ރާއްޖޭގެ އިގުތިސާދުގެ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް މިހާތަނަށް ފުޅާވެފައި ނެތް ހދ. އާއި ތ. އަތޮޅު ފަދަ ހިސާބުތަކަށް ޓޫރިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މި އަހަރުގެ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ އިގުތިސާދުގެ މައި ސިނާއަތް ކަމަށްވާ ޓޫރިޒަމް މިހާތަނަށް ފުޅާވެފައި ނެތް ހދ. އާއި ތ. އަތޮޅު ފަދަ ހިސާބުތަކަށް ޓޫރިޒަމް ފުޅާކުރުމަކީ ސަރުކާރުގެ މި އަހަރުގެ އަމާޒެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.
މި އަހަރުގެ ރިޔާސީ ބަޔާން ރައްޔިތުންގެ މަޖިލިހުގެ މި ދައުރުގެ ފުރަތަމަ ޖަލްސާ އަށް އިއްވަވަމުން އެ މަނިކުފާނު ވިދާޅުވީ، އެފަދަ އަތޮޅުތަކަށް ޓޫރިޒަމް ފުޅާކުރާނީ އިންސްވެޓް ކުރުމުގެ ލުއިތަކުގެ އިތުރުން "އެ ނޫން އިންސެންޓިވްތައް" ދީގެން ކަމަށެވެ. އެހެންވެ، ހދ. އާއި ތ. އަތޮޅު ފަދަ ފަދަ ރަށްރަށުގައި މި އަހަރު ރިސޯޓުތައް ހަދަން ފެށުމަކީ އަމާޒެއް ކަމަށް ރައީސް ވިދާޅުވި އެވެ.
ރިޔާސީ ބަޔާނުގައި ރައީސް މުއިއްޒު ފާހަގަކުރެއްވި ގޮތުގައި، ރާއްޖޭގެ ތާރީހުގައި ފުރަތަމަ ފަހަރަށް ދެ މިލިއަން ޓޫރިސްޓުން ވަނީ މިދިޔަ އަހަރު ޒިޔާރަތް ކޮށްފަ އެވެ. އަދި 2023 ވަނަ އަހަރާ އަޅާ ބަލާއިރު، މިދިޔަ އަހަރު ރާއްޖެ އައި ޓޫރިސްޓުންގެ އަދަދު ނުވަ ޕަސެންޓު އިތުރު ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.
"މި އަހަރުގެ އަމާޒަކީ މި އަހަރުގެ ނިޔަލަށް 2.3 މިލިއަން ފަތުރުވެރިން ޒިޔާރަތްކުރުން. މި އަމާޒު ހާސިލް ކުރުމަށްޓަކައި ގިނަގުނަ މަސައްކަތްތަކެއް މިހާރު ވަނީ ކުރަން ފެށިފައި،" ރައީސް ވިދާޅުވި އެވެ.
އެ މަނިކުފާނުގެ ރިޔާސީ ބަޔާނުގައި ވަނީ ރާއްޖެ އަށް ޓޫރިސްޓުން އިތުރު ކުރުމަށްޓަކައި މޯލްޑިވިއަން އެއާލައިނުން ފުރަތަމަ ފަހަރަށް ވައިޑްބޮޑީ އެއާކްރާފްޓް އިފުތިތާހު ކުރިކަން ފާހަގަކުރައްވައިފަ އެވެ. ޗައިނާގެ އިތުރު ސިޓީތަކާއި އެހެނިހެން ސަރަހައްދުތަކަށް މޯލްޑިވިއަން އެއާލައިންގެ އިންޓަނޭޝަނަލް އޮޕަރޭޝަން ފުޅާކުރުމުގެ މަސައްކަތްތަައް ކުރިއަށް ގެންދާ ކަމަށް ރައީސް ވިދާޅުވި އެވެ.
"ހަމަ އެއާއެކު، މި ފުރުސަތުގައ އަޅުގަނޑު ފާހަގަކޮށްލަން ބޭނުން، އިތުރު ވައިޑްބޮޑީ އެއާކްރާފްޓެއް އޮކްޓޫބަރުގައި ގެނައުމަށް ވަނީ ހަމަޖެހިފައި. މިކަމުގެ ސަބަބުން ޔޫރަޕްގެ ބައެއް މަންޒިލްތަކަށް ވެސް ގައުމީ އެއާލައިންގައި ސީދާ ރާއްޖޭން އުދުހެން ފެށޭނެ،" ރައީސް ވިދާޅުވި އެވެ.
ޓޫރިޒަމް ފައްކާވެފައި އޮތް އަތޮޅަކަށް ހދ. ހަދާނަން
ސީޕްލޭން ހަބަކާއެކު އައްޑުއަށް ޓޫރިޒަމް މަޝްރޫއެއް
މިއަހަރު 20 ރިސޯޓު ހުޅުވަން އަމާޒު ހިފައިފި
ވައުދު ވަނީ ފުއްދޭނެކަމުގެ ޔަގީންކަން އޮތުމުން: ރައީސް
ހދ. ނާގޯށި އަންނަ އަހަރު ހުޅުވަނީ
ހަނިމާދޫ ހޮސްޕިޓަލްގެ ބިންގާ އަޅައިފި
ހަނިމާދޫ އެއާޕޯޓް ނޮވެމްބަރުގައި ހުޅުވަނީ
ހިރިމަރަދޫން ހަނިމާދޫއަށް ހިޖުރަކުރާ މީހުންނަށް ގޯތި
ލޯކަލް ޓޫރިޒަމް ހިންގަންވާނީ ދީނީ އިމުގައި: ރައީސް
ކުދިންތަކެއް ރައީސަށް ދިން ސިޓީ: ކުރީ ބޮޑު ޝަކުވާއެއް