ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރު ފުރާވަޑައިގެންފި އެވެ.
19 ސެޕްޓެމްބަރ 2025
ރައީސް ޑރ. މުހައްމަދު މުއިއްޒު ހަތަރު އަތޮޅަކަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު މެންދުރު ފުރާވަޑައިގެންފި އެވެ.
އެ މަނިކުފާނު ވަޑައިގަންނަވާނީ ވ. މ. ފ. އަދި ތ. އަތޮޅަށެވެ.
މިއަދުން ފެށިގެން އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ކުރައްވާ އެ ދަތުރުފުޅުގައި އެ އަތޮޅުތަކުގައި މީހުން ދިރިއުޅޭ 31 ރަށަށް އެ މަނިކުފާނު ވަޑައިގަންނަވާނެ އެވެ.
މިއަދު ފުރަތަމަ ވަޑައިގަންވަނީ ވ. އަތޮޅުގެ ރަށްތަކަށެވެ. އޭގެ ތެރޭގައި ހިމެނެނީ ފުލިދު އާއި ތިނަދޫ އަދި ފެލިދު އެވެ.
ދަތުރުފުޅުގައި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީތަކާއި އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ރައީސް މުއިއްޒު ބައްދަލުކުރައްވަން ވަނީ ހަމަޖެހިފަ އެވެ.
އަދި ރަށްރަށުގެ ތަރައްގީއަށްޓަކައި ކުރިއަށް ގެންދިއުމަށް ސަރުކާރުން ނިންމާފައިވާ ބައެއް މަޝްރޫއުތައް ފައްޓަވައި ދެއްވުމާއި ނިމިފައިވާ ބައެއް މަޝްރޫއުތައް އިފުތިތާހު ކުރުން ވެސް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
ރައީސް އޮފީހުން ބުނިގޮތުގައި، މިއީ ރައީސް މުއިއްޒުގެ ވައުދާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ރައްޔިތުންގެ ހާލަތު ބެއްލެވުމަށާއި މި ރިޔާސީ ދައުރުގެ ތެރޭގައި ދެ ފަހަރު މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ޒިޔާރަތް ކުރެއްވުމަށް ވެވަޑައިގެންފައިވާ ވައުދާ އެއްގޮތަށް ސިލްސިލާކޮށް ކުރިއަށް ގެންދަވާ ދަތުރުފުޅެއް ކަމަށެވެ.
މި ފަހަރުގެ ދަތުރުފުޅުގައި ވެސް ރައީސްގެ އަރިހުގައި ބައެއް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
އެ މަނިކުފާނު އެންމެ ފަހުން ވަޑައިގަތީ އއ. އަތޮޅުގެ ރަށްތަކަށެވެ. މި މަހު ރައީސް ވަނީ ބ. އަތޮޅަށް ވެސް ވަޑައިގަންނަވައިފަ އެވެ.
ފުލިދު އަށް އެންމެ އުފާވެރި އެއް ދުވަސް
މަޑިފުށީގެ އިހުތިސާސްގައި ދެ ރަށް ހިމަނައިފި
ހދ. ތ. އަތޮޅަށް ޓޫރިޒަމް ފުޅާކުރުން އަމާޒަކަށް
"އިގްތިސާދަށް ނުބަލައި ކަޑަޖަހާ ވެރިއަކަށް ނުވާނަން"
ރައީސް ދެއްވީ ގުރައިދޫ އެއާޕޯޓު ފަށާނެކަމުގެ ޔަގީންކަން
ރައީސްގެ ފުރަތަމަ ދަތުރު، ގިނަ ވޯޓު ލިބުނު ރަށުން
ވާމިލިއަންނާ ދޭތެރޭ ފިޔަވަޅެއް ނާޅާ
ތިން އަތޮޅެއްގެ ރަށްތައް ގުޅާލަން އިއުލާންކޮށްފި
ތިން އަތޮޅެއްގެ ފެރީތައް ވާމިލިއަނުން ހުއްޓާލައިފި
ދެކުނުގައި ދިރާގުގެ ހިދުމަތްތަކަށް ބުރޫ އަރައިފި