18 މާޗް 2022
ފައިނަލްގައި ބެންޗު ސްޕޯޓްސް ކްލަބްގެ މައްޗަށް ކާމިޔާބު ހޯދައި، ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެސް ސައިކްލޯން ބާސްކެޓްބޯޅަ ކްލަބް ހޯދައިފި އެވެ.
ފައިނަލްގައި ބެންޗު ސްޕޯޓްސް ކްލަބްގެ މައްޗަށް ކާމިޔާބު ހޯދައި، ގައުމީ ބާސްކެޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ވެސް ސައިކްލޯން ބާސްކެޓްބޯޅަ ކްލަބް ހޯދައިފި އެވެ.
ސޯޝަލް ސެންޓަރުގެ އިންޑޯ ހޯލްގައި މިއަދު ހަވީރު ކުޅުނު މެޗު ސައިކްލޯންއިން ކާމިޔާބު ހޯދި 52 ޕޮއިންޓްގެ ބޮޑު ތަފާތަކުންނެވެ. ސައިކްލޯންއިން 95 ޕޮއިންޓް ހޯދިއިރު ބެންޗަށް ހޯދުނީ 43 ޕޮއިންޓެވެ.
ގައުމީ މުބާރާތުގެ ފައިނަލްގައި ސައިކްލޯންގެ އަނާ ބްރޮނޮވްޔަކް ބޯޅަ ހިފައިގެން ކުޅުންތެރިންގެ ކައިރިން ދާން މަސައްކަތް ކުރަނީ: ސައިކްލޯންގެ ކާމިޔާބުގައި ބްރޮނޮވްޔަކް ވަނީ މުހިންމު ދައުރެއް އަދާކޮށްފަ --- ފޮޓޯ: ފަޔާޒު މޫސާ | މިހާރު
ދެއަހަރުގެ މެދުކެނޑުމަކަށް ފަހު އަލުން ބާސްކެޓްގައި ވާދަކުރަން ފެށި ސައިކްލޯން ވަނީ ގައުމީ ލީގު ޗެމްޕިއަންކަން ވެސް ހޯދައިފަ އެވެ. ދެމުބާރާތް ވެސް ކުއީންސް އަށް ހޯދައިދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރި ކުޅުންތެރިޔަކީ ސާބިއާގެ ކުޅުންތެރިޔާ އަނާ ބްރޮނޮވްޔަކް އެވެ.
މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ އޭނާ އެވެ. ގައުމީ މުބާރާތް ސައިކްލޯންއިން ހޯދުމުން، އެޓީމުގެ ކޯޗް އަހްމަދު ނަޒީފް ވަނީ މިއަހަރު އޭނާ ކޯޗު ކަމުގެ ދަށުން ތިން ތަށި ހޯދައިފަ އެވެ. ޖެނުއަރީ މަހު ނިމުނު ވީކެންޑް ބާސްކެޓްބޯޅަ ލީގުގެ ޗެމްޕިއަންކަން އޭނާ ވަނީ ރެޑް ވިންގްސް އަށް ހޯދައިދީފަ އެވެ. އަންހެން ޑިވިޝަންގެ ގައުމީ ލީގާއި ގައުމީ މުބާރާތް ސައިކްލޯން އިން ކާމިޔާބުކޮށްދިނެވެ. އަދި ރެޑްވިންގްސްގެ ޔޫތު ޓީމުގެ ގޮތުގެ މަޝްހޫރު ވެފައިވާ ސްޕާޓަންސްއިން ވަނީ ހުރިހާ މެޗަކުން މޮޅުވެ ދެވަނަ ޑިވިޝަންގެ ތަށި ހޯދައިފަ އެވެ. އެޓީމަށް ވެސް އިރުޝާދު ދިނީ ނަޒީފް އެވެ.
ނަޒީގެ ބާސްކެޓް ކޯޗުކަމުގެ ތަރި އެންމެ އުހުގައި
ޓީރެކްސް ބަލިކޮށް ރެޑްވިންގްސް ގައުމީ ފައިނަލަށް
ހުރިހާ މެޗަކުން މޮޅުވެ ސްޕާޓަންސް ތަށި އުފުލާލައިފި
ބޯޅައިން ޖަހައި ސީލިންގު ފަޅާލި ކޮބީ ސަސްޕެންޑްކޮށްފި
ޒީދާންގެ ކުރިއެރުމާއި ރެޑް ވިންގްސް ގުޅިފައި
ނުކުޅެވޭނެ ކަމަށްބުނެ ބާކީކޮށްލި އަމްޒަރު އެންމެ އުހަށް
ބޮޑުއަގުގައި ކުޅުންތެރިން ގެންގޮސް ބައުސް ވަރުގަދަކޮށްފި
އަނެއްކާ ވެސް ކިންގްސް އާއި ޓީރެކްސްގެ ފައިނަލެއް
ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް އަށް
ކިންގްސް ހުއްޓުވައި ގައުމީ ޗެމްޕިއަންކަން ޓީރެކްސް އަށް