12 މާޗް 2024
ރިޔާދް (މާޗު 12) - މެޗުގެ އިތުރު ވަގުތުގެ ކުޅުނު ނިމެނިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ގޯލުން 4-3 އިން ކުރި ހޯދައި، އެގްރިގޭޓް ނަތީޖާ 4-4 އިން އެއްވަރު ކުރި ނަމަވެސް ޕެނަލްޓީ ޝޫޓައުޓްގައި 3-1 ޔޫއޭއީގެ އަލް އައިން އަތުން ބަލިވެ، އައް ނަސްރު އޭއެފްސީ ޗެމްޕިއަންސް ލީގުން ކަޓައިފި އެވެ.
ރިޔާދް (މާޗު 12) - މެޗުގެ އިތުރު ވަގުތުގެ ކުޅުނު ނިމެނިކޮށް ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބު ކުރި ގޯލުން 4-3 އިން ކުރި ހޯދައި، އެގްރިގޭޓް ނަތީޖާ 4-4 އިން އެއްވަރު ކުރި ނަމަވެސް ޕެނަލްޓީ ޝޫޓައުޓްގައި 3-1 ޔޫއޭއީގެ އަލް އައިން އަތުން ބަލިވެ، އައް ނަސްރު އޭއެފްސީ ޗެމްޕިއަންސް ލީގުން ކަޓައިފި އެވެ.
ދެވަނަ ލެގަށް ރޭ ނަސްރު ނުކުތްއިރު ރަށުން ބޭރުގައި ކުޅުނު ފުރަތަމަ ލެގުން އެޓީމު ވަނީ 1-0 އިން ބަލިވެފަ އެވެ. ދެވަނަ ލެގުގައި ވެސް ފުރަތަމަ ނުރައްކާ ކުރީ އަލް އައިން އެވެ. އެގޮތުން ފުރަތަމަ ހާފުގައި ވަނީ މޮރޮކޯގެ ފޯވާޑް ސުފިއާން ރަހީމީގެ ދެ ގޯލުން ކުރި ހޯދައިފަ އެވެ. ފުރަތަމަ ލެގުގައި ވެސް އެޓީމަށް ގޯލު ޖަހައިދިނީ އޭނާ އެވެ. މި ހާފުގެ އިތުރު ވަގުތުގައި ނަސްރަށް ފުރަތަމަ ގޯލު ޖަހައިދިނީ އަބްދުއްރަހްމާން ގަރީބް އެވެ.
ދެވަނަ ހާފުގައި ޔޫއޭއީގެ ގޯލްކީޕަރު ހާލިދު އީސާ އަތުން ބައިކޮޅަށް ވަން ގޯލުން ނަސްރުން ފަރަގު އިތުރަށް ކުޑަކުރި އިރު، އެގްރިގޭޓް ނަތީޖާ 72 ވަނަ މިނިޓުގައި އެއްވަރު ކޮށްދިނީ އެލެކްސް ޓެލޭސް ފޮނުވާލި ހިލޭޖެހުމަކުންނެވެ. އޭގެ ތިން ވަރަކަށް މިނިޓް ކުރިން އޭނާ އަށް ވަނީ ގޯލު ކުރިމަތިން މުޅިން ހުސް ފުރުސަތެއް ވެސް ލިބި ނާކާމިޔާބު ވެފަ އެވެ. އެއަށް ފަހު ފުރިހަމަ ވަގުތު ހަމަވިއިރު ވެސް އެގްރިގޭޓް ނަތީޖާ އޮތީ 3-3 އިން އެއްވަރު ވެފަ އެވެ.
ރޮނާލްޑޯ ވަނީ މުބާރާތުގައި ހަ ގޯލު ޖަހައިފަ. އޭގެ ތެރޭން ތިން ގޯލު ޖެހީ ގުރޫޕް ސްޓޭޖުގައި.-- ފޮޓޯ: އޭއެފްޕީ
ނަތީޖާ ނެރެން ކުޅުނު އިތުރު ވަގުތުގެ ފުރަތަމަ ހާފު ނިމެނިކޮށް އައިން އަށް ދެވަނަ ފަހަރަށް އެގްރިގޭޓުން ލީޑު ނަގައިދިން ގޯލު ޖަހައިދިނީ ސުލްތާން އަލް ޝަމްސީ އެވެ. އޭގެ ކުޑައިރުކޮޅެއް ކުރިން ނަސްރުގެ މިޑްފީލްޑަރު އައިމަން ޔަހްޔާ އަށް ވަނީ ރަތް ކާޑެއް ދައްކައިފަ އެވެ.
