Roadha Mihaaru
ޓީރެކްސް ބަލިކޮށް ރެޑްވިންގްސް ގައުމީ ފައިނަލަށް

ޓީރެކްސް ބަލިކޮށް ރެޑްވިންގްސް ގައުމީ ފައިނަލަށް

16 މާޗް 2022

ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުގެ މައްޗަށް 10 ޕޮއިންޓުގެ ތަފާތަކުން ކާމިޔާބު ހޯދައި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލަށް ރެޑްވިންގްސް ބާސްކެޓްބޯޅަ ކްލަބް ފުރަތަމަ ފަހަރަށް ދަތުރުކޮށްފި އެވެ.

ހުސެއިން ހަބީބް ހުސެއިން ހަބީބް

ޓީރެކްސް ބާސްކެޓްބޯޅަ ކްލަބުގެ މައްޗަށް 10 ޕޮއިންޓުގެ ތަފާތަކުން ކާމިޔާބު ހޯދައި ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ފައިނަލަށް ރެޑްވިންގްސް ބާސްކެޓްބޯޅަ ކްލަބް ފުރަތަމަ ފަހަރަށް ދަތުރުކޮށްފި އެވެ.

ޒުވާން ކުޅުންތެރިންގެ މައްޗަށް ބަރޯސާވެފައިވާ ރެޑް ވިންގްސްއިން ޓީރެކްސްގެ މައްޗަށް ކުރި ހޯދީ 76-66 ޕޮއިންޓުންނެވެ. ގައުމީ މުބާރާތުގެ ފައިނަލަކީ، މި އަހަރު ރެޑްވިންގްސް ކުޅޭ ދެވަނަ ފައިނަލެވެ. އެ ޓީމުން ވަނީ ޖެނުއަރީ މަހު ނިމުނު ވީކެންޑް ބާސްކެޓްބޯޅަ ލީގު ކާމިޔާބުކޮށްފަ އެވެ.

ފައިނަލުގައި ރެޑް ވިންގްސްއާ ދެކޮޅަށް ނުކުންނާނީ، ފުރަތަމަ ސެމީ ފައިނަލުގައި ޓީރެކްސް ބަލިކޮށް ފައިނަލުން ޖާގަ ހޯދި ގައުމީ ލީގުގެ ޗެމްޕިއަން ކިންގްސް ބާސްކެޓްބޯޅަ ކްލަބެވެ.

ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި ރޭ ކުޅުނު މެޗުގައި އެންމެ ގިނަ ޕޮއިންޓް ހޯދީ ރެޑްވިންގްސްގެ ތޯމަސް މަލިކް ޖެރާލްޑް އެވެ. މެޗުގެ ފުރަތަމަ ޕީރިއަޑްގައި ޓިރެކްސް އިން ލީޑް ކުރީ 24-22 އިންނެވެ. ދެވަނަ ޕީރިއަޑްގައި ރެޑްވިންގްސް އިން ވަނީ 16 ޕޮއިންޓް ހޯދައިފަ އެވެ. ޓީރެކްސް އަށް ހޯދުނީ 12 ޕޮއިންޓެވެ.

ތިންވަނަ ކުއާޓަރުގައި ރެޑްވިންގްސްއިން 18 ޕޮއިންޓް ހޯދި އެވެ. އަދި އެ ޕީރިއަޑްގައި ޓީރެކްސް އަށް ހޯދުނީ 15 ޕޮއިންޓެވެ. ފަހު ޕީރިއަޑްގައި ރެޑްވިންގްސް 20 ޕޮއިންޓް ހޯދި އެވެ. ޓީރެކްސް އަށް ހޯދުނީ 15 ޕޮއިންޓެވެ.

އަންހެން ޑިވިޝަންގެ ފައިނަލަށް ވަނީ ކުއީންސް ބަލިކޮށް، ބެންޗު ސްޕޯޓްސް ކްލަބް ދަތުރުކޮށްފަ އެވެ. ފައިނަލްގައި ބެންޗް ސްޕޯޓްސްއާ ދެކޮޅަށް ނުކުންނާނީ ސައިކްލޯން އެވެ. އިއްޔެ ހަވީރު ކުޅުނު މެޗު ބެންޗުން ކާމިޔާބުކުރީ 59-52 އިންނެވެ.

މުބާރާތުގެ ފައިނަލް މެޗުތައް އޮންނާނީ ހުކުރު ދުވަހުގެ ހަވީރާއި ރޭގަނޑުގަ އެވެ. ހަވީރު އޮންނާނީ އަންހެން ޑިވިޝަންގެ ފައިނަލެވެ. ފިރިހެން ޑިވިޝަންގެ ފައިނަލް ކުޅޭނީ ރޭގަނޑު އެވެ.