދުވަހަށް ފަހު ނުކުންނަން ޖެހުމުން އެ ޓީމުގެ ކުޅުންތެރިންނަށް ވެސް އުނދަގޫތަކެއް ހުރި ކަމަށެވެ.
"(އިއްޔެގެ) މެޗުގެ ވެސް ފުރަތަމަ ހާފުގައި ފެނުނީ އެކަން. މެޗުގެ ތެރެއަށް ރަނގަޅަށް ނުވަދެވިގެން އެ ހާފު ދިޔައީ،" އިއްޔެ ނިއު ރޭޑިއަންޓާ ދެކޮޅަށް ކުޅުނު މެޗާ ބެހޭގޮތުން މާޒިޔާގެ އޮފިޝަލް ބުންޏެވެ.
މުބާރާތަށް ފެށެން ގާތްގަނޑަކަށް ފަސް ދުވަހަށް ވެފައި ވަނިކޮށް ތައްޔާރުވާން ފެށި ނިއުއާ ދެކޮޅަށް މާޒިޔާއިން ކާމިޔާބު ހޯދީ 5-1 ންނެވެ.
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
ފުޓްބޯޅަ: ކްލަބްތަކަށް ވަރިހަމަވީތޯ ސުވާލު އުފައްދައިފި
އަލްވެސް އާއި މެސީގެ ފަހަތުގައި އިމްރާން!
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ފުޓްބޯޅަ ކަލަންޑަރުގައި ބްރޭކް ގިނަވުމަކީ ކަންބޮޑުވުމެއް
އަންނަ އަހަރުގެ ފުޓްބޯޅަ ސީޒަން ފަށާނީ ޖޫން މަހު؟
ފައިސާ ލިބުން ލަސްވާތީ ކްލަބްތަކަށް އުނދަގޫތަކެއް
ހަމްޕްގެ ހެޓްރިކުން މާޒިޔާއިން ނިއު ކޮޅަށް ފަސް ލަނޑު
ސީޒަން ފަށާއިރެއް ނޭގޭތީ މާޒިޔާ ޕްރެކްޓިސް ހުއްޓާލައިފި