15 އޯގަސްޓް 2024
އަބްހާ (އޮގަސްޓް 15) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލަކާ އެކު 2-0 އިން އައް ތަޢާވޫން ބަލިކޮށް އައް ނަސްރު އިން ސައުދީ ސުޕަ ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
އަބްހާ (އޮގަސްޓް 15) - ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލަކާ އެކު 2-0 އިން އައް ތަޢާވޫން ބަލިކޮށް އައް ނަސްރު އިން ސައުދީ ސުޕަ ކަޕްގެ ފައިނަލަށް ދަތުރުކޮށްފި އެވެ.
ސައުދީ އަރަބިއްޔާގެ އާ ފުޓްބޯޅަ ސީޒަން ފެށުމުގެ ގޮތުން ކުޅޭ ސުޕަ ކަޕްގައި ރޭ މެޗުގެ ވަރަށް ކުރީކޮޅު އައް ނަސްރަށް ފުރަތަމަ ގޯލު ޖަހައިދިނީ އައިމަން ޔަހްޔާ އެވެ. ލީޑު ފުޅާކުރި ގޯލު ކެޕްޓަން ރޮނާލްޑޯ ޖަހައިދިނީ ދެ ވަނަ ހާފުގަ އެވެ.
މި މެޗުގެ އިތުރު ވަގުތުގައި އައް ނަސްރުގެ ކްރޮއޭޝިއާ މިޑްފީލްޑަރު މާސެލޯ ބްރޯޒޮވިޗަށް ވަނީ ސީދާ ރަތް ކާޑެއް ދައްކައިފަ އެވެ.
ރޭގެ މެޗުގެ ކުރިން، އުމުރުން 31 އަހަރުގެ ބްރޯޒޮވިޗް ވަނީ އޭނާ ގައުމީ ޓީމަށް ކުޅުން ހުއްޓާލިކަން އިއުލާން ކޮށްފަ އެވެ. އިޓަލީގެ އިންޓަ މިލާނާއެކު ކާމިޔާބު ދުވަސްތަކެއް ހޭދަކުރުމަށް ފަހު މިދިޔަ ސީޒަންގައި ނަސްރަށް ބަދަލުވި މިޑްފީލްޑަރު ވަނީ ގައުމީ ޓީމަށް 99 މެޗު ކުޅެދީ، ހަތް ގޯލު ޖަހައިފަ އެވެ.
ފައިނަލްގައި ނަސްރު ވާދަ ކުރަން ޖެހެނީ، މިދިޔަ އަހަރުގެ ސުޕަ ކަޕް ސެމީ ފައިނަލުން އެޓީމު ކަޓުވާލައި، ޗެމްޕިއަންކަން ވެސް ހޯދި އަލް ހިލާލްއާ ދެކޮޅަށެވެ.
ހިލާލް ވަނީ ސެމީ ފައިނަލްގައި އަލް އަހްލީއާ ވާދަކޮށް މޮޅުވެފަ އެވެ. އަލް އަހްލީއާ ދެކޮޅަށް ކުޅުނު މެޗުގެ ފުރިހަމަ ވަގުތު ހަމަވިއިރު 1-1 އިން އެއްވަރުވުމުން، ހިލާލް މޮޅުވީ ޕެނަލްޓީގައި 4-1 އިން ކުރި ހޯދައިގެންނެވެ.
ރޮބާޓޯ ފިރްމީނޯ، ދެވަނަ ހާފުގައި އަލްހީ އަށް ޖަހައިދިން ގޯލާ އެކު މެޗު ނިންމަން ދަނިކޮށް ހިލާލުން އެއްވަރު ކުރީ މެޗުގެ އިތުރު ވަގުތުގައި އެލެކްޒެންޑަ މިޓްރޮވިޗް ޖަހައިދިން ގޯލުންނެވެ.
ހިލާލާއި ނަސްރު ބައްދަލުކުރާ ފައިނަލް މެޗު އޮންނާނީ ހޮނިހިރު ދުވަހުގެ ރެއެވެ.
ރޮނާލްޑޯ ޓީމުގެ ކޯޗަކަށް އިޓަލީގެ ޕިއޯލީ ހަމަޖައްސައިފި
ރޮނާލްޑޯ ނަސްރު ޗެމްޕިއަންސް ލީގުން ކަޓައިފި
ސަޕޯޓަރުންނަށް ވައްތަރުޖެއްސުމުން ރޮނާލްޑޯއަށް ފާޑުކިޔަނީ
ރޮނާލްޑޯ ގޯލް ޓްރެކްގައި މެސީއަށް ކޮށްދެވުނީ އެސިސްޓެއް
އަވޭ މެޗުގައި ނަސްރު އުންމީދު ހޯދީ ރޮނާލްޑޯގެ ގޯލުން
އަންޑަޓޭކާގެ ކުރިމަތީގައި ރޮނާލްޑޯއަށް ތައްޓެއް ނުލިބުނު
ރޮނާލްޑޯގެ ސިއްހީ ހާލަތާހެދި ޗައިނާ މެޗުތައް ފަސްކޮށްފި
ހިލާލުން ނަސްރު ބަލިކޮށްފި، ރޮނާލްޑޯ އަށް ކަމެއް ނުވި
ރޮނާލްޑޯ ނެތި ނަސްރު މޮޅުކޮށްދިނީ ޓަލިސްކާގެ ހެޓްރިކުން
އޭއެފްސީ ޗެމްޕިއަންސް ލީގުގައި ވެސް ރޮނާލްޑޯގެ ނުފޫޒު