04 މާޗް 2023
ރިޔާދު (މާޗު 4) - އައް ނަސްރު ރޭ ސައުދީ ޕްރޮފެޝަނަލް ލީގުގެ ފުލުގައި އޮތް އަލް ބަތީން އާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލުތަކުން ފަހަތުން އަރައި 3-1 އިން މޮޅުވެ، އެއްވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.
ރިޔާދު (މާޗު 4) - އައް ނަސްރު ރޭ ސައުދީ ޕްރޮފެޝަނަލް ލީގުގެ ފުލުގައި އޮތް އަލް ބަތީން އާ ދެކޮޅަށް ކުޅުނު މެޗުގެ އިތުރު ވަގުތުގައި ޖެހި ގޯލުތަކުން ފަހަތުން އަރައި 3-1 އިން މޮޅުވެ، އެއްވަނައިގައި ލީޑު ދަމަހައްޓައިފި އެވެ.
ރާއްޖޭގެ ފުޓްބޯޅަ އެސޯސިއޭޝަން (އެފްއޭއެމް) އިން ހަމަޖައްސައިދިން ފުރުސަތެއްގައި ސައުދީ އަރަބިއްޔާގައި ދެ ހަފްތާގެ ޓްރެއިނިން ކޭމްޕެއްގައި ތިބި ރާއްޖޭގެ ޗެމްޕިއަން މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން ކްލަބް، ވަނީ ރޭ ނަސްރުގެ މާސޫލް ޕާކުގައި ކުޅުނު މި މެޗު ބަލައިލާން ދަނޑަށް ގޮސްފަ އެވެ. ނަމަވެސް އެންމެ އުންމީދު ކުރި ގޮތާ ހިލާފަށް މި މެޗުގައި މަދުވީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯގެ ގޯލެކެވެ.
ނަސްރުގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ ފުލް ކޮށް ކުޅުނު ނަމަވެސް ރޭގެ މެޗުގައި އޭނާ ފޮނުވާލި ގިނަ ހަމަލާތައް ގޯލާ އަމާޒެއް ނުވި އެވެ. ރޭގެ މެޗުގެ ކުރިން ލީގުގައި ކުޅުނު ހަތަރު މެޗުން ރޮނާލްޑޯ ވަނީ އަށް ގޯލު ޖަހައި ދެ ގޯލު އެސިސްޓް ކޮށްފަ އެވެ. އޭގެ ތެރޭން ދެ މެޗުގައި ވަނީ ހެޓްރިކް ވެސް ހަދައިފަ އެވެ.
ރޭގެ މެޗުގެ 17 ވަނަ މިނިޓުގައި ބަތީން އަށް ކުޅޭ އުރުގުއޭ ފޯވާޑް ރެންޒޯ ލޮޕޭޒް ޖެހި ގޯލުން ކުރީގައި އޮވެ، މެޗު ނިންމަން ދަނިކޮށް އޮއިވަރު ބަދަލުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވެގެން ރެފްރީ ދެއްކި އިތުރު ވަގުތުގެ 12 މިނިޓު ތެރޭގަ އެވެ.
ބަތީން އިން ލީގުގެ ދެވަނަ މޮޅެއް ހޯދަން ދަނިކޮށް ނަސްރުން ނަތީޖާ އެއްވަރު ކުރީ އިތުރު ވަގުތުގެ ތިންވަނަ މިނިޓުގައި އަބްދުއްރަހްމާން ގަރީބް ޖަހައިދިން ގޯލުންނެވެ. ލީޑު ނެގީ އިތުރު ވަގުތުގެ 12 ވަނަ މިނިޓުގައި މުހައްމަދު އަލް ފާތިލް ކާމިޔާބު ކޮށްދިން ގޯލުންނެވެ. ލީޑު ނެގިތާ ދެ މިނިޓު ފަހުން އެޓީމުގެ ތިންވަނަ ލަނޑު ޖަހައިދިނީ މުހައްމަދު މަރާން އެވެ.
މި ނަތީޖާއާ އެކު ލީގު އެއްވަނައިގައި ނަސްރު އޮތީ 19 މެޗުން 46 ޕޮއިންޓް ހޯދައިގެންނެވެ. ދެ ޕޮއިންޓް މަދުކޮށް، ދެވަނައިގައި އޮތް އަލް އިއްތިހާދު ވަނީ 3-0 އިން އަލް ޚަލީޖް ބަލިކޮށްފަ އެވެ. ލީގުގައި ބާކީ 11 މެޗު އޮއްވައި ބަތީން ފުލުގައި އޮތީ ހަ ޕޮއިންޓް ހޯދައިގެންނެވެ.
އޭއެފްސީ ކަޕުގެ ގުރޫޕް ސްޓޭޖުން ފުރުސަތު ލިބިފައިވާ މާޒިޔާ ޓީމް ޓްރެއިނިން ކޭމްޕަށް ފުރާފައި ވަނީ ދެ ހަފްތާގެ މުއްދަތަށް، މިދިޔަ ފެބްރުއަރީ މަހުގެ 23 ވަނަ ދުވަހު އެވެ. ގިނަ ކުޅުންތެރިންތަކެއްގެ ސޮއި ހޯދައި ސްކޮޑު ވަރުގަދަ ކޮށް، ރާއްޖޭގެ އާ ސީޒަނަށް އެންމެ ފުރަތަމަ ތައްޔާރުވާން ފަށާފައި ވަނީ މާޒިޔާ އެވެ.
މާޒިޔާ އަށް ފަހު މިހާތަނަށް ރާއްޖޭގެ އާ ސީޒަނަށް ތައްޔާރުވާން ޕްރެކްޓިސް ފަށާފައިވާ ހަމައެކަނި ޓީމަކީ އޭއެފްސީ ކަޕްގެ ކޮލިފައިން ގައި ވާދަކުރާ ކްލަބް އީގަލްސް އެވެ.
ރޮނާލްޑޯ ގޯލް ޓްރެކްގައި މެސީއަށް ކޮށްދެވުނީ އެސިސްޓެއް
ސައުދީގެ ލީގުން އިތުރުކަންކަން ރަނގަޅު ކުރަން ޖެހޭ
ރޮނާލްޑޯ ލީގުގެ ލަނޑުގެ އަދަދު 500 އިން މައްޗަށް
ރޮނާލްޑޯ ކުރާ މަސައްކަތް ސިފަކޮށް ނުދެވޭނެ: ވީޓީނިއާ
ރޮނާލްޑޯ ޓީމުގެ ކޯޗަކަށް އިޓަލީގެ ޕިއޯލީ ހަމަޖައްސައިފި
ކޭން މިސާލު ނަގަނީ ރޮނާލްޑޯގެ ކެރިއާއިން
ރޮނާލްޑޯގެ ގޯލާއެކު ނަސްރު ސައުދީ ސުޕަ ކަޕް ފައިނަލަށް
ރޮނާލްޑޯއާ ބައްދަލުކުރަން ދަނޑަށް އެރުމުން ތަހުގީގަށް
ރޮނާލްޑޯގެ ޓްރޭނިން ބަލަން، ޓިކެޓް 800 ޑޮލަރަށް
މެސީއަށް ދެން ދޭނެ އިސްކަމެއް ނެތް: ހޮންކޮން އެފްއޭ