ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިވެންޓް ކަމުގައިވާ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2025 - ޖޭ30 ގެ މެއިން ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
16 އޯގަސްޓް 2025
ރާއްޖޭގައި ބާއްވާ ފުރަތަމަ އިންޓަނޭޝަނަލް ޓެނިސް ފެޑެރޭޝަން (އައިޓީއެފް) އިވެންޓް ކަމުގައިވާ އައިޓީއެފް މޯލްޑިވްސް ޖޫނިއާ އޯޕަން 2025 - ޖޭ30 ގެ މެއިން ޕާޓްނަރަކަށް ދިރާގުން ސޮއިކޮށްފި އެވެ.
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) އިން އިންތިޒާމްކޮށްގެން ބާއްވާ 18 އަހަރުން ދަށުގެ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ މިއަދުން ފެށިގެން މި މަހުގެ 30 އަށް ގައުމީ ޓެނިސް ސެންޓަރުގަ އެވެ. މި މުބާރާތުގައި 24 ގައުމަކުން 100 އަށް ވުރެ ގިނަ އެތުލީޓުން ބައިވެރިވުމަށް ވަނީ ހަމަޖެހިފަ އެވެ. މީގެ ތެރޭގައި ރާއްޖޭގެ 22 ކުޅުންތެރިން ހިމެނެ އެވެ.
ދިރާގުން ފާހަގަކުރި ގޮތުގައި މިއީ ޒުވާން އެތުލީޓުންގެ ހުނަރުތައް ދައްކާލައި، ބައިނަލްއަގުވާމީ ފެންވަރުގެ މުބާރާތެއްގައި ވާދަކުރުމުގެ ފުރުސަތު ލިބޭނެ މުބާރާތެކެވެ. އަދި މި މުބާރާތް ރާއްޖޭގައި ބޭއްވުމަކީ ރާއްޖޭގެ ކުޅިވަރު ކަލަންޑަރުގައި ފާހަގަކޮށްލެވޭ ކާމިޔާބީއެއް ކަމަށް ވެސް ބުންޏެވެ.
ދިރާގުގެ ޑިރެކްޓާ ބްރޭންޑް އެންޑް މާކެޓިން ކޮމިއުނިކޭޝަންސް މިރްޝާން ހަސަން ވިދާޅުވީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ އައިޓީއެފް މުބާރާތުގެ ޕާޓްނަރެއްގެ ގޮތުގައި ހަރަކާތްތެރިވެ ރާއްޖޭގައި ޓެނިސް ކުރިއަރުވައި ޒުވާން ކުޅުންތެރިންނަށް ބައިނަލްއަގުވާމީ މައިދާނުގައި ވާދަކުރުމުގެ ފުރުސަތު ހޯދައިދިނުމުގައި ބައިވެރިވުމަކީ އެކުންފުންޏަށް ލިބޭ ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ ރާއްޖޭގައި ކުޅިވަރު ތަރައްގީކޮށް ކުޅިވަރު އިވެންޓްތަކުގެ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ދިރާގުން ދޭ އިސްކަން ދައްކުވައިދޭ ކަމެއްގެ ގޮތުގައި ވެސް ސިފަކުރެއްވި އެވެ.
ޓެނިސް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ޓީއޭއެމް) ގެ ނައިބު ރައީސް އިގްނާޒް މަންސޫރު ވަނީ މުބާރާތް ކާމިޔާބުކަމާއެކީ ގެންދިއުމަށް މުބާރާތުގެ މެއިން ޕާޓްނަރުގެ ގޮތުގައި ދިރާގުން ދޭ އެއްބާރުލުމާއި އެހީތެރިކަން ފާހަގަކުރައްވައިފަ އެވެ.
ދިރާގުން އަންނަނީ މުޖުތަމައުގެ ތެރޭގައި ހިންގާ ހަރަކާތްތަކަށް އެއްބާރުލުންދީ ކުޅިވަރު ތަރައްގީކުރުމަށް ކުރިއަށްގެންދާ މި ފަދަ މުހިންމު ހަރަކާތްތަކުގައި އެންމެ ކުރީ ސަފުގައި ބައިވެރިވެ ބައިނަލްއަގުވާމީ ކުޅިވަރު ހަރަކާތްތައް ބާއްވާ މަންޒިލެއްގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމަށް ހިންގާ ހަރަކާތްތަކަށް އެއްބާރުލުން ދެމުންނެވެ.
ދިރާގުން އައިފޯން 17 ޕްރޯ ހުސްވެއްޖެ
ދިރާގުން ދިވެހި ޕްރިމިއާ ލީގު ސްޕޮންސާކޮށްފި
ސީ-މީ-ވީ 6 ގްލޯބަލް ކޮންސޯޓިއަމް މީޓިން ބާއްވައިފި
އޭޝިއާކަޕް ބަލަން ދިރާގާއި މީޑިއާނެޓުން ހާއްސަ އޮފާއެއް
ދިރާގު ''ޑެސްކަޕް'' ފުޓްސަލް މުބާރާތް ނިންމާލައިފި
ދިރާގު ރޯޑް ރޭހުގެ މެޑަލާއި ރޭސް ކިޓް ދައްކާލައިފި
ދިރާގު ސީއޯޑީ މޯބައިލް މިނީ ސީރީޒްއިން ފުރުސަތު!
ރޯޑް ރޭހުގެ އޮފިޝަލް ކޯޗިން ޕާޓްނަރުން އިއުލާނުކޮށްފި
ވޮކޭޝަނަލް ޓްރެއިނިން ޕްރޮގްރާމަށް ދިރާގުގެ އެހީ
ރޯޑް ރޭހުގެ ކޯޕަރޭޓް ޓީމު ކެޓަގަރީގެ ފުރުސަތު