އުރީދޫ ނޭޝަން އާއި ޔޫތު މިނިސްޓްރީ ގުޅިގެން ފެށި ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025 ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
16 މާޗް 2025
އުރީދޫ ނޭޝަން އާއި ޔޫތު މިނިސްޓްރީ ގުޅިގެން ފެށި ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް 2025 ކާމިޔާބުކަމާއެކު ނިންމާލައިފި އެވެ.
ޖުމްލަ 30،000ރ. ގެ ޕްރައިޒްޕޫލަކާ އެކު ބާއްވާ މި ފެސްޓިވަލުގައި އީއޭއެފްސީ އާއި ޕަބްޖީ މޮބައިލް އަދި ޓެކެންގެ ޓައިޓަލްތަކަށް ގޭމަރުން ވާދަކުރި އެވެ. އެ ހަރަކާތަކީ ކުރިއަރަމުން އަންނަ ލޯކަލް ގޭމިން ކޮމިއުނިޓީގެ ހުނަރު ދައްކާލައި، އެކުވެރިކަމާއި ވާދަވެރިކަމާއެކު ގޭމް ކުޅޭ ފަރާތްތަކާ ގުޅުން ބަދަހިކުރަން ހުރިހާ އުމުރުފުރައަކަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔަ ފެސްޓިވަލެކެވެ.
މިދިޔަ ބުދަ ދުވަހުން ފެށިގެން ހުކުރު ދުވަހުގެ ރެއަށް ކުރިއަށް ގެންދިޔަ މި ފެސްޓިވަލް ނިންމާލުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި އެކި ވަނަތަކަށް ދިޔަ ބައިވެރިންނަށް ވަނީ އިނާމު ދީފަ އެވެ. އެ ރަސްމިއްޔާތުގައި ޔޫތު މިނިސްޓަރު އިބްރާހިމް ވަހީދު އަދި އުރީދޫގެ ޗީފް ކޮމާޝަލް އޮފިސާ ހުސައިން ނިޔާޒުގެ އިތުރުން މިނިސްޓްރީ އާއި އުރީދޫގެ އިސްވެރިން ބައިވެރިވި އެވެ.
އެ ފެސްޓިވަލުގައި ކުޅުނު ޕަބްޖީ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ އެލްއެފް ސްކައިފޯސް އެވެ. ދެ ވަނަ ހޯދީ އެސްޑީއެމްޒެޑް އެވެ. އަދި ތިން ވަނަ ހޯދީ ސިންޑިކޭޓް އެވެ.
އެ ފެސްޓިވަލުގެ ޓެކެން މުބާރާތުގެ ޗެމްޕިއަން އަކީ ތާބިޝް އެވެ. އެ މުބާރާތުގެ ދެ ވަނަ ޔޫހު ހޯދިއިރު ތިން ވަނަ ހޯދީ އަޝްވާނެވެ.
އެ ފެސްޓިވަލުގެ އީއޭއެފްސީ 25 މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ނައްސާމު އާއި ޔޫމަން އެވެ. އަދި ދެވަނަ ހޯދީ އިނާން އާއި ޖަނާން އެވެ. މުބާރާތުގެ ތިން ވަނަ ހޯދީ ޒަޔާން އާއި އަލްޔާން އެވެ.
މި ފެސްޓިވަލުގެ ކޮންމެ މުބާރާތެއްގެ ޗެމްޕިއަނަކަށް ހުށަހަޅާފައި ވަނީ 5،000ރ. ގެ އިނާމެކެވެ. އަދި ދެ ވަނަ އަށް 3،000ރ. ގެ އިނާމެއް ހުށަހަޅާފައިވާއިރު ތިން ވަނައަށް ހުށަހަޅާފައި ވަނީ 2،000ރ. ގެ އިނާމެކެވެ.
އުރީދޫން ދަނީ ރާއްޖޭގައި އީސްޕޯޓްސް ތަރައްގީ ކުރުމުގެ ގޮތުން މިފަދަ އެކި މުބާރާތްތައް ބާއްވަމުންނެވެ.
ވާދަވެރި ފިނާލޭއަކުން މޮޅުވީ ގަތަރުގެ ޓީމް
އެޕެކްސް ލެޖެންޑްސް ސީރީޒްގެ ފުރުސަތު
ރަމަޟާން އީސްޕޯޓްސް ފެސްޓިވަލް ކުރިއަށް ދަނީ
އަލްޓިމޭޓް ގޭމިން ފެސްޓިވަލް ހުކުރު ދުވަހު ބާއްވަނީ
ގޭމިން ފެސްޓިވަލް ފެބްރުއަރީ މަހު ބާއްވަނީ
"އަތޮޅު ދުވުމުގައި" އިނާމަކަށް ހައިބްރިޑް ބައިސްކަލެއް
އޮފީސްތަކުގެ އީސްޕޯޓްސް މުބާރާތަށް ހޫނު ތަރުހީބެއް!
އުރީދޫން އޮފީސްތަކަށް ގޭމިން މުބާރާތެއް ބާއްވަނީ
ގޭމަރުންނަށް "ދިރާގު ގޭމާސް ގިލްޑް" ޕްލެޓްފޯމެއް
އުރީދޫ ނޭޝަން އީއޭއެފްސީ ސީރީޒް ނިންމާލައިފި