Roadha Mihaaru
ރޮނާލްޑޯ ގޯލް ޓްރެކްގައި މެސީއަށް ކޮށްދެވުނީ އެސިސްޓެއް

ތިންވަނަ މެޗުންވެސް ރޮނާލްޑޯގެ ގޯލެއް، މެސީއަށް ކޮށްދެވުނީ އެސިސްޓެއް

22 ފެބުރުއަރީ 2024

ޔޫރަޕްގެ ފުޓްބޯޅަ މިހާރު ދޫކޮށްލާފައިވާ ދުނިޔޭގެ ލެޖެންޑުން ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މިއަހަރު ކުޅުނު ތިންވަނަ މެޗުގައި ވެސް ގޯލު ޖަހައި އައް ނަސްރު އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ގެންގޮސްދީފި އެވެ.

ޔޫރަޕްގެ ފުޓްބޯޅަ މިހާރު ދޫކޮށްލާފައިވާ ދުނިޔޭގެ ލެޖެންޑުން ކަމަށްވާ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯ މިއަހަރު ކުޅުނު ތިންވަނަ މެޗުގައި ވެސް ގޯލު ޖަހައި އައް ނަސްރު އޭއެފްސީ ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލަށް ގެންގޮސްދީފި އެވެ.

ރޮނާލްޑޯގެ ވާދަވެރިޔާ ކަމަށް މީޑިއާއިން ސިފަ ކުރާ އާއާޖެންޓީނާގެ ލިއޮނެލް މެސީ، އެމެރިކާ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި އިންޓަ މަޔާމީ ޖެހި ފުރަތަމަ ލަނޑު އެސިސްޓް ކޮށްދީފި އެވެ.

އޭޝިއާ ބައްރުގެ ޗެމްޕިއަންސް ލީގުގައި ރޮނާލްޑޯ ވަނީ ގަދަ 16 ގައި އައް ނަސްރު ކުޅުނު ދެ މެޗުގައި ވެސް ގޯލު ޖަހައިފަ އެވެ. ސައުދީގެ އަލް ފައިހާއާ ދެކޮޅަށް ރޭ ކުޅުނު މެޗު ނަސްރު ކާމިޔާބު ކުރީ 2-0 އިންނެވެ.

މިއާ އެކު ނަސްރު ކުއާޓާ ފައިނަލަށް ދިޔައީ 3-0 ގެ އެގްރިގޭޓް ނަތީޖާއަކުން މޮޅުވެގެންނެވެ. އަންނަ މަހު ކުޅޭ ކުއާޓާގައި އެޓީމު ވާދަ ކުރަން ޖެހެނީ ޔޫއޭއީގެ އަލް އައިން އާއެވެ.

ރޭގެ މެޗުގެ ތެރެއިން ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ ތެރެއިން ރޮނާލްޑޯ.-- ފޮޓޯ: އޭއެފްޕީ

ރޭގެ މެޗުގެ 17 ވަނަ މިނިޓުގައި އޮޓާވިއޯ ލީޑު ނަގައިދިން އިރު، މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ރޮނާލްޑޯ ގޯލު ޖެހީ އިދިކޮޅު ކީޕަރު ކައިރިން ވެސް ނައްޓާލައިފަ އެވެ.

މިއީ ރޮނާލްޑޯ، މިއަހަރު އެޓީމު ކުޅުނު ވާދަވެރި ތިން މެޗުން ވެސް ޖެހި ތިންވަނަ ގޯލެވެ. މިދިޔަ ހަފްތާ ފުރަތަމަ ލެގުގައި ނަސްރުން މެޗު ކާމިޔާބު ކުރީ ރޮނާލްޑޯ ޖަހައިދިން ހަމައެކަނި ގޯލުންނެވެ. ހަފްތާ ބަންދުގައި ކުޅުނު ލީގު މެޗު ވެސް އެޓީމު ކާމިޔާބު ކުރީ ރޮނާލްޑޯގެ ގޯލަކާ އެކު އެވެ.

ރޮނާލްޑޯ ވަނީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް އޭނާ ކުޅުނު ހަތް މެޗުން ފަސް ގޯލު ޖަހައިފަ އެވެ. މި ސީޒަންގައި މިހާތަނަށް ކުޅުނު 34 މެޗުން އޭނާ ވަނީ 33 ގޯލު ހަމަކޮށްފަ އެވެ.

މިއަދު ކުޅުނު މެޗުގައި މެސީ.-- ފޮޓޯ: އޭއެފްޕީ

މިއަދު ކުޅުނު މެޗުގައި މެސީ.-- ފޮޓޯ: އޭއެފްޕީ

އެމެރިކާ ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި، މެސީ ކުޅޭ އިންޓަ މަޔާމީ ވަނީ މިއަދު ހެނދުނު 2-0 އިން މޮޅުވެފަ އެވެ.

މިއީ ރިއަލް ސޯލްޓް ލޭކް، ފާއިތުވި 14 އަހަރު ތެރޭ، ސީޒަންގެ ފުރަތަމަ މެޗުން ބަލިވި ފުރަތަމަ ފަހަރެވެ.

މި މެޗުގައި މެސީއަށް ގޯލެއް ނުޖެހުނު ނަމަވެސް، 39 ވަނަ މިނިޓުގައި އެޓީމުން ލީޑު ނެގި ގޯލު ރޮބާޓް ޓޭލާ ޖެހީ މެސީގެ އެސިސްޓަކުންނެވެ. މެޗު ނިމެން ގާތްވެފައި ވަނިކޮށް އިންޓަ މަޔާމީގެ ދެވަނަ ގޯލު ޑިއޭގޯ ގޯމޭޒް ޖެހީ ލުއިސް ސުއަރޭޒް ތަނަވަސް ކޮށްދިން ފުރުސަތަކުންނެވެ.

މެސީ މި މެޗުގައި ހިލޭޖެހުމަކުން ފޮނުވާލި ހަމަލާއެއް ގޯލުގެ މަތީ ކަނަށް އަމާޒު ކޮށް ފޮނުވާލި ނަމަވެސް އިދިކޮޅު ޑިފެންޑަރަކު ވަނީ ބޮލުން އެ ބޯޅަ ދިފާއު ކޮށްފަ އެވެ.