11 ޖުލައި 2023
ރާއްޖޭގެ ފުޓްބޯޅަ އާއި އެފްއޭއެމް އަޑިއަޅާލައިގެން ދިޔައިރު ވެސް، އެ އެސޯސިއޭޝަންގެ މެންބަރު ކްލަބްތަކުން ކަންބޮޑު ނުވަނީތޯ، "ސޭވް އެފްއޭއެމް" ކެމްޕޭނުގެ ބައިވެރިން ސުވާލު އުފައްދައިފި އެވެ.
ރާއްޖޭގެ ފުޓްބޯޅަ އާއި އެފްއޭއެމް އަޑިއަޅާލައިގެން ދިޔައިރު ވެސް، އެ އެސޯސިއޭޝަންގެ މެންބަރު ކްލަބްތަކުން ކަންބޮޑު ނުވަނީތޯ، "ސޭވް އެފްއޭއެމް" ކެމްޕޭނުގެ ބައިވެރިން ސުވާލު އުފައްދައިފި އެވެ.
އެފްއޭއެމާއި ރާއްޖޭގެ ފުޓްބޯޅަ ރިފޯމް ކުރުމަށް ގޮވާލައި، ލޯންޗު ކުރި "ސޭވް އެފްއޭއެމް" ކެމްޕޭނުގެ ފުރަތަމަ ބައްދަލުވުމުގައި ބައެއް ފަރާތްތަކުން ވަނީ ފުޓްބޯޅަ އަޑިގަނޑަކަށް ވެއްޓުނު އިރު ވެސް އެކަންކަމާ ކްލަބްތަކުން އެއްވެސް ޒިންމާއެއް ނުނަގާތީ އެކަމާ ބެހޭގޮތުން ވާހަކަ ދައްކައިފަ އެވެ.
ޝީ ބިލްޑިންގެ އަސަރީ މާލަމްގައި ބޭއްވި އެ ހަރަކާތުގެ ބައްދަލުވުމުގައި ފުރަތަމަ ޑިވިޝަންގެ އެއް ވެސް ކްލަބެއް ނެތުމަކީ އެފްއޭއެމާއި ފުޓްބޯޅަ ވެއްޓިފައި އޮތް ހާލަތު ކްލަބްތަކަށް ވަރިހަމަވުން ތޯ ގައުމީ ޓީމަށް ކުރިން ކުޅުނު ގޯލްކީޕަރު މުހައްމަދު ޝިނާން (ނާނީ) ސުވާލު އުފެއްދި އެވެ.
"މި ތަނަކުން ނުފެނޭ ފަސްޓް ޑިވިޝަންގެ އެއްވެސް ކްލަބެއް. އޭގެ މާނައަކީ އެ ބޭފުޅުންނަށް 'އޯކޭ' އީތޯއޭ ފުޓްބޯޅަ ހިނގާގޮތް. ކީއްވެގެންތޯ އޭ މިތަނަށް އައިސް ހިޔާލުފާޅުކޮށް [ނުހަދަންވީ]. އެބޭފުޅުންނަށް އޯކޭ އީ ތޯ އޭ ހަމަ،" ނާނީ ބުންޏެވެ.
ސޭވްއެފްއޭއެމް ކެމްޕޭނުގެ ބައްދަލުވުމުގައި ބައިވެރިވި ގައުމީ ޓީމުގެ ކުރީގެ ކީޕަރު ނާނީ ވާހަކަ ދައްކަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
"ސޭވް އެފްއޭއެމް" ކެމްޕޭނުން ބުނީ ފުރަތަމަ ޑިވިޝަނުގެ ބައެއް ކްލަބްތަކަށް، ބައްދަލުވުމުގެ ދައުވަތު ފޮނުވި ކަމަށެވެ.
ސާފް ޗެމްޕިއަންޝިޕް 2008 ގެ މުބާރާތް ރާއްޖެ އަށް ކާމިޔާބުކޮށް ދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުރީގެ ޑިފެންޑަރު ސޮބާހް މުހައްމަދު އިބްރާހިމް (ސޮބާ) ބުނީ، ފުޓްބޯޅަ މިހާލަތަށް ދާން ޖެހުނީ ވަރަށް ބައިވަރު ކަންކަން ގޯސްވެގެން ކަމަށެވެ.
