Roadha Mihaaru

ދިރާގު ކޯލް އޮފް ޑިއުޓީ މޯބައިލް މިނީ ސީރީޒް 2އަށް ރަޖިސްޓްރީކުރުމުގެ ވަގުތު އިތުރުކޮށްފި

ދިރާގު ގޭމާރސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ ކޯލް އޮފް ޑިއުޓީ މޯބައިލް މިނީ ސީރީޒްއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭ 10 އާ ހަމައަށް އިތުރުކޮށްފި އެވެ.

ދިރާގު ސީއޯޑީ މޯބައިލް މިނީ ސީރީޒްއިން ފުރުސަތު!
އައިޝަތު ޖަޒްލީ
އައިޝަތު ޖަޒްލީ

27 އޯގަސްޓް 2025

ދިރާގު ގޭމާރސް ގިލްޑް (ޑީޖީޖީ) އިން އިންތިޒާމްކޮށްގެން ބާއްވާ ކޯލް އޮފް ޑިއުޓީ މޯބައިލް މިނީ ސީރީޒްއަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު މިރޭ 10 އާ ހަމައަށް އިތުރުކޮށްފި އެވެ.

ގޭމް ކުޅުންތެރިންގެ މެދުގައި މަގުބޫލް ކޯލް އޮފް ޑިއުޓީ މުބާރާތް އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ. އެ މުބާރާތް ކުރިއަށް ގެންދާނީ އޮންލައިންކޮށެވެ. އެ މުބާރާތުގައި ބައިވެރިވެ ވަނަ ހޯދާ ގޭމް ކުޅުންތެރިންނަށް ޖުމްލަ 10،000ރ. ގެ ޕްރައިޒް ޕޫލެއް ވަނީ ހުށަހަޅައިފަ އެވެ.

އެ މުބާރާތުގައި ބައިވެރިވާން ބޭނުންވާ ގޭމް ކުޅުންތެރިންނަށް dgg.mv މެދުވެރިކޮށް ރަޖިސްޓަރީ ކުރެވޭނެ އެވެ.

ދާދި ފަހުން ޑީޖީޖީއިން ވަނީ ރާއްޖޭގެ ތާރީހުގައި މިހާތަނަށް ބޭއްވި އެންމެ ބޮޑު އެއް ގޭމިން މުބާރާތް ކަމުގައިވާ ދިރާގު މޯލްޑިވްސް ގޭމިން ކޮންކުއެސްޓް (ޑީއެމްޖީސީ) ބާއްވައިފަ އެވެ. އެ މުބާރާތުގައި ރާއްޖޭގެ އެކި ހިސާބުތަކުން 1،500 އަށް ވުރެ ގިނަ ގޭމަރުން ބައިވެރިވި އެވެ.

ދިރާގުން ދަނީ ރާއްޖޭގެ އެންމެ ބޮޑު ގޭމިން ޕްލެޓްފޯމް ދިރާގު ގޭމާސް ގިލްޑް (ޑީޖީޖީ) މެދުވެރިކޮށް ރާއްޖޭގެ ގޭމަރުންގެ ހުނަރު އިތުރުކޮށްދީ، އީ-ސްޕޯޓްސް ފުޅާކޮށް، ގޭމިން ކޮމިއުނިޓީ އިތުރު ހަރުފަތްތަކަށް ގެންދިއުމަށް އެންމެ ކުރީ ސަފުގައި މަސައްކަތް ކުރަމުންނެވެ.