Roadha Mihaaru
ރޮނާލްޑޯގެ ގޯލުތަކުން ނަސްރު، އަރަބި ޗެމްޕިއަނުންނަށް

ރޮނާލްޑޯގެ ގޯލުތަކުން ނަސްރު، އަރަބި ޗެމްޕިއަނުންނަށް

13 އޯގަސްޓް 2023

އަބްހާ، ސައުދީ އަރަބިއްޔާ (އޮގަސްޓް 13) - ޔުއާފާ އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގެ ފައިނަލަށްގައި ރޭ ކްރިސްތިއާނޯ ރޮނާލްޑޯގެ ދެ ގޯލުން އަލް ހިލާލް 2-1 އިން ބަލިކޮށް އައް ނަސްރުން ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި އެވެ.

މުހައްމަދު ޒަޔާން ޒާހިރު މުހައްމަދު ޒަޔާން ޒާހިރު

އަބްހާ، ސައުދީ އަރަބިއްޔާ (އޮގަސްޓް 13) - ޔުއާފާ އަރަބް ކްލަބް ޗެމްޕިއަންސް ކަޕްގެ ފައިނަލަށްގައި ރޭ ކްރިސްތިއާނޯ ރޮނާލްޑޯގެ ދެ ގޯލުން އަލް ހިލާލް 2-1 އިން ބަލިކޮށް އައް ނަސްރުން ފުރަތަމަ ފަހަރަށް ޗެމްޕިއަންކަން ހޯދައިފި އެވެ.

މިއީ ކެޕްޓަން ރޮނާލްޑޯ ވެސް އެޓީމާ އެކު ހޯދި ފުރަތަމަ ކާމިޔާބީ އެވެ. ރޭގެ މެޗުގައި ޖެހި ދެ ގޯލާ އެކު، ރަން ބޫޓު ހާސިލްކކުރި ރޮނާލްޑޯ ވަނީ މުބާރާތުގައި ހަ ގޯލު ހަމަކޮށްފަ އެވެ.

ސައުދީގެ ހިލާލަކީ އަރަބް ޗެމްޕިއަންސް ކްލަބް ކަޕް ދެ ފަހަރު ކާމިޔާބު ކޮށްފައިވާ ޓިމެކެވެ.

ރޮނާލްޑޯ މެޗުގައި ފުރަތަމަ ގޯލު 74 ވަނަ މިނިޓުގައި ކާމިޔާބު ކުރުމުގެ ކުރިން ހިލާލަށް ލީޑު ނަގައިދިނީ 51 ވަނަ މިނިޓުގައި މައިކަލް އެވެ.

ރޮނާލްޑޯ ނަތީޖާ އެއްވަރު ކުރުމުގެ އިރުކޮޅެއް ކުރިން ނަސްރުގެ ޑިފެންޑަރު އަބްދުﷲ އަލް އަމްރީ އަށް ރަތް ކާޑެއް ދެއްކުމުން އެޓީމު ކުޅެމުން ދިޔައީ އެކަކު މަދުކޮށެވެ.

ރޮނާލްޑޯ މެޗުގައި އެއްވަރު ކުރި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ރޮނާލްޑޯ މެޗުގައި އެއްވަރު ކުރި ގޯލު ޖެހުމަށް ފަހު.-- ފޮޓޯ: އޭއެފްޕީ

ފުރިހަމަ ވަގުތު ހަމަވިއިރު ނަތީޖާ އެއްވަރު ވުމުން ރޮނާލްޑޯ އެޓީމު މޮޅު ކޮށްދިނީ އިތުރު ވަގުތު ފެށިގެން އަށްވަނަ މިނިޓުގައި ލިބުނު ފުރުސަތަކުން ބޮލުން ފޮނުވާލި ބޯޅަ ގޯލަށް ފޮނުވާލައިގެންނެވެ.

