ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، އެ މަނިކުފާނަށް ނިސްބަތުން އެންމެ ގިނަ ވޯޓު ލިބުނު ރަށް، ތ. ގުރައިދުއާއެކު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
06 ފެބުރުއަރީ 2024
ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ޑރ. މުހައްމަދު މުއިއްޒު އަތޮޅުތެރެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅުގައި، އެ މަނިކުފާނަށް ނިސްބަތުން އެންމެ ގިނަ ވޯޓު ލިބުނު ރަށް، ތ. ގުރައިދުއާއެކު އެ އަތޮޅަށް ކުރައްވާ ދަތުރުފުޅެއް މިއަދު ފައްޓަވައިފި އެވެ.
ރައީސް އޮފީހުން ބުނީ އަންނަ ބުރާސްފަތި ދުވަހާ ހަމައަށް ކުރައްވާ ދަތުރުފުޅުގައި އެ އަތޮޅުގެ 11 ރަށަކަށް ވަޑައިގެން، ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީ އަށް މަސައްކަތްކުރާ ކޮމިޓީ އަދި އާއްމުންނާ ބައްދަލުކުރައްވާނެ ކަމަށެވެ.
ރަށްރަށުގެ ތަރައްގީ އަށް އެންމެ މުހިންމު މަޝްރޫއުތަކާއި އެ ރަށްރަށުގެ ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ރައީސް އޮފީހުން ބުންޏެވެ.
އެ މަނިކުފާނު ވަނީ، މަގާމާ ހަވާލުވެވަޑައިގަތުމަށްފަހު އެންމެ ފުރަތަމަ ވަޑައިގަންނަވާނީ މިދިޔަ ސެޕްޓެމްބަރު މަހު ބޭއްވި ރިޔާސީ އިންތިހާބުގައި އެންމެ ގިނަ ވޯޓު ލިބުނު ރަށަށް ކަމަށް އިންތިހާބުގައި ވިދާޅުވެފަ އެވެ. ރައީސށް ގުރައިދޫން 74 ޕަސެންޓު ވޯޓު ލިބިވަޑައިގަތެވެ.
ތ. އަތޮޅުގެ މި ދަތުރުފުޅުގައި ގުރައިދޫގެ އިތުރުން އެ އަތޮޅު ދިޔަމިގިއްޔާއި ގާދިއްފުށި، ވޭމަންޑޫ، ބުރުނި، ކަނޑޫދޫ، ވަންދޫ، ވޭމަންޑޫ، އޮމަދޫ، ކިނބިދޫ އަދި ތިމަރުފުއްޓަށް ވަޑައިގަންނަވާނެ އެވެ.
ވެރިކަން ކުރައްވާނީ ރައްޔިތުންގެ އަޑު އައްސަވައިގެން ކަމަށާއި އާއްމުންނާ ގިނަގިނައިން ބައްދަލުކޮށް މި ދައުރުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ރަށަކަށް ވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވެފައިވެ އެވެ.
އިޒްރޭލު ޕާސްޕޯޓް މަނާކުރާ ބިލް ތަސްދީގުކުރައްވައިފި
"މަޑުލު ވަހީދުގެ ހިދުމަތް ފަނޑުވުމެއް ނެތި ހުންނާނެ"
ޖެނެރޭޝަން ބޭން: 2007 އިން ފެށިގެން ދުންފަތް މަނާ
ޖެނެރޭޝަން ބޭންއަށް ކެބިނެޓުން މިއަދު ގޮތެއް ނިންމަނީ
ބޭރުގައި ތިބޭ ދަރިވަރުންގެ ކަންބޮޑުވުންތައް ހައްލުކުރަނީ
އެންމެ އިތުބާރު އޮތް މުއައްސަސާއަށް ފުލުހުން ވާންޖެހޭ
ރޯދައަށް ސްކޫލު ބަންދުކުރެވޭ ގޮތް ހަމަޖައްސަން އެދިއްޖެ
ތެލެސީމިއާ ސެންޓަރުގެ މަސައްކަތް ނިންމަން ސިފައިންނަށް
ލިބެންހުރި ބޭސްތައް ޑޮކްޓަރުންނަށް ފެންނާނެ ނިޒާމެއް ހަދަނީ
ހދ. ތ. އަތޮޅަށް ޓޫރިޒަމް ފުޅާކުރުން އަމާޒަކަށް