03 މާޗް 2022
މެދުނުކެނޑި ބާސްކެޓްބޯޅަ ކުޅޭތާ 13 އަހަރުވީ އެވެ. އިސްކަންދަރު ސްކޫލްގެ ގްރޭޑް 5 ގައި އުޅެމުން އިންޓަ ހައުސް މުބާރާތުގައި ބާސްކެޓްބޯޅަ ކުޅެންފެށި ގޮތަށް މުހައްމަދު ޒީދާން ޒައީމް، 23، މެދުކަނޑާނުލައި ދިޔައީ ކުރި އަށެވެ. އިންޓަ ސްކޫލް މުބާރާތުގައި އޭނާގެ ކުޅުން ފާހަގަވުމުން ބާސްކެޓްގެ ޔޫތު ޕޫލަށް އޭނާ ވެއްދި އެވެ. އެ ޕްރޮގްރާމުގެ ތެރެއިން އެކި ކޯޗުންނާ އެކު މަސައްކަތް ކުރުމުން ބާސްކެޓްގައި އޭނާގެ ވަކިވަކި ހުނަރުތައް ކުރިއަރަން ފެށި ކަމަށް ޒިދާން ބުންޏެވެ.
މެދުނުކެނޑި ބާސްކެޓްބޯޅަ ކުޅޭތާ 13 އަހަރުވީ އެވެ. އިސްކަންދަރު ސްކޫލްގެ ގްރޭޑް 5 ގައި އުޅެމުން އިންޓަ ހައުސް މުބާރާތުގައި ބާސްކެޓްބޯޅަ ކުޅެންފެށި ގޮތަށް މުހައްމަދު ޒީދާން ޒައީމް، 23، މެދުކަނޑާނުލައި ދިޔައީ ކުރި އަށެވެ. އިންޓަ ސްކޫލް މުބާރާތުގައި އޭނާގެ ކުޅުން ފާހަގަވުމުން ބާސްކެޓްގެ ޔޫތު ޕޫލަށް އޭނާ ވެއްދި އެވެ. އެ ޕްރޮގްރާމުގެ ތެރެއިން އެކި ކޯޗުންނާ އެކު މަސައްކަތް ކުރުމުން ބާސްކެޓްގައި އޭނާގެ ވަކިވަކި ހުނަރުތައް ކުރިއަރަން ފެށި ކަމަށް ޒިދާން ބުންޏެވެ.
"އިންޓަ ސްކޫލް މުބާރާތުގައި ކޮންމެ އަހަރަކު ވެސް ގަދަ ފަހެއްގެ ތެރޭގައި ހިމެނުނު. ދެން އެހާ ހިސާބުން އެނގިއްޖެ މިއީ އަޅުގަނޑަށް ކުރިއަށް ދެވޭނެ ކުޅިވަރެއްކަން،" ބާސްކެޓްގައި ކުރިއަށްދާން ހިތްޖެހުނު ގޮތް ޒީދާން ކިޔައި ދިނެވެ.
ސްކޫލްގައި އުޅުނު އިރު ވެސް ދަށް ޑިވިޝަންތަކުގެ ބައެއް ކްލަބްތަކަށް ކުޅުމުގެ ދައުވަތު އޭނާ އަށް ލިބުނެވެ. މިހާރު ކުރިއަށްދާ ގައުމީ ބާސްކެޓް ލީގުގައި ގަދަ ތިނެއްގެ ތެރޭގައި ހިމެނޭ ރެޑް ވިންގްސް އަށް ވެސް ޒީދާން ކުޅެން ފެށީ ދަށް ޑިވިޝަންތަކުން ފެށިގެންނެވެ. އޭނާ ބުނިގޮތުގައި ރެޑް ވިންގްސްގައި ކުޅެން ފެށުމަކީ މަޑުމަޑުން ކުރިއަށް ދިޔަ އޭނާގެ ކެރިއާ އަށް ހަލުވިކަން އައި ހިސާބެވެ.
ރެޑް ވިންގްސް ކުޅުނު މެޗެއްގައި ޒީދާން ބޯޅަ ހޫކްސްގެ ތެރެއަށް ވައްޓާލަން މަސައްކަތް ކުރަނީ
"މި ޓީމުގައި މި ތިބީ ކެރެކްޓާ ވައިސްކޮށް ބެލިޔަސް ވަރަށް ގުޅޭ ކުޅުންތެރިންތަކެއް. އެކަކު އަނެކަކަށް ރަނގަޅު ގުޅުމެއް އެބައޮތް. ދެވަނަ ޑިވިޝަނުން ފެށިގެން އެއްކޮށް ކުޅުނު ކުޅުންތެރިން މިތިބީ،" ރެޑް ވިންގްސްގެ ވައިސް ކެޕްޓަންކަން ކުރަމުން އަންނަ ޒީދާން ބުންޏެވެ.
