Roadha Mihaaru
ރައީސް ދެއްވީ ގުރައިދޫ އެއާޕޯޓު ފަށާނެކަމުގެ ޔަގީންކަން

ރައީސް ދެއްވީ ގުރައިދޫ އެއާޕޯޓުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގެ ޔަގީންކަން!

06 ފެބުރުއަރީ 2024

މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ހިމަނާފައި ނެތް ނަމަވެސް، ތ. ގުރައިދޫގައި އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ އެއާޕޯޓު މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގެ ޔަގީންކަން މިއަދު ދެއްވައިފި އެވެ.

އައިޝަތު ނުޒުހާ ތ. ގުރައިދޫން އައިޝަތު ނުޒުހާ

މި އަހަރަށް ލަފާކޮށް ފާސްކުރި ބަޖެޓުގައި ހިމަނާފައި ނެތް ނަމަވެސް، ތ. ގުރައިދޫގައި އަޅަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެންފައިވާ އެއާޕޯޓު މަޝްރޫއުގެ މަސައްކަތް މި އަހަރު ފަށާނެ ކަމުގެ ޔަގީންކަން މިއަދު ދެއްވައިފި އެވެ.

މިދިޔަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކާމިޔާބީ އަށް ފަހު، ރާއްޖޭގެ ރަށަކަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި ގުރައިދު އަށް ވަޑައިގެން މި ރަށުގެ މީހުންނާ ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިންތިގާލީ މަރުހަލާގައި ބަޖެޓު ފާސްކުރުމާ ދޭތެރޭ ލިބުނީ ކުޑަކުޑަ ވަގުތުކޮޅެއް ކަމަށާއި މި ސަރުކާރުގެ މަޝްރޫއުތައް ބަޖެޓުގައި ވީ ވަރަކުން ހިމަނާފައިވާނެ ކަމަށެވެ.

ނަމަވެސް، އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޮތް މަޖިލީހުން ސަރުކާރުގެ މުހިންމު މަޝްރޫއުތައް ބަޖެޓުން އުނިކޮށްފައިވާ ކަން ރައީސް މުއިއްޒު ފާހަގަކުރެއްވި އެވެ. އޭގެ މިސާލެއްގެ ގޮތުން އެ މަނިކުފާނު ނެންގެވީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް މި ސަރުކާރުގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު މަސައްކަތެވެ.

Th. Guraidhoo ah airport ah, Madifuttaa Dhiyamigiyyah causeway

Th. Guraidhoo ah airport ah, Madifuttaa Dhiyamigiyyah causeway

The most trusted news source in the Maldives

Mihaaru

ގުރައިދޫގައި އެއާޕޯޓު އެޅުމަކީ ރައީސްގެ ރިޔާސީ ވައުދެއް --

"ބަޖެޓުން އުނިކުރިޔަސް ގާނޫނީ އިމުގެ ތެރެއިން ކުރެވޭނެ ގޮތްގޮތް ހުންނާނެ ކަން އިރާދަކުރެއްވިއްޔާ އެ މަޝްރޫއުން ވެސް ފެނިގެން ދިޔަ، އެ މަޝްރޫއު އަޅުގަނޑުމެން ވާނީ ފަށާފައި،" ރާއްޖޭގެ ގިނަ ބަޔަކަށް ބޯހިޔާވަހިކަން ހޯދައި ދިނުމަށް ރައީސް މުއިއްޒު ގެންގުޅުއްވާ އެންމެ އުންމީދީ މަޝްރޫއު ކަމަށްވާ ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެ ހިއްކުމަށް އިޝާރާތް ކުރައްވަމުން އެ މަނިކުފާނު ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ހަމަ އެ ބީދައިން ގުރައިދޫގައި ހަދާ އެއާޕޯޓުގެ މަސައްކަތް ވެސް މި އަހަރު ތެރޭގައި ފަށާނެ ކަމަށާއި އެ ކަން ކުރެވޭނެ ގޮތެއް ހޯދޭނެ ކަމަށެވެ.

"މި އަހަރު އެއާޕޯޓު މަސައްކަތް ފަށާނަން. އަޅުގަނޑުމެންނަން ގާނޫނީ އިމުގެ ތެރެއިން ކަން ކުރެވޭނެ ގޮތް ހޯދޭނެ، ހޯދާނަން، ހޯދައި އިރާދަކުރެއްވިއްޔާ މި އަހަރު މަސައްކަތް ފަށާނަން،" ރައީސް މުއިއްޒު ވިދާޅުވި އެވެ.

އެއީ މި ރަށުގެ މީހުންނަށް ކޮށްދޭނެ ކަމަށް ވައުދުވި އެންމެ މުހިންމު ކަންތައްކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ، އިތުރު ކަންކަން ވެސް އެބަހުރި ކަމަށާއި އެކަންކަން ކުރެވެން އޮތީ ތަރުތީބު ކޮށްލައިގެން ކަމަށެވެ.

ރައީސަށް މަރުހަބާ ދެންނެވުމަށް ގުރައިދޫގައި ބަހައްޓާފައިވާ އެއާޕޯޓު ދައްކުވައިދޭ ގިޑިގެ -

ރައީސަށް މަރުހަބާ ދެންނެވުމަށް ގުރައިދޫގައި ބަހައްޓާފައިވާ އެއާޕޯޓު ދައްކުވައިދޭ ގިޑިގެ -

ރައީސް މުއިއްޒު ވިދާޅުވީ، އިގްތިސާދު މި ވަގުތު އޮތީ ކުރިން ނުވެއްޓޭ ފަދަ އަނދަވަޅަކަށް ވައްޓާލާފައި ކަމަށާއި އެ ހަގީގަތް ގަބޫލުކުރަން ޖެހޭ ކަމަށެވެ. އެހެންކަމުން މާލީ ހާލަތު ތަން ދޭ ވަރަކުން ދެން ކުރަން ހުރި ކަންކަން ރަށު ކައުންސިލް މެދުވެރިކޮށް ތަރުތީބު ކޮށްލާނެ ކަމަށް ވިދާޅުވި އެވެ.

"ތަރުތީބު ކޮށްގެން އަޅުގަނޑު ދޭ ޔަގީންކަމަކީ އެއާޕޯޓު ވައުދު ގޮތަށް މިރަށުގައި ދެން ކުރަން ހުރި ހުރިހާ ކަމެއް ވެސް ދެން ކޮށްދީ ފުރިހަމަ ކޮށްދޭނެކަން، އެ ޔަގީންކަން ދެން،" ރައީސް ވިދާޅުވި އެވެ.

އެ މަނިކުފާނު ވައުދުވެވަޑައިގެންނެވީ ގުރައިދޫގައި ބިން ހިއްކައިގެން އެއާޕޯޓެއް ތަރައްގީކުރާށެވެ. އެއާޕޯޓު މަޝްރޫއަށް ބިން ހިއްކުމުގައި ގުރައިދޫ ކައިރީގައި އޮތް ގާދިއްފުށީގައި ވެސް ބިން ހިއްކުމުގެ މަޝްރޫއެއް ކުރިއަށް ގެންދަވާނެ ކަމަށް އޭރު ވިދާޅުވެފައިވެ އެވެ.