ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސްކޮޑުގައި ނުހިމަނައި އައް ނަސްރުން ސައުދީ ލީގުގައި 9-0 އިން އަލް އަޚްދޫދު ބަލިކޮށް، ރެކޯޑް މޮޅެއް ހޯދައިފި އެވެ.
ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ސްކޮޑުގައި ނުހިމަނައި އައް ނަސްރުން ސައުދީ ލީގުގައި 9-0 އިން އަލް އަޚްދޫދު ބަލިކޮށް، ރެކޯޑް މޮޅެއް ހޯދައިފި އެވެ.
މި މެޗުގައި ސަޑިއޯ މާނޭ ހަތަރު ގޯލު ޖެހި އިރު، ޖޯން ޑުރާން ވަނީ ދެ ލަނޑު ޖަހައިފަ އެވެ. މީގެ އިތުރުން މާސެލޯ ބްރޯޒޮވިޗާއި އައިމަން ޔަހްޔާ އަދި މުހައްމަދު މަރާން ވެސް ވަނީ ގޯލެއް ޖަހައިފަ އެވެ.
މިއީ އެ ޓީމުގެ ތާރީހުގައި ވެސް ހޯދި އެންމެ ތަފާތު ބޮޑު ނަތީޖާ އެވެ. މިދިޔަ އަހަރު 8-0 ގެ ނަތީޖާއަކުން މޮޅުވެގެން ރެކޯޑް ހެދި މެޗުގައި ވެސް މާނޭ ވަނީ ލަނޑު ޖަހައިފަ އެވެ. އެ މެޗުގައި ރޮނާލްޑޯ ހެޓްރިކް ހެދި އެވެ.
ލީގުގައި ބާކީ ތިން މެޗު އޮތް އިރު، ރޭގެ މެޗުން ހޯދި ތިން ޕޮއިންޓާ އެކު ނަސްރު ވަނީ 31 މެޗުން 63 ޕޮއިންޓާ އެކު ތިންވަނައަށް ޖެހިލައިފަ އެވެ.
ދެ ވަނައިގައި އޮތީ 68 ޕޮއިންޓް ހޯދާފައިވާ އަލް ހިލާލް އެވެ. ހިލާލް ވަނީ ރޭ 4-0 އިން އަލް އުރޫބާ ބަލިކޮށްފަ އެވެ. އެއްވަނައިގައި އޮތީ 74 ޕޮއިންޓް ހޯދާފައިވާ އަލް އިއްތިހާދެވެ. އިއްތިހާދު ވަނީ މި ހަފްތާ 3-0 އިން އަލް ފައިހާ ބަލިކޮށްފަ އެވެ.
ލީގު ހޯދުމުގެ ފުރުސަތު ނެތުމުން ނަސްރު މަސައްކަތް ކުރަނީ އަންނަ ސީޒަންގައި ސަރަހައްދީ މުބާރާތް ކަމަށްވާ އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓް އިން ޖާގައެއް ހޯދުމަށެވެ. ޗެމްޕިއަންސް ލީގުން ފުރުސަތު ލިބޭނީ ލީގު ޗެމްޕިއަން އަދި ރަނަރަޕް ޓީމަށެވެ.
ސައުދީ ލީގުގެ ފަސް ވަނައިގައި މިވަގުތު އޮތް އަލް އަހްލީ ވަނީ މި ސީޒަންގެ ޗެމްޕިއަންސް ލީގު ކާމިޔާބު ކުރި ޓީމުގެ ހައިސިއްޔަތުން އަންނަ ސީޒަންގެ މުބާރާތުން ފުރުސަތު ލިބިފަ އެވެ.
ސެމީއަށް ގެންގޮސް ރޮނާލްޑޯ އާކުރީ ރެއާލުގެ ހަނދާން
ރޮނާލްޑޯ އާއެކު ތަފާތު ދައްކައި ނަސްރު ކުއާޓާ އަށް
ރޮނާލްޑޯ ޓީމުގެ ކޯޗަކަށް އިޓަލީގެ ޕިއޯލީ ހަމަޖައްސައިފި
ރޮނާލްޑޯގެ ގޯލާއެކު ނަސްރު ސައުދީ ސުޕަ ކަޕް ފައިނަލަށް
10 ކުޅުންތެރިއެއްގެ މުސާރައަށް 688 މިލިއަން ޑޮލަރު
ރޮނާލްޑޯ ނަސްރު ޗެމްޕިއަންސް ލީގުން ކަޓައިފި
ސަޕޯޓަރުންނަށް ވައްތަރުޖެއްސުމުން ރޮނާލްޑޯއަށް ފާޑުކިޔަނީ
ރޮނާލްޑޯ ގޯލް ޓްރެކްގައި މެސީއަށް ކޮށްދެވުނީ އެސިސްޓެއް
އަވޭ މެޗުގައި ނަސްރު އުންމީދު ހޯދީ ރޮނާލްޑޯގެ ގޯލުން
އަންޑަޓޭކާގެ ކުރިމަތީގައި ރޮނާލްޑޯއަށް ތައްޓެއް ނުލިބުނު