Roadha Mihaaru
ރޮނާލްޑޯ ނެތި ނަސްރު މޮޅުކޮށްދިނީ ޓަލިސްކާގެ ހެޓްރިކުން

ރޮނާލްޑޯ ނެތި ނަސްރު މޮޅުކޮށްދިނީ ޓަލިސްކާގެ ހެޓްރިކުން

08 ނޮވެމްބަރ 2023

ދޯހާ (ނޮވެމްބަރު 8) - އޭއެފްސީ ޗެމްޕިއަންސް ލީގުގައި ރޭ ދޯހާގައި އައް ދުހެއިލް އާ ދެކޮޅަށް ކުޅުނު މެޗުގައި ސައުދީ އަރަބިއްޔާގެ އައް ނަސްރުން އެޓީމުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ރެސްޓު ދިން ނަމަވެސް، ބްރެޒިލް ފޯވާޑް ޓަލިސްކާގެ ހެޓްރިކާ އެކު ފަހަތުން އަރައި 3-2 އިިން މޮޅުވެއްޖެ އެވެ.

މެޗުގެ އަށްވަނަ މިނިޓުގައި ފިލިޕޭ ކުޓީނިއޯ ދުހެއިލް އަށް ލީޑު ނަގައިދީފައި ވަނިކޮށް ޓަލިސްކާ ވަނީ ދެ ގޯލު ޖަހައި ފުރަތަމަ ހާފު ނިމުމުގެ ކުރިން ނަސްރަށް ލީޑު ހޯދައިދީފަ އެވެ. އޭނާ އެއްވަރު ކުރި ގޯލު 27 ވަނަ މިނިޓުގައި ޖެހިއިރު، ލީޑޫ ނެގި ގޯލު ޖެހީ އޭގެ 10 މިނިޓު ފަހުންނެވެ.

ޓަލިސްކާ (ވ) އާއި ސަޑިއޯ މާނޭ (ކ)، ރޭގެ މެޗަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޓަލިސްކާ (ވ) އާއި ސަޑިއޯ މާނޭ (ކ)، ރޭގެ މެޗަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: އޭއެފްޕީ

ޓަލިސްކާ އޭނާގެ ހެޓްރިކް ފުރިހަމަ ކުރީ 65 ވަނަ މިނިޓުގަ އެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން 10 މިނިޓަށް ވެފައި ވަނިކޮށް ކުޓީނިއޯ ވަނީ ޕެނަލްޓީއަކުން ގޯލު ޖަހައި ދުހެއިލް އަށް ފަރަގު ކުޑަ ކޮށްދީފަ އެވެ. އޭގެ ފަހުން ވެސް ގޯލު ޖަހަން ކުޓީނިއޯ ގިނަ ހަމަލާތަކެއް ފޮނުވާލި ނަމަވެސް ކާމިޔާބެއް ނުވި އެވެ.

މި ނަތީޖާއާ އެކު ނަސްރު ވަނީ ގުރޫޕް އީގައި މިހާތަކަށް ކުޅުނު ހަތަރު މެޗު ވެސް ކާމިޔާބު ކޮށްގެން 12 ޕޮއިންޓް ހޯދައިފަ އެވެ. ދެވަނައިގައި އޮތީ ހަތް ޕޮއިންޓް ހޯދާފައިވާ އިރާނުގެ ޕާސެޕޯލިސް އެވެ. ތަޖިކިސްތާނުގެ އިސްތިކްލޯލް އަށް ދެ ޕޮއިންތް ލިބިފައި ވާއިރު، ދުހެއިލް އަށް ލިބިފައި ވަނީ އެންމެ ޕޮއިންޓެކެވެ.

ރޭގެ މެޗުގައި ކުޓީނިއޯ ބޯޅަ ހިފައިގެން ކުރިއަށް ދަނީ، އޭޏާ ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައިފަ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގައި ކުޓީނިއޯ ބޯޅަ ހިފައިގެން ކުރިއަށް ދަނީ، އޭޏާ ވަނީ ރޭގެ މެޗުގައި ދެ ގޯލު ޖަހައިފަ.-- ފޮޓޯ: އޭއެފްޕީ

އިސްތިކްލޯލް އާއި ޕާސެޕޯލިސް ރޭ ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.

ޗެމްޕިއަންސް ލީގުގެ ގަދަ 16 އަށް ދަތުރުކުރާނީ ކޮންމެ ގުރޫޕަކުން ވެސް އެއްވަނަ ހޯދާ ޓީމެކެވެ. އަދި ދެވަނައަށްދާ ޓީމުތަކުގެ ތެރެއިން އެންމެ ނަތީޖާ ރަނގަޅު ހަ ޓީމަކަށް ވެސް ގަދަ 16 އިން ފުރުސަތު ލިބޭޏެ އެވެ.

ސައުދީ އަރަބިއްޔާގެ އަލް ފައިހާ ވެސް ރޭ ވަނީ ޔޫއޭއީގެ ޓީމަކާ ދެކޮޅަށް ކުޅެފަ އެވެ. ރިޔާދުގައި، ޔޫއޭއީގެ އަލް އައިން އާ ދެކޮޅަށް ކުޅުނު މި މެޗުން އެޓީމު ބަލިވީ 3-2 އިންނެވެ.

މިއާ އެކު 12 ޕޮއިންޓް ހޯދައިގެން ގުރޫޕް އޭ ލީޑް ކުރަމުން އަންނަނީ އަލް އައިން އެވެ. އުޒްބަކިސްތާނުގެ ޕަކްޓަކޯ އާއި ތުރުކުމެނިސްތާނުގެ އަހަލް އަށް ވެސް ހަތަރު ޕޮއިންޓް ލިބިފައި ވާއިރު، ރޭ މި ދެޓީމު ބައްދަލުކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ. މިހާތަނަށް ކުޅުނު ހަތަރު މެޗުން ފައިހާ އަށް ލިބިފައި ވަނީ ތިން ޕޮއިންޓެވެ.