Roadha Mihaaru
ރޮނާލްޑޯގެ ސިއްހީ ހާލަތާހެދި ޗައިނާ މެޗުތައް ފަސްކޮށްފި

ރޮނާލްޑޯގެ ސިއްހީ ހާލަތާ ހެދި ޗައިނާ މެޗުތައް ފަސްކޮށްފި

24 ޖެނުއަރީ 2024

ސައުދީ އަރަބިއްޔާގެ އައް ނަސްރުގެ ކެޕްޓަން، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސިއްހީ ހާލަތު ތަން ނުދޭތީ، އެ ކްލަބުން ޗައިނާގައި މި މަހު ކުޅެން އޮތް ރަހުމަތްތެރިކަމުގެ ދެ މެޗު ފަސް ކުރަން ޖެހިއްޖެ އެވެ.

ސައުދީ އަރަބިއްޔާގެ އައް ނަސްރުގެ ކެޕްޓަން، ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ސިއްހީ ހާލަތު ތަން ނުދޭތީ، އެ ކްލަބުން ޗައިނާގައި މި މަހު ކުޅެން އޮތް ރަހުމަތްތެރިކަމުގެ ދެ މެޗު ފަސް ކުރަން ޖެހިއްޖެ އެވެ.

ނަސްރުން ޗައިނާގެ ޝަންހާއީޝެންހުއާ އާއި ޒެޖިއަންގްއާ ދެކޮޅަށް ކުޅެން އޮތީ މިއަދާއި އާދިއްތަ ދުވަހު އެވެ. ނަމަވެސް ޗައިނާގައި ތިބި ފުޓްބޯޅަ ސަޕޯޓަރުން އެ ގައުމުގައި ރޮނާލްޑޯ ކުޅޭތަން ބަލައިލަން ކުރަމުން އައި އިންތިޒާރު މިކަމާ ހުރެ ވަނީ ދިގުލައިފަ އެވެ.

"އަހަރެންނަށް މިއަދަކީ ހިތާމަވެރި ދުވަހެއް. ފުޓްބޯޅައިގައި ބައެއް ކަންކަން ކޮންޓްރޯލެއް ނުވާނެ. ތި އެންމެނަށް އެނގޭނެ އަހަރެން 23 އަހަރު މެދު ނުކެނޑި ފުޓްބޯޅަ ކުޅެފިން. ކަން ދިމާކުރި ގޮތުން މިއަދު އަހަންނަށް މި ވަނީ މައްސަލައެއް ކުރިމަތި ވެފައި،" ޗައިނާގެ ސަޕޯޓަރުންގެ ފަރާތުން މާފަށް އެދެމުން ރޮނާލްޑޯ ބުންޏެވެ.

"ތި އެންމެންނަށްޓަކައި އަހަރެން ޗައިނާގައި ކުޅެން ބޭނުންވޭ. އަހަރެމެން މެޗުތައް ކެންސަލެއް ނުކުރަން. އަހަރެމެން އަދި ޗައިނާ އަށް ދާނަން."

މި ދެ މެޗަކީ ޗައިނާގައި ޑިމާންޑް ބޮޑު ވެފައިވާ މެޗުތަކެކެވެ. މި މަހު މެޗުތަކުގެ ޓިކެޓް ވިއްކަން ފެށިތާ މަދު ގަޑިއިރުތަކެއްގެ ތެރޭ ވަނީ އެއްކޮށް ވިކި ހުސްވެފަ އެވެ.

ޗައިނާ ޓުއާ އިންތިޒާމްކުރި ފަރާތުން ބުނި ގޮތުގައި ޓިކެޓް ގަތް މީހުންނަށް ރީފަންޑް ދިނުމުގެ އިންތިޒާމް ވަރަށް އަވަހަށް ހަމަޖައްސާނެ އެވެ.

ޗައިނާގެ ދެ މެޗަށް ފަހު، ލިއޮނެލް މެސީ ކުޅެމުން އަންނަ އިންޓަ މަޔާމީއާ ދެކޮޅަށް ފެބްރުއަރީ މަހު 1 ގައި އައް ނަސްރު ބައްދަލުކުރާ "ރިޔާދު ސީޒަން ކަޕް" ނަމުގައި ކުޅޭ އެގްޒިބިޝަން މެޗެއް ވެސް ވަނީ ތާވަލްކޮށްފަ އެވެ.

އިންޓަ މަޔާމީއާ ދެކޮޅަށް ކުޅޭ މެޗު ވެސް ރޮނާލްޑޯގެ ސިއްހީ ހާލަތާ ގުޅިގެން އެ ތާރީހުގައި ބޭއްވިދާނެ ކަމާ މެދު ވަނީ ސުވާލު އުފެދިފަ އެވެ.