05 އޯގަސްޓް 2021
މަގާމު ހުސްވެފައި އޮތް ޓީ-ރެކްސް ބާސްކެޓްބޯޅަ ކްލަބުގެ އާ ކޯޗަކަށް، ކުރީގެ ބާސްކެޓްގެ ތަރި އަލީ ފަޒްލީ (އޮލިމްޕިކް) ހަމަަޖައްސައިފި އެވެ.
މަގާމު ހުސްވެފައި އޮތް ޓީ-ރެކްސް ބާސްކެޓްބޯޅަ ކްލަބުގެ އާ ކޯޗަކަށް، ކުރީގެ ބާސްކެޓްގެ ތަރި އަލީ ފަޒްލީ (އޮލިމްޕިކް) ހަމަަޖައްސައިފި އެވެ.
މިދިޔަ ހަތަރު އަހަރު އެ ޓީމަށް ކޯޗުކޮށްދިން، އިލްޔާސް އިބްރާހިމް (އިއްލެ) ވަނީ ކްލަބުގެ ކޯޗު ކަމުން ދުރަށް ޖެހިލިކަން އިއުލާން ކޮށްފަ އެވެ.
އެ ކްލަބުގެ އާ ކޯޗް ފަޒްލީ ވަނީ 2019 ގެ ސައުތު އޭޝިއަން ގޭމްސްގައި ކުޅުމަށް ފަހު ރިޓާޔާ ކޮށްފަ އެވެ. ފަޒްލީ އަކީ ވެސް ޓީރެކްސް އުފެދުމުގެ މަސައްކަތުގައި 2009 ގައި އުޅުނު އެއް ފައުންޑަރެވެ. ވިކްޓަރީ ސްޕޯޓްސް ކަލްބަށް އޭރު ކުޅުނު ކުޅުންތެރިންނާ އެކު އޭނާ ވެސް ޝާމިލު ވެގެން ޓީރެކްސް ވުޖޫދު ކުރި އެވެ.
ކުރީގެ ހަވީރު ނޫހުން ހޮވި 2010 ވަނަ އަހަރުގެ އެންމެ މޮޅު ބާސްކެޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ހޯދި، ފަޒްލީ ބުނީ ފުރަތަމަ ޑިވިޝަންގައި ކޯޗު ކޮށްދޭން ނިންމި ނިންމުމަކީ ޗެލެންޖެއްގެ ގޮތުގައި ނެގި ކަމެއް ކަމަށެވެ.
"އެންމެ ފުރަތަމަ ކަމަކީ ޓޮޕް ޑިވިޝަންގައި ކޯޗު ކޮށްދޭން ކޯޗެއްގެ ގޮތުގައި އެހާ ގިނަ ތަޖުރިބާތަކެއް ލިބުނު ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން،" ފަޒްލީ ބުންޏެވެ. "ކޯޗެއްގެ ގޮތުގައި ޓީރެކްސްއާ އެކު ކުރިމަތި ލަނީ އަޅުގަނޑުގެ އަމިއްލަ ނަފުސަށް ވެސް ޗެލެންޖެއް ނެގުމުގެ ގޮތުން."
ރެޑްލައިން ސްޕޯޓްސް ކްލަބު (އާރްއެލްސީ) އަށް ވެސް ކުޅުނު ފަޒްލީ ރިޓާޔާ ކުރީ ޓީރެކްސްއަށް ކުޅުމަށް ފަހު އެވެ. އެކުގައި ކުޅުނު ކުޅުންތެރިންގެ އާ ކޯޗަކަށް ވާނީ އޭނާ އެވެ. ކޯޗިންނާއި ކުޅުންތެރިއެއްގެ ގޮތުގައި ހޭދަކުރުން އެއީ މުޅިން ތަފާތު ދެކަމެކެވެ. ޒިންމާއި މަސައްކަތް ކުރަން ޖެހޭ ގޮތް ވެސް ތަފާތެވެ. އެ ތަފާތާ އެކު ޕްރޮފެޝަނަލް ގިންތިއެއްގައި އެކަން ގެންދެވޭނެ ކަމުގެ ޔަގީންކަން އޭނާ އަށް އެބައޮތެވެ.
ޓީރެކްސްގައި ފަޒްލީ (ކ) ކުޅުނު މެޗެއްގެ ތެރެއިން .-- ފޮޓޯ: ނިޝާން އަލީ | މިހާރު
"އަޅުގަނޑު ވެސް މި ތިބަ ކުޅުންތެރިންނާ އެކު ކުޅެފައި ހުރީމަ އެނގޭ އެ މީހުން މަސައްކަތް ކުރާ ގޮތް ކޮންމެ ކޯޗަކު ހުއްޓަސް އެ ކޯޗަކަށް ރެސްޕެކްޓް ދީގެން އެ ކުޅުންތެރިން ކުރިއަށްދާނީ،" ފަޒްލީ ބުންޏެވެ.