އޭނާ ބުނި ގޮތުގައި މި އަހަރު ގައުމީ ލީގަކީ މިދިޔަ ދެތިން އަހަރު ތެރޭ ފެނުނު އެންމެ ވާދަވެރި ލީގެވެ. ޓީމުތަކުގެ ވާދަވެރިކަން ބޮޑެވެ. ބާސްކެޓްގެ ދެބާރުގެ ގޮތުގައި އޮތް ކިންގްސް ބާސްކެޓް ބޯޅަ ކްލަބާއި ޓީރެކްސްގެ ފަހަތުން ޒުވާން ކުޅުންތެރިން ގިނަ ރެޑް ވިންގްސް އަށް ހޯދުނު ބޮޑު ކުރިއެރުމެއް ކަމަށް ޒީދާން ގަބޫލު ކުރެ އެވެ.
"މިވަރުގެ މުބާރާތެއްގެ ޓޮޕް ފަހަކަށް ވަންނަން އަޅުގަނޑު ވެސް އަދި ކުރަން ޖެހޭ ވަރަށް ގިނަ މަސައްކަތް އެބަހުރި. މިފަހަރު މިފެންނަނީ ވަރަށް ވާންކޮށް ދާތަން،" އޭނާ ބުންޏެވެ.
"އެކަމަކު ޓީމާ ބެހޭގޮތުން ވާހަކަ ދައްކަންޏާ، ގަދަ ހަތަރެއްގެ ތެރޭގައި ރެޑް ވިންގްސް މިހާރު ހިފަހައްޓާނެ."
ޖެނުއަރީ މަހު ނިިމިގެން ދިޔަ ވީކެންޑް ބާސްކެޓްބޯޅަ ލީގު ކާމިޔާބު ކުރި ރެޑް ވިންގްސް ބާސްކެޓް ބޯޅަ ކްލަބް ފޮޓޯ އަކަށް ހުއްޓިގެން
ރާއްޖޭގެ ތުރީ އޮން ތުރީ ބާސްކެޓްގައި ގަދަ ފަހެއްގެ ތެރޭގައި ހިމެނޭ ޒީދާން ބުނި ގޮތުގައި އޭނާގެ ކެރިއާ ކުރިއަށް ދަނީ ރެޑް ވިންގްސްގެ ކުރިއެރުމާ ގުޅޭ ގޮތަށެވެ.
"އިންޑިވިޖުއަލީ ވެސް ދެން އޮންނަ ސްޓެޕަށް ދާން އަޅުގަނޑު މަސައްކަތް ކުރަނީ ކެތްތެރިކަމާ އެކު. ރެޑް ވިންގްސް ވެސް ފެށީ އެގޮތަށް. ދަށުން ފަށައިގެން މައްޗަށް،" ޖެނުއަރީ މަހު ނިމިގެން ދިޔަ ވީކެންޑް ލީގު ރެޑް ވިިންގްސް އަށް ހޯދައިދިނުމުގައި މުހިންމު ދައުރެއް އަދާކުރި ކުޅުންތެރިޔާ ބުންޏެވެ.
"މިހާރު ޓީމު ދައްކާ ކުޅުމަށް ބަލާއިރު ދެ އަހަރެއްގެ ތެރޭ އިތުރު ތަށިތައް ވެސް ހޯދޭނެ ޓީމަކަށް މި ޓީމު ވާނެ."
ނަޒީގެ ބާސްކެޓް ކޯޗުކަމުގެ ތަރި އެންމެ އުހުގައި
ގައުމީ މުބާރާތުގެ ޗެމްޕިއަންކަން ވެސް ސައިކްލޯން އަށް
ޓީރެކްސް ބަލިކޮށް ރެޑްވިންގްސް ގައުމީ ފައިނަލަށް
ހުރިހާ މެޗަކުން މޮޅުވެ ސްޕާޓަންސް ތަށި އުފުލާލައިފި
ބޯޅައިން ޖަހައި ސީލިންގު ފަޅާލި ކޮބީ ސަސްޕެންޑްކޮށްފި
ނުކުޅެވޭނެ ކަމަށްބުނެ ބާކީކޮށްލި އަމްޒަރު އެންމެ އުހަށް
ބޮޑުއަގުގައި ކުޅުންތެރިން ގެންގޮސް ބައުސް ވަރުގަދަކޮށްފި
އަނެއްކާ ވެސް ކިންގްސް އާއި ޓީރެކްސްގެ ފައިނަލެއް
ފައިނަލުގެ ފުރަތަމަ ޖާގަ ޓީރެކްސް އަށް
ކިންގްސް ހުއްޓުވައި ގައުމީ ޗެމްޕިއަންކަން ޓީރެކްސް އަށް