އެކަންތައްތަކުގެ ތެރޭގައި ކްލަބްތަކާއި އެފްއޭއެމްގެ ކުރީގެ ވެރިންނާއި މިހާރުގެ ވެރިން ވެސް ޒިންމާ އަދާނުކުރާ މައްސަލަ ސޮބާ ފާހަގަ ކުރި އެވެ.
އޭނާ ބުނީ، ހުށަހެޅި ހިޔާލުތައް ހިފައިގެން ކްލަބްތަކާ އެކު މަޝްވަރާ އަށް "ސޭވް އެފްއޭއެމް" ކެމްޕޭނުގެ ބައިވެރިން އިށީންނަން ޖެހޭ ކަމަށެވެ.
"ސޭވް އެފްއޭއެމް" ކެމްޕޭން ބައްދަލުވުމުގައި ރާއްޖޭގެ ގައުމީ ޓީމަށް ގިނަ މެޗްތަކެއް ކުޅެފައިވާ އިތުބާރު ޑިފެންޑަރު ސޮބާހު މުހައްމަދު (ސޮބާ) ވާހަކަ ދައްކަވަނީ --- ފޮޓޯ: ނިޝާން އަލީ | މިހާރު
"[މިތާންގަ] ކިތަންމެ ވަރަކަށް މި ވާހަކަ ދެއްކިޔަސް އެފްއޭގެ ރައީސަކަށް ހުންނެވި ބޭފުޅާ ކްލަބްތައް އަތްދަށަށްލައި ގަނެލީމަ އަޅުގަނޑުމެންނަށް ނެތް ކުރެވޭނެ ކަމެއް. ވަރަށް ސާފް އެ ނޫން އެއްވެސް ގޮތަކަށް މިކަމެއް ނުކުރެވޭނެ،" ސޮބާ ބުންޏެވެ.
އެ ބައްދަލުވުމުގައި ފާޅުކުރި އަނެއް ހިޔާލަކީ، އެފްއޭއެމް ފެޑެރޭޝަނަކަށް ހަދަން މަގު ފަހު ކުރުމަށްޓަކައި، ސަރަހައްދީ އެސޯސިއޭޝަންތައް ހެދުމަށްބާރު އެޅުމަށް ކްލަބްތައް މެދުވެރިކޮށް މަސައްކަތް ކުރުމެވެ.
އެގޮތުން އަތޮޅުތަކުގައި އެފްއޭއެމް ސަރަހައްދީ އެސޯސިއޭޝަންތައް ހެދުމަށް، އެފްއޭއެމްގެ އަސާސީ ގަވާއިދަށް ގެންނަންޖެހޭ އިސްލާހުތައް ހުށަހެޅުމަށް ކްލަބްތަކަށް އިލްތިމާސް ކުރުމަށް ބައެއް ބައިވެރިން ޝުއޫރުފާޅު ކުރި އެވެ.
ދިވެހި ލީގުގެ މިފޮޓޯތަކުން ފުޓްބޯޅަ ވެއްޓިފައިވާ ހާލަތު
200 މިލިއަނުން އިސްރާފު، މި ނޫން ގޮތެއް ހޯދަންޖެހޭ
ލީގު މެދުކަނޑާލިތާ 79 ދުވަސް ފަހުން މާދަމާ ފަށަނީ
ޔޫތު މިނިސްޓްރީން ކްލަބްތަކުގެ މެދުގައި ތަފާތު ކުރަނީ
ބިދޭސީ ހަ ކުޅުންތެރިންނަށް ޖާގަ ދޭން ވިސްނަނީ
ގޯތީގެ ގުރަށްފަހު ގަލޮޅު ދަނޑުގައި އަލުން ލީގު ފަށަނީ
އެހެން ޓީމަކަށް މާޒިޔާއާ ވާދަކޮށްލެވިދާނެތަ؟
ކްލަބްތަކުން ކުރި މަސައްކަތް އަގުވަޒަނެއް ނުކުރެވޭ
އާ ގައިޑްލައިންތަކާ އެކު ކްލަބްތަކުގެ ޕްރެކްޓިސް ފަށަނީ
ޕްރެޒިޑެންޓްސް ކަޕުގެ ފެށުން މާދަމާރޭ