ރޮނާލްޑޯ މި މެޗު ޕެނަލްޓީ ޝޫޓައުޓާ ހަމައަށް ގެންގޮސްދިނީ 118 ވަނަ މިނިޓުގައި އިދިކޮޅު ކުޅުންތެރިން އޭނާ އަށް ކުރި ފައުލަކަށް ލިބުނު ޕެނަލްޓީއަކުން ގޯލު ކާމިޔާބު ކޮށްދީގެންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެސް ގޯލު ޖަހަން ރޮނާލްޑޯ އަށް ވަނީ ހުސް ފުރުސަތެއް ލިބިފަ އެވެ.
ޕެނަލްޓީގައި ނަސްރުން ފޮނުވާލި ހަތަރު ޕެނަލްޓީގެ ތެރެއިން ކާމިޔާބު ވީ ވެސް ރޮނާލްޑޯގެ ޕެނަލްޓީ އެވެ. މާސެލޯ ބްރޯޒޮވިޗާއި ޓެލޭސް އަދި އޮޓާވިއޯ ފޮނުވާލި ޕެނަލްޓީތައް ނާކާމިޔާބު ވިއިރު، އަލް އައިންގެ ރަހީމީ އާއި ކަކޫ އަދި ޝަމްސީ ފޮނުވާލި ޕެނަލްޓީ ވެސް ކާމިޔާބުކޮށް އެޓީމު ވަނީ ސެމީ ފައިނަލުން ފުރުސަތު ހޯދައިފަ އެވެ.
ސެމީގައި އަލް އައިން ކުޅެން ޖެހޭނީ ސައުދީގެ އަލް ހިލާލާއި އަލް އިއްތިހާދު ބައްދަލުކޮށް ދެ ލެގުގެ އެގްރިގޭޓުން ކުރި ހޯދާ ޓީމަކާ އެވެ. އެ ދެ ޓީމު ވައްދަލުކުރި ފުރަތަމަ ލެގު 2-0 އިން ހިލާލް ވަނީ ކާމިޔާބު ކޮށްފަ އެވެ. ދެވަނަ ލެގުގައި މިރޭ ދެ ޓީމު ޖިއްދާގައި ބައްދަލުކުރާނެ އެވެ.
އަވޭ މެޗުގައި ނަސްރު އުންމީދު ހޯދީ ރޮނާލްޑޯގެ ގޯލުން
ރޮނާލްޑޯ ނެތި ނަސްރު މޮޅުކޮށްދިނީ ޓަލިސްކާގެ ހެޓްރިކުން
އޭއެފްސީ ޗެމްޕިއަންސް ލީގުގައި ވެސް ރޮނާލްޑޯގެ ނުފޫޒު
ރޮނާލްޑޯގެ ހިއްސާއާ އެކު އައްނަސްރު ޗެމްޕިއަންސް ލީގަށް
ރޮނާލްޑޯ ޓީމުގެ ކޯޗަކަށް އިޓަލީގެ ޕިއޯލީ ހަމަޖައްސައިފި
ރޮނާލްޑޯގެ ގޯލާއެކު ނަސްރު ސައުދީ ސުޕަ ކަޕް ފައިނަލަށް
ސަޕޯޓަރުންނަށް ވައްތަރުޖެއްސުމުން ރޮނާލްޑޯއަށް ފާޑުކިޔަނީ
ރޮނާލްޑޯ ގޯލް ޓްރެކްގައި މެސީއަށް ކޮށްދެވުނީ އެސިސްޓެއް
އަންޑަޓޭކާގެ ކުރިމަތީގައި ރޮނާލްޑޯއަށް ތައްޓެއް ނުލިބުނު
ރޮނާލްޑޯގެ ސިއްހީ ހާލަތާހެދި ޗައިނާ މެޗުތައް ފަސްކޮށްފި