13 އޯގަސްޓް 2023
ދިރާގުން ބޭއްވި ފުރަތަމަ އީ-ސްޕޯޓްސް މުބާރާތް. މޮބައިލް ލެޖެންޑްސް ކޮންކުއެސްޓުގެ ގްރޭންޑް ފިނާލޭގެ މެޗުތައް ނިންމައި ވަނަތަކަށް ދިޔަ ޓީމުތައް ހޮވައިފި އެވެ.
ދިރާގުން ބޭއްވި ފުރަތަމަ އީ-ސްޕޯޓްސް މުބާރާތް. މޮބައިލް ލެޖެންޑްސް ކޮންކުއެސްޓުގެ ގްރޭންޑް ފިނާލޭގެ މެޗުތައް ނިންމައި ވަނަތަކަށް ދިޔަ ޓީމުތައް ހޮވައިފި އެވެ.
ހުކުރު ދުވަހު ހަވީރު ދިރާގު ހެޑް އޮފީހުގައި ބޭއްވި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ޓީމް ސްލީޕިން ފޮރެސްޓެވެ. ދެ ވަނަ ހޯދީ ޓީމް ވިގަނި އެވެ. މުބާރާތުގެ ތިން ވަނަ ހޯދީ ޓީމް އެސްއެލްއެފްއޯ މެކްސިސް އެވެ.
ގްރޭންޑު ފިނާލޭގެ މެޗު ކުރިއަށް ދަނީ. -- ފޮޓޯ: ދިރާގު
ގްރޭންޑް ފިނާލޭގެ ފޯރި ގަދަކުރުމުގެ ގޮތުން ދިރާގުން ވަނީ އެއް ދުވަހުގެ ބޮޑު އިވެންޓެއް ބާއްވައިފަ އެވެ. މި އިވެންޓުގައި ގޭމު ބަލާނެ އޭރިއާއަކާއި ވީއާރު ގޭމާއި ތަފާތު އެކި ގޭމުތައް ކުޅެވޭނެ އިންތިޒާމް ހުރީ ހަމަޖައްސައިފަ އެވެ.
މި އިވެންޓުގައި އެއްދުވަހުގެ ފީފާ ޓޯނަމެންޓެއް ވެސް ކުރިއަށް ދިޔަ އެވެ. ޕީއެސް 5 އެއް ހުށަހަޅައިގެން ކުރިއަށް ގެންދިޔަ މި މުބާރާތުގެ ޗެމްޕިއަންކަން ހޯދީ މުހައްމަދު ޒަމީލް ޒިހުނީ އެވެ.
ފީފާ ޓޯނަމެންޓުގެ ޗެމްޕިއަންކަން ހޯދި ފަރާތަށް ޕީއެސް 5 ހަވާލުކުރަނީ. -- ފޮޓޯ: ދިރާގު
މި އިވެންޓުގައި ދިރާގުގެ ސީއީއޯ އަދި އެމްޑީ އިސްމާއިލް ރަޝީދު ވިދާޅުވީ އީ-ސްޕޯޓްސް ސަގާފަތް ދިވެހިރާއްޖޭގައި ކުރިއެރުމަށް ދިރާގުން މަސައްކަތްކުރަމުންދާނެ ކަމަށާއި މި އިވެންޓަކީ އެ މަސައްކަތްތަކުގެ ފެށުމެއް ކަމަށް ވިދާޅުވި އެވެ.
މިއީ ދިރާގުން ބޭއްވި ފުރަތަމަ އީ-ސްޕޯޓްސް މުބާރާތެވެ. މި މުބާރާތަކީ 100،000ރ. ގެ ޕްރައިޒް ޕޫލެއް ހުށަހަޅާ ކުރިއަށް ގެންދިޔަ މުބާރާތެކެވެ.
ގޭމަރުންނަށް "ދިރާގު ގޭމާސް ގިލްޑް" ޕްލެޓްފޯމެއް
ވާދަވެރި ފިނާލޭއަކުން މޮޅުވީ ގަތަރުގެ ޓީމް
އެޕެކްސް ލެޖެންޑްސް ސީރީޒްގެ ފުރުސަތު
ދިރާގު އީއޭއެފްސީ މިނީ ސީރީޒް 1 އަށް ބޮޑު ތަރުހީބެއް
ހަމަލާ ދިން ކުދިން ރެކްރޫޓު ކުރީ އޮންލައިން ގޭމަކުން!
"ރެޑްބުލް ކެމްޕަސް ކްލަޗް" މުބާރާތެއް ބާއްވަނީ
ގޭމްކުޅުމަށް ހާއްސަ ޕްލެޓްފޯމެއް ދިރާގުން ތައާރަފުކޮށްފި
ކޯލް އޮފް ޑިއުޓީގެ ބޮޑެތި ލީގުތައް ޔޫޓިއުބަށް
ލީޖަން ގޭމިންގެ ކޯލް އޮފް ޑިއުޓީ މުބާރާތް ފަށައިފި
ވީޑިއޯ ގޭމްގެ ފައިދާ 100 ބިލިއަނުން މައްޗަށް