"އެ ކޯޗަކު ދޭ އިރުޝާދާ އެއްގޮތަށް މަސައްކަތް ވެސް ކުރޭ. އަޅުގަނޑަކަށް ހިއެއް ނުވޭ ވަކި އަޅުގަނޑު ވެގެނެއް އެ ކުޅުންތެރިންގެ ކިބައިގައި ހުރި ކަމެއް ބަދަލު ވާނެ ހެނެއް. އަނެއްކާ އަޅުގަނޑަށް ވެސް މިހާ ދުވަހު ކުޅެފައި ހުރީމަ އެނގޭ ކޯޗެއްގެ ގޮތުގައި ކުޅުންތެރިންނާ ވެސް ޑިލް ކުރާނެ ގޮތް."
ކުޅުންތެރިޔެއްގެ ގޮތުގައި އެންމެ ފަހުން ފަޒްލީ ކުރިމަތިލި މުބާރާތް، ސައުތު އޭޝިއަން ގޭމްސްއަކީ އޭނާ އަށް ތަފާތު ގޭމްސް އެކެވެ. އެ ގޭމްސްގައި ކުޅުމުގެ އުންމީދުގައި ގިނަ ޗެލެންޖުތަކެއް އޭނާ ނެގި އެވެ. ގޭމްސްގެ ވާހަކަ ދައްކަން ފެށިއިރު، އޭނާ ހުރީ ފިޓްކޮށެއް ނޫނެވެ. އެއީ އޭގެ ކުރިން ކުރިމަތިވި އަނިޔާއާ ގުޅިގެންނެވެ. އެ ކޮންޑިޝަންގައި އޭރު ހުރެގެން ގައުމީ ޓީމަށް ނާރާނެކަން އޭނާ އަށް އެނގެ އެވެ. އެހެންވެ ފަޒްލީ ޕްރެކްޓިސް ކުރަން ފެށީ އޭނާ އަށް ވުރެ އެތައް ގޮތަކުން ޖޫނިއާ ކުޅުންތެރިންނާ އެއްކޮށެވެ. އޭރު ސީނިއާ ކުޅުންތެރިން ދިޔައީ އެއް ޕޫލެއްގައި މަސައްކަތް ކުރަމުންނެވެ. ފައިނަލް ސްކޮޑް އެކުލަވާލައި ޓްރޭނިން ކޭމްޕަށް ތައްޔާރުވިއިރު އޭނާ ހުރީ ފިޓްވެފަ އެވެ.
"އަޅުގަނޑަށް ވުރެ އެތައް ގޮތަކުން ޖޫނިއާ ކުޅުންތެރިންނާ އެކު ޕްރެކްޓިސް ކުރަމުން ދިޔައީ ވަރަށް އުނދަގޫ ވެސް އުފުލަން ޖެހުނު. އެކަމަކު އޭރު ކުރެވުނު މަަސައްކަތާ މެދު ހިތްހަމަޖެހޭ،" އޭނާ ބުންޏެވެ.
ކުޅުން ހުއްޓާލަން ޖެހުމަކީ އިމޯޝަނަލް ގިނަ ކަންތައްތަކެއް ކުރިމަތިލާން ޖެހުނު ކަމެކެވެ. އެއީ ކޮންމެ ކުޅުންތެރިޔެއްގެ ކެރިއާގައި ވެސް ކުރިމަތިލާން ޖެހޭނެ ހާލަތެކެވެ.
"ސައުތު އޭޝިއަން ގޭމްސް އަށް ފަހު ދެން ކުޅުން ހުއްޓާލިކަން އަމިއްލަ އަށް ގަބޫލު ކުރެވުނީމަވެސް ހިތަށް އަރަނީ ހަށިގަނޑުގެ އެއްބައޭ އެދިޔައީ."
ގައުމީ މުބާރާތް ވެސް ޓީރެކްސް އާއި ކުއީންސް އަށް
ކިންގްސްގެ ރަސްކަން ނިންމުމަކަށްގެނެސް ޓީރެކްސްއަށް ތާޖު
ކިންގްސްގެ ކެޕްޓަން ފިރާ ވެސް ވާދަވެރި ޓީރެކްސް އަށް
ކިންގްސްގެ އަަންޓޭ އާއި ހުވޭ ވާދަވެރި ޓީރެކްސް އަށް
ޓީރެކްސް ބަލިކޮށް ރެޑްވިންގްސް ގައުމީ ފައިނަލަށް
ޗިކަނޭ އަށް އަނިޔާވެ ކަރުކަށިގަނޑުގައި ރެނދުލައިފި
ޓީރެކްސް އާއި ރެޑްވިންގްސް ފެށުން ރަނގަޅުކޮށްފި
އުނދަގޫ ނިންމުމެއް ނިންމައި ޗިކު ކިންގްސް އަށް
އަނެއްކާ ވެސް ކިންގްސް އާއި ޓީރެކްސްގެ ފައިނަލެއް
ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް އަށް