Roadha Mihaaru
އަވޭ މެޗުގައި ނަސްރު އުންމީދު ހޯދީ ރޮނާލްޑޯގެ ގޯލުން

ރަށުން ބޭރުގައި ނަސްރު އުންމީދު ހޯދީ ރޮނާލްޑޯގެ ގޯލުން

15 ފެބުރުއަރީ 2024

އައް މަޖްމާ (ފެބްރުއަރީ 15) - އޭއެފްސީ ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި، ސައުދީ އަރަބިއްޔާގެ ދެ ޓީމު ކަމަށްވާ އައް ނަސްރާއި އަލް ފައިހާ ބައްދަލުކުރި މެޗުގެ ފަހު ވަގުތު ކްރިސްޓިއާނޯ ރޮނާލްޑޯ ޖަހައިދިން ގޯލުން 1-0 އިން މޮޅުވެގެން އައް ނަސްރުން ކުއާޓާގެ އުންމީދު ހޯދައިފި އެވެ.

ފައިހާގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ލަނޑެއް ނުޖެހި އެއްވަރުވާން ދަނިކޮށް 81 ވަނަ މިނިޓުގައި ރޮނާލްޑޯ ގޯލު ޖެހީ މާސެލޯ ބްރޯޒޮވިޗްގެ އެހީތެރިކަމާ އެކު އެވެ.

މިއީ އޭޝިއާގެ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ޖެހި ހަތަރުވަނަ ގޯލެވެ. އޭނާ ވަނީ ގުރޫޕް ސްޓޭޖުގައި ތިން ގޯލު ޖަހައިފަ އެވެ.

މިހާތަނަށް ހަ ގޯލު ޖަހައިގެން ލަނޑު ލިސްޓުގެ އެއްވަނަގައިއި މިވަގުތު ދެ ކުލުންތެރިން އެބަ ތިއްބެވެ. އޭގެ ތެރޭން އެއް ކުޅުންތެރިއަކީ ރޮނާލްޑޯ އާއެކު އައް ނަސްރަށް ކުޅޭ ބްރެޒިލްގެ ޓަލިސްކާ އެވެ.

ރޮނާލްޑޯ އަކީ ޔޫރަޕްގެ ޗެންޕިއަންސް ލީގު ފަސް ފަހަރު ކާމިޔާބު ކުރުމުގެ އިތުރުން، މުބާރާތުގައި ގޯލު ޖެހުމުގެ އެތައް ރެކޯޑެއް އޮންނަ ކުޅުންތެރިއެކެވެ.

އައް ނަސްރުގެ ދަނޑުގައި ފައިހާއާ ދެކޮޅަށް ގަދަ 16 ގެ ދެވަނަ ލެގު ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ ހަފްތާގެ ބުދަ ދުވަހުގެ ރެއެވެ.