Roadha Mihaaru

ނަސްރު ސެމީއަށް ގެންގޮސްދީ ރޮނާލްޑޯ އާކޮށްދިނީ ރެއާލުގެ ހަނދާން

ޖިއްދާ (އޭޕްރީލް 27) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލަކާ އެކު 4-1 އިން ޖަޕާންގެ ޔޮކޮހާމާ ބަލިކޮށް އައް ނަސްރު، އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓުގެ ސެމީ ފައިނަލަށް ހޮވިއްޖެ އެވެ.

ސެމީއަށް ގެންގޮސް ރޮނާލްޑޯ އާކުރީ ރެއާލުގެ ހަނދާން

ޖިއްދާ (އޭޕްރީލް 27) - ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލަކާ އެކު 4-1 އިން ޖަޕާންގެ ޔޮކޮހާމާ ބަލިކޮށް އައް ނަސްރު، އޭއެފްސީ ޗެމްޕިއަންސް ލީގު އެލީޓުގެ ސެމީ ފައިނަލަށް ހޮވިއްޖެ އެވެ.

ރޮނާލްޑޯގެ އިތުރުން ސަޑިއޯ މާނޭ އާއި ޖޯން ޑުރާން ވެސް ވަނީ މި މެޗުގައި ލަނޑު ޖަހައިފަ އެވެ. ޑުރާން ދެ ގޯލު ޖެހި އެވެ. ޔޮކޮހާމާގެ ހަމައެކަނި ލަނޑު ޖެހީ ކޮޓާ ވަޓަނަބޭ އެވެ.

އައް ނަސްރުގެ ތިން ވަނަ ލަނޑު ޖެހުމަށް ފަހު ރޮނާލްޑޯ، 40، ވަނީ 2017 ވަނަ އަހަރު އޭނާ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގައި ރެއާލް މެޑްރިޑްގެ ޖޯޒީގައި ވާދަވެރި އެތުލެޓިކޯ މެޑްރިޑް ކޮޅަށް ހެޓްރިކް ހެދުމަށް ފަހު އުފާފާޅުކުރިހެން ދަނޑުގެ ވަށައިގެން ހުރި ބިލްބޯޑް މަތީ އިށީނދެ، އަލުން އެ ސެލެބްރޭޝަން ތަކުރާރު ކޮށްފަ އެވެ.

ރޮނާޅްޑޯ 2017 ގައި.

ރޮނާޅްޑޯ 2017 ގައި.

ރެއާލް މެޑްރިޑް ވަނީ ރޭ ކުޅުނު ސްޕެނިޝް ކަޕުގެ ފައިނަލުން ބާސެލޯނާ އަތުން ބަލިވެފަ އެވެ.

ރޮނާލްޑޯ އަކީ ޔޫއެފާ ޗެމްޕިއަންސް ލީގުގެ ތާރީހުގައި ވެސް އެންމެ ގިނަ ލަނޑު ޖަހާފައިވާ ކުޅުންތެރިޔާ އެވެ. އޭނާ ވަނީ މުބާރާތުގައި 140 ލަނޑު ޖަހައިފަ އެވެ. މިއީ އޭނާ އޭޝިއާގެ ޗެމްޕިއަންސް ލީގު ކުޅޭ ދެ ވަނަ އަހަރެވެ.

ޔޮކޮހާމާ ކޮޅަށް ޖެހި ލަނޑާ އެކު މި އަހަރުގެ މުބާރާތުގައި އޭނާ އޮތީ އަށް ގޯލާ އެކު ލަނޑު ލިސްޓުގެ ދެ ވަނައިގަ އެވެ. މިދިޔަ ސީޒަނުގައި އޭނާ ވަނީ ޗެމްޕިއަންސް ލީގުގައި ހަ ލަނޑު ޖަހައިފަ އެވެ.

ކުއާޓާ ފައިނަލުގައި އަލް ހިލާލް ވަނީ ދެކުނު ކޮރެއާގެ ގްވަންގްޖޫ 7-0 އިން ބަލިކޮށްފަ އެވެ. އެ ޓީމު ސެމީގައި ހިލާލް ނުކުންނާނީ ސައުދީގެ އަލް އަހްލީއާ އެވެ. އަހްލީ ވަނީ 3-0 އިން ތައިލެންޑްގެ ބުރިރާމް ޔުނައިޓެޑް ބަލިކޮށްފަ އެވެ.

ސެމީ ފައިނަލްގައި ނަސްރު ބައްދަލުކުރާނީ، ގަތަރުގެ އަލް ސައްދު އާއި ޖަޕާންގެ ކަވަސާކީ ފްރޮންޓަލޭ ބައްދަލުކޮށް މޮޅުވާ ޓީމަކާ އެވެ.