ފަސް ފަހަރު ބެލޮންޑިއޯ އެވޯޑް ހޯދާފައިވާ ޕޯޗުގަލްގެ ތަރި ރޮނާލްޑޯ ސައުދީގެ ނަސްރާ ގުޅުނީ މިދިޔަ ޑިސެމްބަރު މަހު ފަހުކޮޅު، އޭނާ ކުލެމުން އައި މެންޗެސްޓާ ޔުނައިޓެޑުން ރިލީޒް ހޯދައިގެންނެވެ. އޭގެ ކުރިން އޭނާ ވަނީ ޔުވެންޓަސް އާއި ރެއާލް މެޑްރިޑަށް ވެސް ކުޅެފަ އެވެ.

ރޮނާލްޑޯ ސައުދީ ލީގާ ގުޅުނު ފަހުން ޔޫރަޕްގެ މަޝްހޫރު ގިނަ ކުޅުންތެރިންނެއް އަންނަނީ ބޮޑު އަގުގައި އެ ލީގު ޓީމުތަކާ ގުޅެމުންނެވެ. އެގޮތުން ނަސްރުން ވަނީ ސަޑިއޯ މާނޭ އާއި މާސެލޯ ބްރޮޒޮވިޗް ފަދަ ކުޅލުންތެރިން ގެނެސްފަ އެވެ. އިދިކޮޅުން ކުޅުނު ހިލާލް ޓީމުގައި ކަލިދޫ ކުލިބާލީ އާއި ރުބެން ނެވޭސް އަދި ސާޖެގް މިލިންކޮވިޗް ސަވިޗް ފަދަ ކުޅުންތެރިން ކުޅުނެވެ.

މެސީ، ލީގްސް ކަޕްގެ ކުއާޓާ ފައިނަލްގައި އިންޓަ މަޔާމީ އަށް ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

މެސީ، ލީގްސް ކަޕްގެ ކުއާޓާ ފައިނަލްގައި އިންޓަ މަޔާމީ އަށް ގޯލު ޖެހުމަށް ފަހު އުފާފާޅު ކުރަނީ.-- ފޮޓޯ: އޭއެފްޕީ

ރޮނާލްޑޯ ޔޫރަޕްގެ ފުޓްބޯޅަ ދީކޮށްލި ސީޒަނަށް ފަހު، އޭނާއާ އެންމެ ވާދަވެރި އާޖެންޓިނާގެ ލިއޮނެލް މެސީ ވެސް ވަނީ ޔޫރަޕް ފުޓްބޯޅަ ދޫކޮށްލައިފަ އެވެ. ޕީއެސްޖީއާ އެކު އޮތް ކޮންޓްރެކްޓް ހަމަވުމުން އޭނާ ގުޅުނީ އެމެރިކާ ލީގުގައި ކުޅޭ، ކުރީގެ އިނގިރޭސި ލެޖެންޑް ޑޭވިޑް ބެކަމްގެ ހިއްސާ އޮންނަ އިންޓަ މަޔާމީއާ އެވެ.

އިންޓަ މަޔާމީ އާއެކު މެސީ ވަނީ، އެމެރިކާ އާއި މެކްސިކޯގެ ޓީމުތައް ކުޅޭ ލީގްސް ކަޕްގެ ސެމީ ފައިނަލަށް ދަތުރު ކޮށްފަ އެވެ.

އިންޓަ މަޔާމީ ސެމީ އަށް ދަތުރު ކުރީ ކުއާޓާ ފައިނަލްގައި 4-0 އިން ޝާލޮޓް ބަލިކޮށްފަ އެވެ. އެ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ހަތަރު މިނިޓަށް ވެފައި ވަނިކޮށް ޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބު ކޮށްދިނީ މެސީ އެވެ. މިއީ އޭނާ އެޓީމަށް ކާމިޔާބު ކޮށްދިން އަށްވަނަ ގޯލެވެ.

ސެމީ ފައިނަލްގައި މެސީ، އިންޓަ މަޔާމީ އާއެކު ބުދަ ދުވަހު ރާއްޖެ ގަޑިން ފަތިހު 4 ޖަހާއިރު ފިލަޑެލްފިއާއާ ދެކޮޅަށް ނުކުންނައިރު ނަސްރަށް ދެން އޮތީ މާދަމާ ރޭ އަލް އިއްތިފާގާ ދެކޮޅަށް ކުޅޭ ސައުދީ ޕްރޯ ލީގުގެ އާ ސީޒަނުގައި ކުޅޭ ފުރަތަމަ މެޗެވެ.